މުލީއާގެ ގޮއްވާލާނެ ކަަމަށް އިންޒާރު ދިން މީހާ ސަލާމަތްވެއްޖެ

ރިޔާސީ ގަނޑުވަރު މުލިއާގެ: މި ތަން ގޮއްވާލާނެ ކަމަށް ބުނެފައި ވަނީ 28 އަހަރުގެ ޒުވާނެއް -- އަދަދު ފައިލް

ރިޔާސީ ގަނޑުވަރު މުލިއާގެ: މި ތަން ގޮއްވާލާނެ ކަމަށް ބުނެފައި ވަނީ 28 އަހަރުގެ ޒުވާނެއް -- އަދަދު ފައިލް

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ކައިރީގައި ހުރެ އެތަން ގޮއްވާލާނެ ކަމަށް އަނގަބަހުން އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހުން ނިންމުމުން އޭނާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޕީޖީ އޮފީހުން އެ ގޮތަށް ނިންމުމުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެއީ އޭނާ ބަންދުގައި ބަހައްޓާފައި ހުންނަތާ ގާތްގަނޑަކަށް ދޮޅުމަސް ފަހުންނެވެ.

މިދިޔަ ޖުލައި 9 ގައި މުލީއާގެ ކައިރިއަށް އަތް ދަބަހާއި ކަރުދާސް ފޮށިގަނޑަކާއި ކޮތަޅުތަކަކާއެކު ގޮސް ގަނޑުވަރު ގޮއްވާލާނެ ކަމަށް ބުނި މައްސަލައިގައި ހައްޔަރުކޮށްފައި ހުރީ ވ. ރީތިބަހާރު، މުހައްމަދު ޝިއުނީޒް އިބްރާހީމް، 28، އެވެ.

Advertisement

އިންޒާރު ދިން ވަގުތު ޝިއުނީޒާއެކު އިތުރު މީހަކު ވެސް ހުއްޓެވެ. އަދި ފުލުހުން އޭނާ ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެއް ނުވެ އެވެ.

މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގެ އެންމެ ތޮއްޖެހިފައިވާ އެއް މަގު ކަމަށްވާ މަޖީދީ މަގުގައި ވަރުގަދަ ބޮމެއް ގޮއްވާލިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ޝިއުނީޒް ހައްޔަރު ކުރިއިރު ރިޔާސީ ގަނޑުވަރާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓާއި މާލޭގެ ޔުޓިލިޓީ ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންކަން އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލާފައި ވަނީ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް ހަމައަށް ވަޑައިގެންނެވި ތަނުންނެވެ. ބޮން ގޮއްވާލާފައި ވަނީ އެ ހަރުކޮށްފައި އިން ސައިކަލާ ނަޝީދު އެންމެ ކައިރިވި ވަގުތު ބެލުމަށްފަހު ރިމޯޓެއް ބޭނުންކޮށްގެނެވެ.

ބޮން ގޮވުމާއެކު އެއަށް އަޅާފައި ހުރި ބެއަރިން ބޯޅައިގެ 10 ފުށް ނަޝީދުގެ ހަށިކޮޅު ފޫއަޅުވާލި އެވެ. އަދި ބޮން ހަރުކޮށްފައި އިން ވޭވް ސައިކަލުގެ ޕްލާސްޓިކް ކޮޅެއް ވެސް އެމަނިކުފާނުގެ ހަށިގަނޑަށް ވަނެވެ. ނަޝީދުގެ ފުރާނަ ސަލާމަތްވީ މެދުނުކެނޑި 16 ގަޑިއިރު ވަންދެން އެމަނިކުފާނުގެ ހަށިކޮޅުގައި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކުރެއްވި ސާޖަރީތަކަކަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox