ރަސްފަންނު ސާފު ކުރެވިއްޖެ؛ ތެލުގެ އަސަރު ހުރެދާނެތީ ހުޅުވޭނެ ދުވަހެއް ނޭނގެ

ރަސްފަންނަށް ލީކުވި ތެޔޮ، ގޮނޑުދޮށަށް ޖަމާވެފައި:. -- ފޮޓޯ: ހުސެއިން ސަޔާހު

ރަސްފަންނަށް ލީކުވި ތެޔޮ، ގޮނޑުދޮށަށް ޖަމާވެފައި:. -- ފޮޓޯ: ހުސެއިން ސަޔާހު

ރަސްފަންނަށް ލީކްވެފައިވާ ތެޔޮތައް ވަރަށް ބޮޑަށް ސާފު ކުރެވިއްޖެ ކަމަށާއި ނަމަވެސް އަދިވެސް އެ ސަރަހައްދަށް މޫދަށް އެރެން ހުޅުވާލެވޭނެ ދުވަހެއް ނޭނގޭ ކަމަށް، އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އެ ސަރަހައްދަށް ތެޔޮ ޖަމާވުމާ ގުޅިގެން ރަސްފަންނު ބަންދު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ވަރަށް ކުއްލި ގޮތަކަށެވެ. އެވަގުތު މޫދަށް އެރި ތިބި މީހުން ބާލުވައި، ފުލުހުންނާއި ސިފައިން ވަނީ އެއްގަމާއި މޫދު ބަލައި ފާސްކޮށްފަ އެވެ. އަދި ސިފައިން ވަނީ އެ ސަރަހައްދުން ތެޔޮތައް ނެގުމުގެ މަސައްކަތް ފަށައިފަ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް، "އަދަދު" އަށް ވިދާޅުވީ މިހާރު އެ ސަރަހައްދު މޫދުން ތެލުގެ އަސަރު ނުފެންނަ ކަމަށެވެ. ނަމަވެސް އަދިވެސް ތެޔޮ ހުރެދާނެތީ އިތުރަށް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"ފަހަރެއްގައި ގާތަކުގައި ހަރުވެފައި ހުރި ތެޔޮ ލީކް ވެދާނެ. އެ ފުރުސަތު އެބައޮތް. އެހެންވެ ބަލަމުން މިދަނީ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ގިނަ ބަޔަކު ބޭނުން ކުރާ ސަރަހައްދަކަށް ވާއިރު ވީހާވެސް އަވަހަކަށް ހުޅުވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އަދި ހުޅުވޭނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ރަސްފަންނަނީ މާލެ ވަށައިގެން ޖަހާފައި ތޮށިގަނޑު ތަޅާލުމަށްފަހު މޫދުން ބައެއް ހިއްކައިގެން ހަދާފައިވާ ތަނެކެވެ. ގާތްގަނޑަކަށް 150،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކު ރަސްފަންނު ބޭނުން ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox