ފަރަށް އެރި ޕެނަމާ ބޯޓަށް ފުރޭނީ 100 މިލިއަން ރުފިޔާ ދެއްކުމުން

ކ. ރަސްފަރީ ކައިރި އޮންނަ ހިމާޔަތްކޮށްފައިވާ ފަރަށް އެރި ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް: ޑިޕޮސިޓް ދެއްކުމަށްފަހު ފުރައިގެން ދިއުމަށް ހުއްދަ ދިނީ ބައެއް ފަހަރު ޖޫރިމަނާ ފައިސާ ދެއްކުން ލަސްވުމާއި ނުދެއްކުންފަދަ ކަންކަން ދިމާވާތީ ކަމަށް އީޕީއޭން ބުނޭ-- ފޮޓޯ/އެމްއެންޑީއެފް

ކ. ރަސްފަރީ ކައިރި އޮންނަ ހިމާޔަތްކޮށްފައިވާ ފަރަށް އެރި ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް: ޑިޕޮސިޓް ދެއްކުމަށްފަހު ފުރައިގެން ދިއުމަށް ހުއްދަ ދިނީ ބައެއް ފަހަރު ޖޫރިމަނާ ފައިސާ ދެއްކުން ލަސްވުމާއި ނުދެއްކުންފަދަ ކަންކަން ދިމާވާތީ ކަމަށް އީޕީއޭން ބުނޭ-- ފޮޓޯ/އެމްއެންޑީއެފް

ހިމާޔަތް ކޮށްފައިވާ ކ. ރަސްފަރު ފަރަށް އެރި ޕެނަމާގެ އާގުބޯޓު އެމް.ވީ ނަވިއޯސް އަމާރީލިސް (ބަލްކް ކެރިއާ) ރާއްޖޭން ފުރުމުގެ ހުއްދަ ލިބޭނީ ފަރަަށް އެރުމުން ލިބުނު ގެއްލުންތަކަށް ބަދަލުގައި 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމުން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

މި މަހުގެ 19 ވަނަ ދުވަހު އެ ބޯޓް ފަރަށް އެރީ އިންޑިއާގެ ޓުޓުކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ބޯޓުގައި އެއްވެސް ކާގޯއެއް ނެތެވެ.

އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު ޑްރިފްޓު ވެގެން ގޮސްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އޮތްކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު "އަދަދު" އަށް ވިދާޅުވީ ބޯޓުގެ ވެރިން ބޯޓު ފުރުވާލަން އެދޭނަމަ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދައްކަން ޖެހޭނެ ކަމަށާއި ފަރަށް ލިބުނު ގެއްލުންތަކުގެ އަދަދު 100 މިލިއަނަށް ވުރެ ދަށްވާނަމަ އިތުރުވާ ފައިސާ އަނބުރާ ދައްކާނެ ކަމަށެވެ.

"މި ނިންމުން ނިންމީ ބައެއް ފަހަރު ފަރަށް އަރާ ބޯޓުތައް ފުރައިގެން ދިޔައީމަ ޖޫރިމަނާ ކުރުން ލަސްވުންފަދަ ކަންކަން ދިމާވާތީ،" އިބްރާހިމް ވިދާޅުވި އެވެ.

ބޯޓު ފުން ކުރުމުގެ މަސައްކަތް ފަށަން ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. މޫސުން ރަނގަޅުނަމަ ދެތިން ދުވަހެއްގެ ތެރޭގައި ބޯޓު ފުންކުރެވޭވަރު ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

އީޕީއޭން މީގެ ކުރިން ބުނެފައި ވަނީ ފަރަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް ހޯދޭނީ ބޯޓު ފުންކުރުމުން އެ ސަރަހައްދު ބެލުމުން ކަމަށެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އެއްޗެއްް ވެސް އެނގޭނީ ބޯޓު އޮތް ސަރަހައްދު ފީނައި ބެލުމަށްފަހު ހަދަންޖެހޭ ރިޕޯޓްތައް ހެދުމުންނެވެ.

ފަރަށް އަރާ އުޅަނދުތަކާ މެދު އީޕީއޭ އިން އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ދިވެހި ބޯޓެއް ފުރަތަމަ ފަހަރަށް ފަރަށް އަރައިފި ނަމަ، ދޭނީ އިންޒާރެކެވެ. އެހެން ނަމަވެސް ދެ ވަނަ ފަހަރުން ފެށިގެން ޖޫރިމަނާ ކުރެ އެވެ. އެކަމަކު ހިމާޔަތްކޮށްފައިވާ ފަރަކަށް ފުރަތަމަ ފަހަރަށް ބޯޓެއް އެރި ނަމަވެސް ޖޫރިމަނާ ކުރާނެ އެވެ.

ތިމާވެށީގެ ގާނޫނު ބުނާގޮތުން ފަރަށް ލިބޭ ގެއްލުންތަކަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނީ 100 މިލިއަން ރުފިޔާއިން އެވެ.

މީގެ ކުރިން ވެސް އުޅަނދުތައް ފަރަށް އަރައިގެން ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން 2013 ވަނަ އަހަރު މާލޭ ރާޅުގަނޑާ ދިމާލުން ފަރަށް އެރި އާގުބޯޓެއް 61.6 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ. އަދި 1997 ވަނަ އަހަރު އެ ސަރަހައްދަށް އުރުނު އާގުބޯޓެއް 4.5 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox