މަސްދަރު ހާމަކުރާ މާއްދާއާ ދެކޮޅަށް ފަސް ޖަމިއްޔާއެއް ތެދުވެއްޖެ

ނޫސްވެރިކަމުގެ ދިފާއުގައި ކުރި މުޒާހަރާއެއްގެ ތެރެއިން. --ފައިލް ފޮޓޯ

ނޫސްވެރިކަމުގެ ދިފާއުގައި ކުރި މުޒާހަރާއެއްގެ ތެރެއިން. --ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، ނޫސްވެރިންގެ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް އޮތް މާއްދާގެ ސަބަބުން ނޫސްވެރިކަމަށް ހުރަސް އެޅޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރާ ފަސް ޖަމިއްޔާއަކުން ތެދުވެއްޖެ އެވެ.

އެ މާއްދާ އަނބުރާ ގެންދިއުމަށް ގޮވާލައިފައިވަނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް އެޑިޓާސް ގިލްޑާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަނަލުންނެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލުގައި ވަނީ ޝަރީއަތް މެދުވެރިކޮށް ނޫސްވެރިންގެ މަސްދަރު ހާމަކުރެވިދާނެ ހާލަތްތަކެއް ކަނޑައަޅައި ބަޔާންކޮށްފަ އެވެ.

Advertisement

ޖުމްލަ 151 މާއްދާ ހިމެނޭ އެ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިނީ ކާކުކަން ޝަރީއަތަށް ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް އެ އަކުރާ ޖެހިގެން އޮންނަ އަކުރުގައި ވަނީ އެ އިމްތިޔާޒް އިސްތިސްނާ ކުރެވިދާނެ ހާލަތެއް ބަޔާންކޮށްފަ އެވެ.

titledesc

އެ ފަސް ޖަމިއްޔާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެ މާއްދާގެ ސަބަބުން ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ހައްގު ހަނިވެގެން ދާނެ ކަމަށެވެ.

ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބުނަނީ ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަ ކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށެވެ.

މަސްދަރު ހާމަ ކުރުމަށް ނޫސްވެރިންނަށް މަޖުބޫރު ކުރުމަކީ ރާއްޖޭން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ 19 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

އަލަށް ގެންނަން ހިމަނާފައިވާ ދެ މާއްދާގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާއަށް ފަހަތަށް ޖެހިގެން ދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"މި ބިލުގައި މިއޮތް ގޮތަށް ގާނޫނަކަށް ވެގެން އައިސްފިނަމަ އެކަމުގެ ސަބަބުން ނޫސްވެރިން ބޭނުން ކުރާ މަސްދަރުތައް ގެއްލި، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެ، ނޫސްވެރިންގެ މަސައްކަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމާމެދު ޝައްކެއް ނެތް،" ބަޔާނުގައި ބުނެފައި ވެ އެވެ.

އެމްޖޭއޭގެ ރައީސް މުހައްމަދު ހަމްދޫން ވިދާޅުވަނީ ވޭތުވެދިޔަ ތަނުގައި ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާ ކުރަން ހޯދުނު ކުރިއެރުންތައް މި މާއްދާގެ ސަބަބުން ގެއްލިގެން ދާނެ ކަމަށެވެ. އެހެންކަމުން އެ ބިލް އަނބުރާ ގެންދިއުމަށް އޭނާ ސަރުކާރަށް ގޮވާލެއްވި އެވެ.

އައިއެފްޖޭގެ އޭޝިއާ ޕެސެފިކް ޑިރެކްޓަރު ޖޭން ވާޓިންޓަން ވިދާޅުވީ މިއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މިހާރު އޮތްގޮތަށް ބިލް ފާސްވެއްޖެ ނަމަ ވޭތުވެދިޔަ ތަނުގައި ނޫސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅުތައް ވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ދާނެ ކަމަށެވެ.

"މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ހިލާފު ކަމެއް ކަމުން ދިވެހި ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކުރެވޭ މި މަސައްކަތާ ދެކޮޅު ހަދަން،" ޖޭން ވާޓިންޓަން ވިދާޅުވި އެވެ.

އެޑިޓާސް ގިލްޑްގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ މިސަރުކާރުން އަބުރުގެ ގާނޫނު އުވާލައި ވިސްލްބްލޯވަރުން ހިމާޔަތް ކުރުމުގެ ގާނޫނު ތަސްދީގު ކޮށްފައިވާއިރު މިހާރު މިއޮތްގޮތަށް ހެއްކާ ބެހޭ ބިލް ތަސްދީގު ކޮށްފިނަމަ ހޯދުނު ހުރިހާ ކުރިއެރުންތަކެއް ގެއްލިގެން ދާނެ ކަމަށެވެ. އެހެންކަމުން މަސްދަރު ހާމަ ކުރުމަށް ބާރު އަޅާ މާއްދާ އަނބުރާ ގެންދިއުމަށް ގޮވާލެއްވި އެވެ.

ޓްރާންޕޭރަންސީ މޯލްޑިވްސްގެ އެގްޒެކްޓިވް ޑިރެކްޓާ އާސިއަތު ރިލްވީނާ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭ މާއްދާ އަނބުރާ ގެންދިއުމަށް އެޖަމިއްޔާއިން ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރު ޔާމިން މިޝްރާ ވިދާޅުވީ ނޫސްވެރިންގެ މަސްދަރުތައް ހާމަކުރަން މަޖުބޫރުކުރުމަކީ މީޑިއާ އެތިކްސް އާއި، ނޫސްވެރިންގެ ހައްގުތަކާއި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގައި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

"މި މާއްދާގައި ހިމަނާފައިވާ ހާލަތްތައް ސާފުނުވުމުގެ ސަބަބުން ނޫސްވެރިންނާއި ނޫސްވެރިންގެ މަސްދަރުތަކަށް ދުއްތުރާކޮށް ފުރައްސާރަކުރުމުގެ ޖާގަވެސް ހުޅުވިގެންދާނެ. މަސްދަރު ހާމަކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ދުއްތުރާތަކާ ހެދި މަސްދަރުތަކުން ހާމަކުރަން ބޭނުންވާ މައުލޫމާތު ހާމަކުރުމަށް ހުރަސްތަކެއް އެޅިގެންދާނެ،" ޔާމިން މިޝްރާ ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުގެ ދަށުން ދިވެހި ދައުލަތުން ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހިފަހައްޓާ، ނޫސްވެރިންގެ މަސައްކަތައް ނުރައްކާތެރި ހުރަސްތަކެއް ކުރިމަތިވާނެ ބިރުވެރިކަމުގެ މާހައުލެއް އެފެދިދާނެ ގޮތަށް އޮތް މިކަންބޮޑުވާ މާއްދާ އަނބުރާ ގެންދިއުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،"

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ގިނަ ނޫސްވެރިންތަކެއް ވެސް އަންނަނީ މި މާއްދާއާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލުގައި ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

ރާއްޖޭގައި ޒަމާނީ ހެއްކާބެހޭ ގާނޫނެއް ނެތް މައްސަލައަކީ ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް އެކަމާއި ދޭތެރޭ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox