އަލީ ވަހީދު ހުންނެވީ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރެއްގަ

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު: ގާނޫނީ ވަކީލުން ވިދާޅުވަނީ އެދިފައި ވާނީ ވިސާގެ މުއްދަތު އިތުރު ކުރަން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު: ގާނޫނީ ވަކީލުން ވިދާޅުވަނީ އެދިފައި ވާނީ ވިސާގެ މުއްދަތު އިތުރު ކުރަން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްފައި ހުރީ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރެއްގައި ކަމަށާއި އިނގިރޭސިވިލާތުގެ ހިމާޔަތަށް އެދުން ވާހަކައަކީ މުޅިން ހަގީގަތެއް ނޫން ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިރޭ ބުނެފި އެވެ.

އަލީ ވަހީދުގެ ދިފާއީ ޓީމުގައި ހިމެނޭ ވަކީލަކު "އަދަދު" އާ ވަހަކަ ދައްކަމުން ބުނީ ރާއްޖެ ވަޑައިނުގަތުމަށް އެއްވެސް އިރަކު ނުނިންމަވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ހިމާޔަތަށް އެދުނު ކަމަށް ބުނާ ވާހަކައަކީ "މުޅިން ހަގީގަތް ނޫން" ކަމަށް ވެސް އޭނާ ބުންޏެވެ.

"އަލީ ވަހީދު ވާނީ ކްރިމިނަލް ކޯޓުން އޭނާއަށް ބޭސްފަރުވާ ކުރުމަށް ދީފައި އޮތް މުއްދަތު އިތުރު ކުރުމަށް. އަލީ ވަހީދަށް ކޯޓުން ދެ ވަނަ ފަހަރަށް ދިން މުއްދަތު ހަމަވަނީ ސެޕްޓެމްބަރު 26 އަށް. އަދި އޭގެ ކުރިން މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭތޯ ނޫންތޯ ކަނޑައަޅާނެ. ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް އެއަށްފަހު ކަނޑައަޅާނެ،" އޭނާ ބުންޏެވެ.

ވަކީލު ބުނީ އަލީ ވަހީދު އިނގިރޭސިވިލާތުގެ ސަރުކާރުގައި އެދުނީ އޭނާގެ ވިސާ އެކްސްޓެންޑު ކުރުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުކަން ވެސް ކޮށްފައިވާ އަލީ ވަހީދު އިނގިރޭސިވިލާތުގައި ބުދަ ދުވަހު ހައްޔަރު ކުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކުގެ ހަގީގަތް ހާމަ ކުރުމަށް ކަމަށް ވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުމަށް ބޭއްވުމަށް ވަޑައިގެންނެވި ތަނުންނެވެ.

އޭނާ ހައްޔަރުކޮށްގެން ގެންދާ މަންޒަރުގެ ވީޑިއޯއެއް މި ނޫހަށް ވަނީ ލިބިފަ އެވެ. އެއިން ފެންނަނީ އިނގިރޭސިވިލާތުގެ ފުލުހުން އަލީ ހައްޔަރުކޮށްގެން ގެންގޮސް ޖިޕަށް އަރުވާ މަންޒަރެވެ.

އޭނާ މިހާރު ހުންނެވީ އިނގިރޭސިވިލާތުގެ ގެޓްވިކް އެއާޕޯޓުގައި ހުންނަ ޓިންސްލޭ ހައުސް ޑިޓެންޝަން ސެންޓަރުގަ އެވެ. އިމިގްރޭޝަން މައްސަލަތަކުގައި ބަންދު ކުރާ މީހުން ބަހައްޓާ އެ ޑިޓެންޝަން ސެންޓަރު ބަލަހައްޓަނީ GS4 ނަމަކަށް ކިޔާ ޕްރައިވެޓް ސެކިއުރިޓީ ދޭ ބަޔެކެވެ.

އަލީ ވަހީދު ރާއްޖެއިން ފުރާވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލް ކުރުމާއެކު 24 ގަޑިއިރު ތެރޭގަ އެވެ. އެއިރު، ޓުއަރިޒަމް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކޯޓުގައި އޮތީ ފަށައިފަ އެވެ.

ސްފަރުވާއަށް ދިޔުމަށް ހުއްދަދީ، އަލީ ވަހީދުގެ ޕާސްޕޯޓް ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކުރެއްވީ އޭނާގެ މައްޗަށް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވުމުންނެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ.

އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދައުލަތުން ދިޔަ އެވެ. ނަމަވެސް، އެ ދެ ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލީ އަލީ ވަހީދަށް ޗިޓް ރައްދުނުވާ ކަމަށް ބުނެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓަށް ވެސް އޭނާ ހާޒިރުވެފައެއް ނުވެ އެވެ. އަދި އެ މައްސަލައިގައި ވަނީ ކޯޓު ހުރުމަތް ކެނޑި ކަމުގެ ހުކުމެއް ވެސް ކޮށްފަ އެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކަށް މިކަމުގައި ކަމެއް ނުކުރެވި ޝަރީއަތް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީ ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ގާނޫނީ ވެރިކަން ނުހިނގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް،" ހުކުމް ކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox