ގްރޭޑް 1ގެ ދަރިވަރުންގެ ގުރުއާން ފޮތުން ކުށެއް ފާހަގަވެއްޖެ

ފޮތުން ފާހަގަވެފައިވާ ކުށް: މިހާރު އަންނަނީ ރަނގަޅުކުރަމުން.

ފޮތުން ފާހަގަވެފައިވާ ކުށް: މިހާރު އަންނަނީ ރަނގަޅުކުރަމުން.

ރާއްޖޭގެ ސްކޫލުތަކުގައި ގްރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ ގުރުއާން ޓެކްސްޓް ފޮތްތަކުގައި ހިމެނޭ ދެ ސޫރަތެއްގެ އާޔަތްތަކެއް އެއްވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެއްވެފައިވަނބީ ސޫރަތުއް ނާޒިއާގެ ބައެއް އާޔަަތްތަކާއި ސޫރަތުއް ނަބާގެ ބައެއް އާޔަތްތަކެކެވެ. އެގޮތުން ސޫރަތުއް ނާޒިއާގެ އަށް ވަނަ އާޔަތުން ފެށިގެން 13 ވަނަ އާޔަތާހަމަޔަށް ސޫރަތުއް ނަބާގެ ތެރެއަށް ވަނީ އެއްކުރެވިފަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮތްތަކުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެއްވެފައިވާ އާޔަތްތަކުގައި އަރަބިން ލިޔެފައިވާ އާޔަތް ނަންބަރުތައް ހުރީ ނުބައިކޮށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ސޫރަތެއްގެ އާޔަތްތައް އެއްވެފައިވާ މައްސަލަ މިނިސްޓްރީއަށް ފާހަގަކުރެވުނު ހިސާބުން އެކަން ހައްލުކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މައްސަލަ ދިމާވި ސަފްހާތައް ބަދަލުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ސްކޫލުތައް މެދުވެރިކޮށް އެ މިނިސްޓްރީން ބެލެނިވެރިންނަށް އަންގަމުންގެންދާނެ ކަމަށް ބުންޏެވެ.

"މި ފޮތްތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެންއައިސީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޗެކްކުރެވިފައިވާ ފޮތްތަކެކެވެ. މި ފޮތްތަކުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށްވެސް މިހާރުވަނީ މަސައްކަތް ފައްޓާފަ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ގްރޭޑް އެކެއްގެ ފޮތްތަކުގެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށާއި އަދި މާދަމާ އެކަމާ ގުޅޭ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން އެނގޭނެ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެއްވެފައިވަނީ ނާޒިއާ ސޫރަތާއި ނަބާ ސޫރަތުގެ އާޔްތަކެއްކަމަށް އެ އޮފިޝަލް ވެސް ވިދާޅުވި އެވެ. އެކަން އެހެން ވާން މެދުވެރިވީ ކިހިނެތްތޯ ބެލުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން ވެސް ކުރަމުންދާކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox