މިދިިޔަ އަހަރުގެ މެއި އަދި ޖޫން މަހުގައި ބޭއްވި ކެމްބްރިޖް އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ސްކޫލްތަކުން މިއަދު ދޫކުރަން ފަށައިފި އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތަކުން އެ އިމްތިހާނުގައި 5955 ދަރިވަރަކު ބައިވެރިވި އެވެ.
އެއީ މާލޭގެ ސްކޫލްތަކުން 2196 ދަރިވަރުންނާއި އަތޮޅުތަކުން 3759 ދަރިވަރުންނެވެ. މީގެ ތެރޭގައި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާ 225 ދަރިވަރުން ވެސް ހިމެނެ އެވެ. އޯލެވެލް އިމްތިހާނު ކުރިޔަށް ގެންދިޔައީ މާލޭގެ 22 ސެންޓަރަކާއި އަތޮޅުތަކުގެ 213 ސެންޓަރެއްގަ އެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ މިދިޔަ އަހަރުގެ ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ހެނދުނު ދޫކުރަން ފަށާފައިވާ ކަމަށެވެ. އިމްތިހާނު ހެދި ސެންޓަރުތަކުން ދަރިވަރުންނަށް ނަތީޖާ ދޫކުރާނެ ކަމަށް ވެސް ޑީޕީއީން ބުންޏެވެ.
އެސްއެސްސީ އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފަށާނީ މިއަދު މެންދުރު 1:30 ގަ އެވެ. ޑީޕީއޭގެ ކައުންޓަރުން އެ ދަރިވަރުންނަށް ނަތީޖާ ނެގޭނެ އެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ބޮޑެތި ބަދަލުތަކެއް ގެނަ އެވެ.
އެ ބަދަލުތަކާ އެކު މިދިޔަ އަހަރުގެ އޯލެވްލް އިމްތިހާނު ފެށުމަށް އޭޕްރީލް މަހުގެ ނިންމި ނަމަވެސް އިމްތިހާނުގެ ޓޭބަލް ބަދަލުކޮށް އިމްތިހާނު ފަށާފައިވަނީ މެއި މަހު އެވެ.













