ގުރައިދޫ މަރުކަޒަށް އަދިވެސް ސައިކޭޓްރިސްޓެއް ހަމަނުޖައްސާ

ކ .ގުރައިދޫގައި ހުންނަ މަރުކަޒު: އެތަނުގައި ނަފްސާނީ ބަލިތަކުގެ ޑޮކްޓަރަކު ނެތި ހާލަތު ވަނީ ދަށްވެފައި.- ފޮޓޯ: ގުރައިދޫ މަރުކަޒު ފޭސްބުކް ޕޭޖް

ކ .ގުރައިދޫގައި ހުންނަ މަރުކަޒު: އެތަނުގައި ނަފްސާނީ ބަލިތަކުގެ ޑޮކްޓަރަކު ނެތި ހާލަތު ވަނީ ދަށްވެފައި.- ފޮޓޯ: ގުރައިދޫ މަރުކަޒު ފޭސްބުކް ޕޭޖް

ސިކުނޑީގެ އެކިއެކި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓަމުން އަންނަ ކ. ގުރައިދޫ މަރުކަޒަށް ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރެއް އަދިވެސް ހަމަނުޖައްސާ ކަމަށް އެމަރުކަޒުން މިއަދު ބުނެފި އެވެ.

އެ މަރުކަޒުގައި 200 އެއްހާ މީހުން ތިބިއިރު އޭގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ސިކުނޑީގެ އުނިކަން ހުރި މީހުންނެވެ. މިދިޔަ އަހަރު ކުރީކޮޅުން ފެށިގެން އެމަރުކަޒުގައި ސައިކޭޓްރިސްޓެއް ނެތެވެ.

ގުރައިދޫ މަރުކަޒުގެ ސީއީއޯ ޔޫޝައު ޝިހާން، "އަދަދު" އަށް މިއަދު ވިދާޅުވީ އެ މަރުކަޒުގައި ކޮންމެހެން ވެސް ސައިކޭޓްރިސްޓެއް ހުންނަން ޖެހޭއިރު އެފަދަ ޑޮކްޓަރެއް ނެތުމުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ހާލު ބޮޑުވާ ބަލި މީހުންނަށް ނަފްސާނީ ފަރުވާ މިހާރު ދެނީ މާލެ ފޮނުވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީޑިއޯ މެދުވެރިކޮށް ވެސް ޑޮކްޓަރަށް ދައްކަން. މިތަނުގައި ކޮންމެހެން ވެސް ސައިކޭޓްރިސްޓެއް ހުންނަން ޖެހޭ،" ޝިހާން ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ސައިކޭޓްރިސްޓެއް ހަމަނުޖެއްސެނީ އެ މަގާމަށް މީހަކު ކުރިމަތިނުލާތީ ކަމަށާއި އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރާ ގުޅިގެން، މީހަކު ލިބޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ގުރައިދޫ މަރުކަޒުގެ ހާލަތު މިފަހުން ވެސް ވަރަށް ދަށްވި އެވެ. އެތައް ބަލި މީހަކު އުޅޭ އެ މަރުކަޒުގައި ޑޮކްޓަރެއް އަދި ނަރުހެއް ނެތްތާ ތިން ވަރަކަށް މަސް ފަހުން އާއްމު ބަލިތަކުގެ ޑޮކްޓަރަކާއި ދެ ނަރުހުން ހަމަޖެއްސީ މިދިޔަ އޭޕްރީލް މަހު އެވެ.

ގުރައިދޫ މަރުކަޒުގައި ތިބި މީހުންގެ ތެރޭގައި ގިނައީ ކޮންމެ ދުވަހަކުހެން ބޭސް ކާން ޖެހޭ މީހުންނެވެ. އަދި ސިއްހީ ތަޖުރިބާކާރެއްގެ ލަފާގެ މަތިން ވަކި ގޮތަކަށް އެމީހުން ބަލަހައްޓަން ޖެހެ އެވެ. ޑޮކްޓަރެއް ނެތި ތިން ވަރަކަށް މަސް އޭރު ހޭދަވިއިރު ބޭސްދީ ސިއްހީ ކަންކަން ބެލެހެއްޓީ އެފަދަ ދާއިރާއަކުން ކިޔަވައިފައި ނެތް އެ މަރުކަޒުގެ މުއައްޒަފުންނެވެ.

އެފަހަރު ޑޮކްޓަރަކާއި ނަރުހަކު ހަމަޖެއްސީ އެ މައްސަލަ ނޫސްތަކުގެ ސުރުހީއަށް ވެސް އަރައި މަޖިލީހުން ވެސް އެކަން ބެލިފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox