ކާމިޔާބަށް ތިން އަހަރު: އަކޫ މި ފަހަރު ވެސް އެ ރޫހުގައި!

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު ގައުމީ ޓީމުން ބަންގުބަންދު ސްޓޭޑިއަމްގައި އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު ގައުމީ ޓީމުން ބަންގުބަންދު ސްޓޭޑިއަމްގައި އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މީގެ ތިން އަހަރު ކުރިން މިއަދު، ރާއްޖޭގެ ގައުމީ ޓީމުން ވަނީ 2-1 އިން އިންޑިއާ ބަލިކޮށް 2018 ވަަނަ އަހަރުގެ ސާފް ސުޒުކީ ކަޕް (ޗެމްޕިއަންޝިޕް)ގެ ތަށި އުފުލާލައިފަ އެވެ. އެ ދުވަހުގެ ފައިނަލުގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަނިޔާވެގެން ބަދަލު ކުރަން ޖެހުނުއިރު، ދަނޑުބޭރުގައި ހުންނަން ޖެހުނު ވަގުތުތަކުގައި ވެސް އޭނާ ވަނީ ކެޕްޓަނެއްގެ ޒިންމާ އަދާކޮށް ނަމޫނާ ދައްކައިފަ އެވެ. ޖުމްލަކޮށް މުޅި މުބާރާތުގައި ވެސް ޓީމުގެ ކުޅުންތެރިން ހިތްވަރު އެލުނަނުދީ ދަނޑު ތެރެއިންނާއި ދަނޑުބޭރުން ކުޅުންތެރިންނަށް އިރުޝާދުދީ ހެދި އެވެ. ދިހަ އަހަރު ފަހުން ސަރަހައްދުގެ ޗެމްޕިއަންކަން އެ ފަހަރު ރާއްޖެ އަށް ހޯދައިދިނުމުގައި އަކޫގެ ލީޑަޝިޕް މުހިއްމު ދައުރެއް އަދާކުރި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ދެ ވަނަ ކާމިޔާބީ އަށް މިއަދު ތިން އަހަރު ފުރުނުއިރު، އެ ކާމިޔާބީ އަށް ފަހު ގައުމީ ޓީމުން އެންމެ ބޭނުންވާ ލެވަލަށް ކުރިއަށްދާން ކުރި މަސައްކަތުގެ ހުރަހަކަށްވީ މުޅި ދުނިޔެ އަށް ކުރިމަތިވި ކޮވިޑް-19ގެ ހާލަތެވެ.

2018 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު އަކޫ ތަށްޓަށް ބޮސްދެނީ.-- ފޮޓޯ: އިމޭޖަަސް.އެމްވީ

"މުބާރާތަށް ފަހު އަޅުގަނޑު ދަންނަވާނީ ވަރަށް އުނދަގޫ ހާލަތެއްގައޭ އަޅުގަނޑުމެން ބޯޅަ ކުޅެމުން މިއައީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް. އެ ހާލަތަށް ބަލާއިރު ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ވެސް އެންމެ ހީކުރި ގޮތަކަށް ނޫން އަޅުގަނޑު ދެކޭގޮތުގައި ދިޔައީކީ. ނަތީޖާތައް ވެސް އަޅުގަނޑު ދެކޭ ގޮތުގައި އެހާ ރަނގަޅެއް ނޫން،" 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު ދެން އައި މުއްދަތުގައި ކަންތައްތައް ހިނގައިދިޔަ ގޮތަށް އިޝާރާތްކޮށް އަކޫ ބުންޏެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޓްރެއިނިން ކޭމްޕް ފުރިހަމަކުރީ ގަތަރުގަ އެވެ. އަންނަ މަހު 1-16 އަށް މާލޭގައި ކުޅޭ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ވެސް ގައުމީ ޓީމު މި ވަގުތު ތިބީ ގަތަރު ޓްރެއިނިން ކޭމްޕްގަ އެވެ. ގައުމީ ޓީމުން ގަތަރު ކޭމްޕަށް އައީ މާލޭގައި ދެ ހަފްތާއެއްހާ ދުވަހު ޓްރެއިން ކޮށްފަ އެވެ.

އަކޫ ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ޓީމު އެކުލަވާލައިގެން މި ހިސާބަށް އައިއިރު ކުރިއެރުންތައް ފެންނަމުން އަންނަ ކަމަށެވެ.

"މިހާރު ވަރަށް ބޮޑުތަން ޓީމު އިމްޕްރޫވްވެފައޭ އަޅުގަނޑު ދަންނަވާނީ. ދުވަހަކަށް ފަހު ދުވަހެއް ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވަމުން ގަދަ ހިތްވަރާ އެކު މަސައްކަތް ކުރަމުން މިދަނީ. މިސްރާބު ރަނގަޅޭ އަޅުގަނޑު ދަންނަވާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާން މި އުޅޭ ހިސާބަށް ދެވޭނެ،" އަކޫ ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން އަކޫ.--- ފޮޓޯ: އަދަދު

މިހާރު އޮތް ގައުމީ ސްކޮޑުގައި ވެސް 2018 ވަނަ އަހަރު ތަށި ހޯދި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން އެބަތިއްބެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ވެސް އެންމެ ބޮޑު ތަފާތަކަށްވީ ޕްރެޝަރު ވަގުތުތަކުގައި އެ ކުޅުންތެރިން ދެއްކި އެއްބައިވަންތަކަމާއި ޓީމު ރޫހެވެ.

އިންޝާﷲ ދިވެހި ރައްޔިތުންނާ އެކު މަސައްކަތް ކޮށްގެން މި ތަށި ވެސް އަޅުގަނޑުމެން ކާމިޔާބު ކުރާނަން - އަކޫ

އަކޫ ބުނީ ރަނގަޅު ރޫހަކާއި އެއްބައިވަންތަކަމާ އެކު ޓީމު މަސައްކަތް ކުރަމުން އައި ނަމަވެސް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ސްކޮޑަށް އެރުމުގައި ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އޮންނާނެ ކަމަށެވެ. މީގެ މުހިއްމު ކަމަކީ ފަރިތަކުރުންތަކުގައި ކޮންމެ ކުޅުންތެރިއަކު އެންމެ ރަނގަޅު ކުޅުން ދެއްކުން ކަމަށް އަކޫ ބުނެފައިވެ އެވެ.

"ވަކި ބަޔަކު ކުޅެން އޮތް ޓީމެއް ނޫން މިއީ. އަޅުގަނޑުމެން ގައުމު ތަމްސީލްކުރަން މިތަނަށް އައިސް މި ތިބި 29 ކުޅުންތެރިން. 29 ކުޅުންތެރިންގެ ތެރެއިން ވަކި އަދަދެއްގެ ބަޔަަކަށް މުބާރާތަށް މި ދެވެނީ. އެ ޖާގަ އަށް ހުރިހާ ކުދިން ވެސް މަސައްކަތް މި ކުރަނީ އެ ކުއްޖަކަށް ލިބޭ ފުރުސަތެއްގެ ބޭނުން އެންމެ ފުރިހަމަ އަށް ކޮށްގެން،" އަކޫ ބުންޏެވެ.

"އަޅުގަނޑު ދެކޭގޮތުގައި ހުރިހާ ކުދިންގެ މޯޓިވޭޝަން އާއި މަސައްކަތް އެބަފެނޭ. މިތާ ތިބި ކޯޗުންގެ ވެސް ހިތްހަމަޖެހިގެން އެ ދަނީ. ރަނގަޅުވާނެ ކަމަށް މިބަލަނީ. އިންޝާﷲ ދިވެހި ރައްޔިތުންނާ އެކު މަސައްކަތް ކޮށްގެން މި ތަށި ވެސް އަޅުގަނޑުމެން ކާމިޔާބު ކުރާނަން،"

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ މި ސަރަހައްދުގެ މުބާރާތެއް ރާއްޖޭން އެކަނި ހޯސްޓް ކުރާނެ ފުރަތަމަ ފަހަރެވެ. ރާއްޖޭން މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ބޭއްވީ ކޯ ހޯސްޓެއްގެ ގޮތުގައި ސްރީލަންކާއާ ގުޅިގެންނެވެ. އެ ފަަހަރު ލަންކާގައި ފައިނަލް މެޗު ކުޅުނުއިރު، ރާއްޖޭން ފައިނަލުގައި އިންޑިއާ ބަލިކޮށް ވަނީ ފުރަތަމަ ފަހަރަށް ސަަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ދެ ވަނަ ފަހަރަށް ލިބުނީ އޭގެ 10 އަހަރު ފަހުން 2018 ވަނަ އަހަރު އެވެ.

ރާއްޖޭން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުންނާނީ އަމިއްލަ ފަސްގަނޑުގައި ތަށި ދިފާއުކޮށް ތިން ވަނަ ފަހަރަށް ސާފް ތަށި އުފުލާލުމަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރު ފަސް ޓީމު ވާދަކުރާއިރު، ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު އެއް ވަނަ ދުވަހު ނޭޕާލާ ދެކޮޅަށެވެ. ނޭޕާލުން ވެސް ޓްރެއިނިން ކޭމްޕް ފުރިހަމަަ ކުރަމުން ދަނީ ރާއްޖެ އެކޭ އެއްގޮތަށް ގަތަރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox