އާއިލާގެ ލެގަސީއެއް، ކާމިޔާބަށް މި ފަހަރު ވެސް އަކޫގެ އުއްމީދެއް

Oct 1, 2021, 3:30 AM
2008 ވަނަ އަހަރު ތަށި އުފުލާލި އައްސަދު (ކ) އާއި އޭނާގެ ކޮއްކޮ އަކްރަމް: އަކްރަމް އަކީ 2018 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

2008 ވަނަ އަހަރު ތަށި އުފުލާލި އައްސަދު (ކ) އާއި އޭނާގެ ކޮއްކޮ އަކްރަމް: އަކްރަމް އަކީ 2018 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލިތާ 10 އަހަރު ފަހުންނެވެ. ދެ މުބާރާތުގައި އިއްތިފާގުވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެއިން އެންމެ ބޮޑު ކަމަކީ ދެ ފަހަރު ވެސް ތަށި އުފުލާލި ކެޕްޓަނުގެ ވާހަކަ އެވެ. ފުރަތަމަ ފަހަރަށް، ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ހޯދި ޓީމުގެ ކެޕްޓަނަކީ އައްސަދު އަބްދުލް ގަނީ އެވެ. ދެ ވަނަ ފަހަރަށް ތަށި ގެނައީ އައްސަދުގެ ކޮއްކޮ، އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ ކެޕްޓަން ކަމުގަ އެވެ.

"އަޅުގަނޑުމެންގެ އާއިލާއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްގެ ގޮތުގައި މި ބެލެވެނީ މި ކަމަކީ. ފުރަތަމަ ގައުމަށް ތަށްޓެއް ހޯދައިދިންއިރު، ބޭބެ ބޭންޑް އަޅައިގެން ހުރީ. ދެ ވަނަ ފަހަރަށް ކާމިޔާބު ކުރިއިރު އަޅުގަނޑު އަތުގައި ބޭންޑް އިނީ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކޫ ބުންޏެވެ.

ޒުވާން ޓީމެއް ގޮވައިގެން ރަނގަޅު ލީޑަޝިޕެއް ދައްކައި އަކޫ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވުން ދެކުނީ، ފުޓްބޯޅައިގައި އޭނާގެ ބޭބެ ހުރި ހިސާބަށް ދެވުނު ކަމެއްގެ ގޮތުގަ އެވެ. މިއީ ނ. މާފަރާއި ރާއްޖެ އަށް ލިބުނު ދެ ފަހުރެވެ.

ގައުމީ ޓީމު ލީޑުކުރުމުގެ ޒިންމާ އަކޫ އަދާކުރަނީ ހަމައެކަނި ދަނޑުމަތީގައެއް ނޫނެވެ. ދަނޑު ބޭރުން ވެސް އެ ނަމޫނާ ދައްކާތީ އެންމެ ފަހުން ގައުމީ ޓީމާ ހަވާލުވި ދެ ކޯޗުން ވެސް އޭނާ އަތުން ކެޕްޓަން ބޭންޑް ނަގަން ބޭނުމެއް ނުވި އެވެ. ގައުމީ ކޯޗު އަލީ ސުޒޭން ވެސް ވަނީ އަކޫ އަށް ތައުރީފުކޮށްފަ އެވެ.

އަކޫ ބުނީ އެ ހުރިހާ ޒިންމާއެއް ނަގައިގެން މިއަދުން ފެށިގެން މި މަހު 16 ވަނަ ދުވަހަށް މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖެ އަށް ހޯދައިދޭން ބޭނުންވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް މި ތަށި ކާމިޔާބު ކުރަން ލިބޭ ތިން ވަނަ ފަހަރު. މިއީ އަޅުގަނޑު ބޮލުގައި އެޅިފައި އޮތް ޒިންމާއެއް. އެ ހުރިހާ ޒިންމާ އެކު އަޅުގަނޑުމެން ޓީމާ އެކު މި ނިކުންނަނީ ޓީމުގެ ފެންވަރު އެބަހުރި. އިންޝާﷲ މި ގައުމުގައި ކުޅެގެން މި ތަށި ކާމިޔާބު ކުރަން މި ނުކުންނަނީ. ހަމަ ދިވެހި ރައްޔިތުންގެ ތަރުހީބާއި ހެޔޮ ދުއާ އަޅުގަނޑު ބޭނުންވަނީ. ކާމިޔާބު ކުރެވޭނެ އިންޝާﷲ،" އަކޫ ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަކޫ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފަސް ގައުމު ވާދަކުރާއިރު، މެޗުތައް ފުރަތަމަ ކުޅޭނީ ލީގު އުސޫލުންނެވެ. ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ރާއްޖޭން ފުރަތަމަ މެޗުގައި ނުކުންނާނީ މިރޭ ނޭޕާލާ ދެކޮޅަށެވެ. ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލަށް ރާއްޖެ ބަލިކުރެވިފައި ނެތެވެ.

ނޭޕާލުން ފަހަކަށް އައިސް އުމުރުފުރާ މުބާރާތްތަކުގައި ރާއްޖެ ބަލިކުރި ޓީމުތަކުގައި ހިމެނުނު ގިނަ ކުޅުންތެރިން މި ފަހަރު ވަނީ ސީނިއާ ޓީމަށް ނަގައިފަ އެވެ. އަކޫ ބުނީ ނޭޕާލްގައި އެ ޒުވާން ކުޅުންތެރިން ގިނަވެގެން ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ނޭޕާލް ޔަންގް ޕްލޭޔަރުން ނެރެގެން އެޑްވާންޓޭޖެއް އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ނޯންނާނެ. އަޅުގަނޑުމެން ގައުމުގައި މި ކުޅެނީ. އަޅުގަނޑުމެންގެ މެޖޯރިޓީ ވެސް މި އޮތީ ޔަންގް ޕްލޭޔަރުން. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި ހުރިހާ ގޮތަކުން ވެސް ގައުމުގައި ކުޅޭތީ އެޑްވާންޓޭޖް މި އޮތީ އަޅުގަނޑުމެންނަށް،" 2018 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ނޭޕާލް އަތުން 3-0 އިން ރާއްޖެ މޮޅުވި މެޗުގައި ރާއްޖޭގެ ފުރަތަމަ ގޯލު ޖެހި އަކޫ ބުންޏެވެ.

"މީކީ އެއްވެސް ގޮތަަކަށް ނޭޕާލް ޓީމު ދަށްކޮށްލަނީ އެއް ނޫން. މި ފާހަގަކުރީ ހަގީގަތުގައި މިއީ އަޅުގަނޑުމެން ޓީމަށް ނުވާވަރު ކަމެއް ނޫން ކަމަށް. އިންޝާﷲ މިކަން ކުރާނަން،"

ސާފް ޗެމްޕިއަންޝިޕް ރާއްޖޭން އެންމެ ފުރަތަމަ ހޯސްޓްކުރީ 2008 ވަަނަ އަހަރު ލަންކާއާ ގުޅިގެންނެވެ. މި ފަހަރަކީ ރާއްޖޭން އެކަނި ހޯސްޓެއްގެ ގޮތުގައި އޮވެގެން މުބާރާތް ބާއްވާ ފުރަތަަމަ ފަހަރެވެ. އަކޫ އެދެނީ އަމިއްލަ ގައުމުގައި ކުޅޭ ކަމުގެ އިހުސާސް ކުރެވޭ ވަރުގެ ސަޕޯޓެއް ސަޕޯޓަރުންގެ ފަރާތުން ލިބުމަށެވެ.

ނޭޕާލާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox