ސަރުކާރުގެ ހުށަހެޅުން މުވައްޒަފުންނަށް ކަމަކު ނުދިޔަ، މިއަދުވެސް މަސައްކަތް ހުއްޓާލައިގެން

މުންދޫ ކައުންސިލް އިދާރާ: އިހުތިޖާޖު ހުއްޓާލާނީ އެ މުވައްޒަފުންގެ ޑިމާންޑުތަކަށް މި މަހުގެ ނިޔަލަށް ހައްލެއް ހޯދަދޭނެ ކަމަށް ސަރުކާރުން ބުނުމުން ކަމަށް މުވައްޒަފުން ބުނޭ-- ފޮޓޯ: މުންދޫ ކައުންސިލް

މުންދޫ ކައުންސިލް އިދާރާ: އިހުތިޖާޖު ހުއްޓާލާނީ އެ މުވައްޒަފުންގެ ޑިމާންޑުތަކަށް މި މަހުގެ ނިޔަލަށް ހައްލެއް ހޯދަދޭނެ ކަމަށް ސަރުކާރުން ބުނުމުން ކަމަށް މުވައްޒަފުން ބުނޭ-- ފޮޓޯ: މުންދޫ ކައުންސިލް

ދިވެހި ސިވިލް ސާވެންޓް އެސެސޯސިއޭޝަނުން ސިވިލް ސާވެންޓުންގެ ހައްގުގައި ކުރަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ސިވިލް ސާވެންޓުން ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މުސާރަ މައްސަލައިގައި އިހުތިޖާޖެއް ފަށައިފަ އެވެ. ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އެ ހަރަކާތަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ފަށާފައިވާ ހިމޭން އިހުތިޖާޖެކެވެ.

އެގޮތުން ފުރަތަމަ ދުވަހު ވަޒީފާއަށް ނުކުމެފައި ވަނީ ކަޅުހެދުމުގަ އެވެ. އަދި އިއްޔެ އިން ފެށިގެން އޮފީސްތަކަށް ނުކުތް ނަމަވެސް, މަސައްކަތް ނުކުރަން ވަނީ ނިންމައިފަ އެވެ.

އެކަމުގައި ބައިވެރިވި ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރޭގައި ރާއްޖޭގެ 98 ޕަސެންޓު ރަށްރަށުގެ މުވައްޒަފުން ބައިވެރިވި ކަމަށް އެ ކަމުގައި އިސްކޮށް ހަރަކާތެރިވާ އެސޯސިއޭޝަނުން ބުންޏެވެ.

އެކަމާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ ސިވިލް ސާވެންޓުންގެ މުސާރައިގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް އެކުލަވާލަމުން އަންނަ މުސާރައާ ބެހޭ އާ އޮނިގަނޑަށް އަމަލު ކުރަން ފެށޭނީ އަންނަ އަހަރު ކަމަށެވެ.

އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ އެ އިހުތިޖާޖު ހުއްޓާލާނީ މުވައްޒަފުންގެ ޑިމާންޑުތަކަށް މި މަހުގެ ނިޔަލަށް ހައްލެއް ހޯދަދޭނެ ކަމަށް ސަރުކާރުން ބުނުމުން ކަމަށެވެ.

"ލައްކަ ދުވަހު ބަހެއް ނުބުނެ ހުރެވިއްޖެ. އަންނަ އަހަރު، އަންނަ އަހަރޭ ކިޔައިގެން މިފަހަރު ފުއްދައެއް ނުލެވޭނެ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

ސިވިލް ސާވިސް މުވައްޒަފުން އެދޭ ބައެއް ކަންކަމުގެ ތެރޭގައި:

  • މިނިމަމް ވޭޖު އެއީ އަސާސީ މުސާރަ ކަމަށް ކަނޑަ އަޅައިދިނުން.
  • ސެސް 1 އިން އެމްއެސް 1 އަށް މުސާރަ ބޮޑުކުރުން.
  • މަގާމްތަކަށް ސެޓްފިކެޓް ކުރިއެރުން ލިބޭނެ ގޮތް ހަމަޖެއްސުން.
  • ލިވިން އެލަވަންސް ލިބޭނެގޮތް ހަމަޖެއްސުން.

އޭނާ ބުނީ ސްކޫލުތަކުގެ މުވައްޒަފުންވެސް އެ ހަރަކާތުގައި ބައިވެރިވަމުންދާތީ އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"އިހުތިޖާޖު ކުރަން ފުރުސަތު ނުދޭން އަންގާފަ އޮތީ. ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުން ދަނީ،" އޭނާ ބުންޏެވެ.

މި މަހުގެ ނިޔަލަށް ވަކި ގޮތެއް ނިންމައި ދިނުމަށް މުވައްޒަފުން ބުނަމުންދާއިރު، ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޭރަށް މުސާރަ ކަނޑައަޅާއިރު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އިލްމާއި ގާބިލްކަމާއި މަސައްކަތުގެ ބުރަކަމުގެ އިތުރުން މަސައްކަތު މާހައުލުގައި ކުރިމަތިލާން ޖެހޭނެ ބުރަތަކަށް ރިއާޔަތް ކުރާނެ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

މިނިމަމް ވޭޖެއް ކަނޑައަޅައި މިއަހަރު އިއުލާން ކުރާނެ ކަމަށް ވެސް ކޮމިޝަނުން އިއްޔެ ބުންޏެވެ. އޭރަށް ސިވިލް ސާވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox