ބިލުތައް ފޮނުވަންދެން މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު އީވާ ބަލަހައްޓަވަނީ. -ފައިލް ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު އީވާ ބަލަހައްޓަވަނީ. -ފައިލް ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތައް ފޮނުވުން ލަސްވާނަމަ، މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މި ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓު މިއަދުގެ ޖަލްސާގައި އިއްވެވުމަށްފަހު ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ މި ހިނގާ ދައުރުގައި ގިނަ މަސައްކަތްތައް ހުރީ ކޮމިޓީ މަރުހަލާގައި ކަމަށެވެ.

އޭގެ ތެރެއިން އެއް ބިލަކީ މިއަދު ހުށަހަޅައި ބަހުސްކުރަން ފެށި، ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލެވެ. ދެން ތަޅުމުގައި ބަހުސް ކުރަން އޮތީ އިތުރު ދެ ބިލުކަން އީވާ ފާހަގަކުރެއްވި އެވެ.

އެއީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައިމުގެ ބިލާއި އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލުގެ ބަހުސެވެ.

"އެނގިވަޑައިގަންނަވާނެ މިދިޔަ ދައުރު ނިންމާފައި އަޅުގަނޑުމެން ދިޔައީ ބަހުސް މަރުހަލާގައި ނުވަތަ ދެވަނަ ކިއުމާ ހަމައިގައި ހުރި ގިނަަ ބިލުތަކެއް، ގާތްގަނޑަކަަށް ހުރިހާ ބިލުތަކެއްގެ މަސައްކަތް ނިންމާފައި. އެހެންވެ އިއްޔެ ވެސް އަޅުގަނޑު ދެންނެވީ މި ދައުރުގެ މައިގަނޑު މަސައްކަތް މި ވަގުތު ކުރެވެން އޮތީ ކޮމިޓީ މަރުހަލާގައޭ،" އީވާ ވިދާޅުވި އެވެ.

ބަންޑަރަނައިބުގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު، އިއްޔެ ފެށުނު މަޖިލީހުގެ ތިން ވަނަ ދައުރަށް އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި، އިގުތިސޯދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެ އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ބަހުސް މަސައްކަތް ފެށޭނީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ކުރިއަށް އޮތް، ފޮނުވަން އޮތް ބިލްތައް އަޅުގަނޑުމެންނާ ހަމައަށް އައިމަ،" އީވާ ވިދާޅުވި އެވެ.

އޭގެ ފަހުން މެންދުރު 12:00 ޖެހިއިރު މިއަދުގެ ޖަލްސާ ވެސް ކުރުކޮށްލެއްވުމަށްފަހު ނިންމަވާލެއްވީ ތަޅުމުގައި ކުރަން ހުރި މަސައްކަތް ނިމުނީކަމަށް އިއުލާނުކުރެއްވުމަށްފަހު އެވެ.

އެ ބިލުތައް ސަރުކާރުން ފޮނުވަންދެން، ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް، ކޮމިޓީ މަރުހަލާގައި ހުރި ބިލުތަކުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެގޮތުން، މިއަދު ވެސް މަޖިލީހުގެ ތަފާތު އަށް ކޮމިޓީއެއްގައި ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތް ވަނީ ތާވަލުކުރެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox