ސިވިލް ސާވެންޓުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖަކަށް

އަތޮޅު ތެރޭގެ ރަށެއްގެ އޮހީސް މުވައްޒަފުން ކަޅުހެދުމުގައި-- ފޮޓޯ: ދިވެހި ސިވިލް ސާވެންޓް އެސޯސިއޭޝަން/ ފޭސްބުކް

އަތޮޅު ތެރޭގެ ރަށެއްގެ އޮހީސް މުވައްޒަފުން ކަޅުހެދުމުގައި-- ފޮޓޯ: ދިވެހި ސިވިލް ސާވެންޓް އެސޯސިއޭޝަން/ ފޭސްބުކް

ސިވިލް ސާވީސް މުވައްޒަފުންގެ މުސާރަ މައްސަލައިގައި ގެންގުޅޭ ތަފާތުކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުން ކަޅު ހެދުމުގައި މިއަދު ވަޒީފާއަށް ނުކުމެއްޖެ އެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އެ ހަރަކާތަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބާއްވާ ހިމޭން އިހުތިޖާޖެކެވެ.

އޭގައި ބައިވެރިވުމުގެ ރާއްޖޭގެ އެކި ރަށްރަށުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިވިލް ސާވެންޓުންވެސް ވަޒީފާއަށް މިއަދު ނުކުމެފައިވަނީ ކަޅު ހެދުމުގައި އެވެ.

 ސިވިލް ސާވެންޓް މުވައްޒަފެއް އިހުތިޖާޖަށްނިކުމެ-- ފޮޓޯ: ދިވެހި ސިވިލް ސާވެންޓްސް އެސީސިއޭޝަން
ސިވިލް ސާވެންޓް މުވައްޒަފެއް އިހުތިޖާޖަށްނިކުމެ-- ފޮޓޯ: ދިވެހި ސިވިލް ސާވެންޓްސް އެސީސިއޭޝަން

ސިވިލް ސާވެންޓް މުވައްޒަފެއް އިހުތިޖާޖަށްނިކުމެ-- ފޮޓޯ: ދިވެހި ސިވިލް ސާވެންޓްސް އެސީސިއޭޝަން

އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި ހޮސްޕިޓަލާއި ސްކޫލުތަކުގެ އިތުރުން އެހެން ބައެއް އިދާރާތަކުގެ ސިވިލް ސާވެންޓް މުވައްޒަފުން ކަޅު ހެދުމުގައި ނުކުތެވެ. އަދި މާލޭގައި ސަރުކާރު އޮފީސްތަކުގެ ގިނަ މުވައްޒަފުންގެ ވެސް ނިކުމެފައި ވަނީ ކަޅު ހެދުމުގަ އެވެ.

އެ އިހުތިޖާޖާ ގުޅިގެން ސަރުކާރުން އެއްވެސް އިޖާބައެއް ނުލިބިއްޖެނަމަ މާދަމާ މުވައްޒަފުން މަސައްކަތަށް ނުނިކުންނާނެކަން އެ އެސޯސިއޭޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.

ސިވިލް ސާވިސް މުވައްޒަފުން އެދޭ ބައެއް ކަންކަމުގެ ތެރޭގައި:

  • ސެޓެފިކެޓަށް ވަޒީފާގެ ކުރިއެރުން ދިނުން.
  • ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ލިވިން އެލަވެންސް ދޭ ގޮތަށް ސިވިލް ސާވިސް މުވައްޒަފުންނަށްވެސް ލިވިން އެލަވެންސް ދިނުން.
  • ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން.
  • އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުން.
  • ސުކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވެންސް ދިނުން.
ސިވިލް ސާވީސް މުވައްޒަފުން އިހުތިޖާޖަށް ނިކުތީ މުސާރައިގެ މައްސަލާގައި ހައްދު ހޯދަން ކަމަށްބުނެ-- ފޮޓޯ: ދިވެހި ސިވިލް ސާވީސް އެސޯސިއޭޝަން
ސިވިލް ސާވީސް މުވައްޒަފުން އިހުތިޖާޖަށް ނިކުތީ މުސާރައިގެ މައްސަލާގައި ހައްދު ހޯދަން ކަމަށްބުނެ-- ފޮޓޯ: ދިވެހި ސިވިލް ސާވީސް އެސޯސިއޭޝަން

ސިވިލް ސާވީސް މުވައްޒަފުން އިހުތިޖާޖަށް ނިކުތީ މުސާރައިގެ މައްސަލާގައި ހައްދު ހޯދަން ކަމަށްބުނެ-- ފޮޓޯ: ދިވެހި ސިވިލް ސާވީސް އެސޯސިއޭޝަން

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނުކުންނަން ނިންމިއިރު، ޕައިލެޓުންގެ މުސާރަ އާއި ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަނީ ބައްދަލުކުރައްވާފަ އެވެ. އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފަ އެވެ.

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކުރުމަށް އަންނަ އަހަަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox