ކޮންމެ ދަރިވަރަކަށް ކްރިއޭޓިވް އާޓް ފޮތެއް ނޯންނާނެ، ބޭނުން ކުރާނީ ކޮންމެ 5 ކުއްޖަކަށް ނަމޫނާ ފޮތެއް

ސްކޫލުގެ ދަރިވަރުންތަކެއް: އާޓް މާއްދާ ކިޔެވުމަށް ކޮންމެ ކުއްޖަކަށް ފޮތެއް ނުދިނުމަށް ނިންމާފައި ވަނީ އެ މާއްދާއަކީ ފަންނީ ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި ގިނަ އަމަލީ މަސައްކަތްތަކެއް ކުރުވާ މާއްދާއަކަށް ވާތީ ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ސްކޫލުގެ ދަރިވަރުންތަކެއް: އާޓް މާއްދާ ކިޔެވުމަށް ކޮންމެ ކުއްޖަކަށް ފޮތެއް ނުދިނުމަށް ނިންމާފައި ވަނީ އެ މާއްދާއަކީ ފަންނީ ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި ގިނަ އަމަލީ މަސައްކަތްތަކެއް ކުރުވާ މާއްދާއަކަށް ވާތީ ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ގުރޭޑު އެކެއްގެ ކޮންމެ ދަރިވަރަކަށް ކްރިއޭޓިވް އާޓް މާއްދާގެ ފޮތް ނޯންނާނެ ކަމަށާއި، ކިޔަވައި ދޭނީ ކޮންމެ ފަސް ކުއްޖަކަށް އެއް ފޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މި އަހަރު ކިޔަވައިދޭ މުގައްރަރުތައް އިސްލާހުކޮށްފައިވާއިރު، ގުރޭޑު 1ގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ ގެނެވުނު އިސްލާހާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އާ ފޮތް ބަޔަކުންނެވެ.

އެޑިއުކޭޝަނުން ބުނީ މި އަހަރާއި ކުރިޔަށް އޮތް އަހަރުތަކުގައި ވެސް ގުރޭޑު އެކެއްގައި ކިޔަވާ ދަރިވަރުންނަށް ކްރިއޭޓިވް އާޓް ކިޔަވައިދިނުމަށް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ މުދައްރިސުންގެ ފޮތަކާއި ނަމޫނާ ފޮތްތައް ކަމަށެވެ.

"ކުލާހުގައި ހާއްސަކޮށް ގުރޫޕުތަކުގައި ބޭނުން ކުރުމަށް، ތައްޔާރު ކޮށްފައިވާ ސައިޒުގެ ގޮތުން ބޮޑު ހާއްސަ ރެފަރެންސް ފޮތެެއް. އެ ފޮތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 5 ދަރިވަރުންގެ ގްރޫޕްތަކުގައި،" އެޑިއުކޭޝަނުން ބުންޏެވެ.

އެގޮތަށް ނިންމާފައި ވަނީ އެ މާއްދާއަކީ އެހެން މާއްދާތަކާ ހިލާފަށް މާއްދާގެ ފަންނީ ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި ގިނަ އަމަލީ މަސައްކަތްތަކެއް ކުރުވާ ފަންނީ މާއްދާއަކަށް ވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox