ފެމެލީ ކޯޓަށް ދެ ގާޒީން ހޯދުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުވާލުމުން 34 މީހަކު ކުރިމަތިލައިފި އެވެ.
ގާޒީއަކަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބެ އެވެ. ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވެންސްގެ ގޮތުގައި 1375 ރުފިޔާ ލިބެ އެެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ދޭނެ އެވެ.
އެ މަގާމުގެ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.
ގާޒީން ހޮވާނީ ޖުޑިޝަލް ސާވިސަސް ކޮމިޝަނުން އިންޓަވިއުކުރުމަށް ފަހު އެވެ.

ފެމެލީ ކޯޓުގެ މައިގަނޑު ޒިންމާތަކަކީ އާއިލީ މައްސަލަތައް ބެލުމާއި ކައިވެންޏާއި ވަރީގެ މައްސަލަތައް ކުރިއަށް ގެންދިއުމެވެ.













