މޭޔަރު ވިދާޅުވަނީ ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގެ ކޮރަޕްޝަންގެ "ދޮރު ބަންދުވީ" ކަމަށް

މާލޭގައި ވެހިކަލްތަކެއް ޕާކުކޮށްފައި: ގަރާޖް ސިޓީ އަކީ ބަޔަކު ނަހަމަ ގޮތުގައި ހިންގި ވިޔަފާރިއެއް ކަމަށް މޭޔަރު ވިދާޅުވި. -- ފޮޓޯ/ އަދަދު

މާލޭގައި ވެހިކަލްތަކެއް ޕާކުކޮށްފައި: ގަރާޖް ސިޓީ އަކީ ބަޔަކު ނަހަމަ ގޮތުގައި ހިންގި ވިޔަފާރިއެއް ކަމަށް މޭޔަރު ވިދާޅުވި. -- ފޮޓޯ/ އަދަދު

ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ގަރާޖް ސިޓީ ދޫކުރިއިރު, އެއް ގަރާޖަކަށް އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްދީގެން ހިންގަމުން އައި ކޮރަޕްޝަންގެ "ދޮރު ބަންދު" ކުރައްވާނެ ކަަމަށާއި މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރާއިރު އެފަދަ ކަމަކަށް ޖާގަ ނޯންނާނެ ކަމުގެ ޔަގީންކަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

މާލެއަށް އެތެރެކުރާ ވެހިކަލްތައް ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން ރަޖިސްޓްރީކޮށްދެމުން އަޔަސް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެކު އެ ޒިންމާ މިހާރު ހަވާލުވެފައި އޮތީ މާލޭ ސިޓީ ކައުންސިލާ އެވެ. އެ މަސައްކަތް ޓްރާންސްޕޯޓުން ކުއްލި ގޮތަށް މިދިޔަ މަހު ވަނީ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން އެދިފަ އެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން އާއްމުންގެ ހިޔާލު ހޯދަން ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ގަރާޖް ސިޓީ ދޫކުރުމަކީ ބަޔަކު ފުޅާކޮށް, ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިއެއް ކަމަށެވެ. އެކަން އިތުރަށް ހިނގާކަށް ސިޓީ ކައުންސިލުން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއޮތީ ހަވާލުކޮށްފައި މި މަހު އެކަކުން ފެށިގެން ގަރާޖް ހުއްދަ ދިނުމުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް. ކައުންސިލްގައި އެ މަޝްވަރާ އެބަ ހިނގާ," އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ވިސްނުމަކީ އަގު ބޮޑުކޮށް ގަރާޖު ވިއްކައި އެތަން އެހެން ކަމަކަށް ބޭނުންކޮށްގެން މި ހިނގާ ކަންތައްގަނޑު ހުއްޓުވުން. އިރާދަކުރެވިއްޔާ އަޅުގަނޑުމެން އެ ކަންތައް ހުއްޓުވާނަން.

މާލޭގައި ގަރާޖް ނެތް ވެހިކަލްތަކަށް ވެސް ހަމަޖެހޭ އުސޫލަކުން ޖާގަ ލިބޭނެ ގޮތް ހަދަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ކައުންސިލުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު ކަނޑައަޅާށެވެ. އެއީ ގާނޫނުން ސިޓީ ކައުންސިލުން ކުރުން ލާޒިމް ކަމެކެވެ.

ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގައި ކޮރަޕްޝަން ހިންގާ ކަމުގެ ތުހުމަތު މީގެ ކުރިން ވެސް ޓްރާންސްޕޯޓަށް ކޮށްފައިވެ އެވެ.

މާލޭގެ މޭޔަރު މުއިއްޒު: އޭނާ ވިދާޅުވަނީ ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގައި ދެން ކޮރަޕްޝަނެއް ނުހިންގޭނެ ކަމަށް.

އެންމެ ގަރާޖަކަށް 1,700 އުޅަނދު ރަޖިސްޓްރީކޮށްދީފައި އެބަހުއްޓެވެ. މިއީ, ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގެ އުސޫލާ ކަނޑައެޅިގެން ޚިލާފު ބޮޑު ޖަރީމާއެއް ކަމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކެއް އޮކްޓޯބަރު, 14, 2009 ގައި އެއްބަސްވެވަޑައިގަތެވެ. އެއީ ކުރިން ހިނގާފައި އޮތް ކަމެއް ކަމަށާއި އެފަދަ ކަމެއް ތަކުރާރު ވުމުގެ ދޮރުތައް ބަންދުކޮށްފައިވާ ކަމުގެ ޔަގީންކަން އޭރު ދެއްވި އެވެ.

އެކަމަކު އެ ދޮރު ވަރަށް ފަހަކާ ޖެހެންދެން ވެސް އޮތީ ހުޅުވިފައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

އެ ބޭފުޅުން ވިދާޅުވަނީ އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމާއި ރެޖިސްޓްރޭޝަން އަދި ވެހިކަލްތަކުގެ ޒޯން ބަދަލުކޮށްދީގެން ބޮޑެތި ފައިދާ ނަގާ ނެޓްވޯކެއް އޮތް ކަމަށެވެ. މިކަން ހިނގާކަން އެނގޭ އިރު ވެސް އެކަށީގެންވާ ތަހުގީގަކުން ނުހުއްޓުވައި އޮތުމަކީ އެ ބޭފުޅުންގެ ކަންބޮޑުވުމެކެވެ. ރަސްމީ އިދާރާތަކަށް ލިއުމުން ވެސް އެ މައްސަލަ ހުށަހެޅި އެވެ.

ރާއްޖޭގެ ކޮރަޕްޝަން ހާލަތާ ގުޅޭ ދިރާސާއަކަށް އެއްކުރި މައުލޫމަތުތަކަށް ބިނާކޮށް, އެ މަސައްކަތުގެ ކޮންސަލްޓަންޓް, ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކަށް މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ހުށަހެޅުއްވި މައުލޫމާތުތަކުގައިވާ ގޮތުން ވެހިކަލް ރަޖިސްޓްރޭޝަންގައި "ހީވެސް ނުކުރާ ވަރުގެ ކޮރަޕްޝަނެއް" ދަނީ ހިންގަމުންނެވެ. ލައިސަންސް ދޫކުރަން ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭނުންުކުރާ ސިސްޓަމާ ފަސޭހަ އިން ކުޅެލައި މައުލޫމާތު އޮޅުވާލެވޭ ކަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.

އެކަމަކު މިއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ދޮގުކޮށް ބަޔާނެއް ވެސް ނެރުނެވެ.

ވެހިކަލް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ގޮތުން "އަދަދު" އަށް ލިބިފައިވާ މައުލޫމާތުތަކުގައިވާ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން އާއްމުކޮށްފައިވާ އުސޫލާ އެއްގޮތަށް ގަރާޖެއް އޮވެ ރަޖިސްޓްރީކުރަން ހުށަހެޅުމުން ރަޖިސްޓްރީނުކޮށް އެތައް މަހެއް ވަންދެން ލަސްކޮށްފައި އެބަހުއްޓެވެ. ބޭނުމަކީ އެކްސްޕްރެސް ޚިދުމަަތަށް އެދެން މަޖުބޫރު ކުރުވުމެވެ. އަވަހަށް ރަޖިސްޓްރީ ކުރެވެން އޮންނަނީ އޮތޯރިޓީގެ ނެޓްވޯކުގެ ކޮންމެވެސް މީހެއް މެދުވެރިވެ ފައިސާ ދީގެންނެވެ.

ކާރެއް ރަޖިސްްޓްރީކުރަން ބައެއް މީހުން, 10,000ރ- 70,000 ރުފިޔާއާ ދެމެދަށް ފައިސާ ހޭދަކޮށްފައި އެބަހުއްޓެވެ.

"ހެއްކާ އެކު ބުނަމެވެ. ކާރެއް ގަނެފައި އެ ކާރު ރަޖިސްޓްރީ ނުވެގެން މީހަކު ފައިސާ އިން ފަންޑިތައެއް ހެދި އެވެ. ޓްރާންސްޕޯޓުގެ މަތީ ފެންވަރުގެ ވެރިއެއްގެ ކޮއްކޮ ހުކުރު ދުވަހު މެންދުރު ފަހު އޮފީސް ހުޅުވާފައި ކާރުގެ ވެރިމީހާ އޮފީހަށް ގެނެސް 70,000ރ. ނެގުމަށް ފަހު ވަގުތުން ރަޖިސްްޓްރީ ހަވާލުކުރި އެވެ," ވެހިކަލް ކޮރަޕްޝަނާ ގުޅޭ ގޮތުން މީހަކު ސޯޝަލްމީޑިއާގައި ލިއެފައި އޮތެވެ.

މި ތުހުމަތު ވެސް ޓްރާންސްޕޯޓު އޮތޯރިޓީން ދޮގުކުރެ އެވެ.

ވެހިކަލް ރަޖިސްޓްރީކުރަން ހުށަހެޅުމުން ގަވާއިދަށް ފެތޭތޯ ނޫންތޯ ކަނޑައަޅައި ގޮތް ނިންމަނީ ގަރާޖް ކޮމިޓީންނެވެ. ގަވާއިދަށް ނުފެތޭ ހާލަތުގައި, ވެސް ބައެއް އުޅަނދުތައް އެ ކޮމިޓީން ވެސް ރަޖިސްޓްރީކޮށްދީފައި ހުރި ކަމަށް ލިބުނު މައުލޫމާތުތަކުގައިވެ އެވެ. މިސާލަަކަށް ކާރެއް ނުބޭއްވޭ ވަރުގެ ގޯޅިއެއްގެ ނަމުގައި ރަޖިސްޓްރީ ދޫކޮށްފައި އެބަހުއްޓެވެ. މީގެއިތުރުން, ގަވާއިދަށް ނުފެތޭތީ ރަޖިސްޓްރީނުކޮށްދޭން ނިންމާ ވެހިކަލްތައް ވެސް ކުއްލި ގޮތަކަށް ރަޖިސްޓްރީވެފައި އެބަހުއްޓެވެ.

ވެހިކަލް ކޮރަޕްޝަން ހުއްޓުވަން, މިނިވަން މުއައްސަސަތަކާ ބެހޭ ކޮމިޓީއަށް ކޮންސަލްޓަންޓު ހުށަހެޅުއްވި ހައްލަކީ ލައިސަންސް ދިނުން ޑިޖިޓައިޒްކުރުމެވެ. އެއީ ލައިސަންސް ދޫކުރަން ޓްރާންސްޕޯޓް އޮތޯރިޓީގައި އޭރު ބޭނުންކުރި ސިސްޓަމާ ފަސޭހައިން ކުޅެލައި މައުލޫމާތު އޮޅުވާލެވޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox