ގުޅިފަޅު މައްސަލާގައި އަދިވެސް ކުރިއެރުމެއް ނުލިބޭ، އެކަމަކު އުއްމީދު އެބައޮތް: މުއިއްޒު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ގުޅިފަޅުން ގެދޮރު ދިނުމަށް ސިޓީ ކައުންސިލުން ސަރުކާރުގައި ތަކުރާރުކޮށް އެދިފައިވީ ނަމަވެސް، އެކަމުގައި އަދިވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީ ދެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވިއިރު ނިންމާފައިއޮތީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ގުޅިފަޅު ހިއްކައި އެތަނުން ގޯއްޗާއި ފްލެޓު ދޫކުރުމަށެވެ. ނަމަވެސް، މި ސަރުކާރުން އެ ނިންމުން ބަދަލުކޮށް، ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ހިންގަން ނިންމާފައިވަނީ ގުޅިފަޅުގަ އެވެ.

އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވައި، މޭޔަރު ކަމަށް އިންތިހާބުވުމާ އެކު ވެސް ކުރިން އޮތް ގޮތަށް ގުޅިފަޅަކީ ގެދޮރުވެރި މަންޒިލެއްގެ ގޮތުގައި ތަރައްގީކުރަން މުއިއްޒު އިސްވެ ހުންނަވައިގެން އާ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެކަމަށް ސަރުކާރުން އެއްބާރުލުން ނުދީފިނަމަ ކޯޓަށް ދާން ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން މިރޭ ފަށާ ސިލްސިލާ ބައްދަލުވުންތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މުއިއްޒު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ސަރުކާރުގެ ވިސްނުން ބަދަލުކުރުމަށް އެދި އެކި ފަހަރު މަތިން އެދިފައިވާ ކަމަށެވެ.

ނަމަވެސް، އެކަމަށް އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް ޔަގީން އެކަމުގައި ކުރިއެރުމެއް ލިބޭނެ ކަމަށް. ރައްޔިތުން އެދޭ ގޮތަށް ގުޅިފަޅަކީ ދިރިއުޅެވޭ ތަނެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެ ކަމަށް،" މޭޔަރު ވިދާޅުވި އެވެ.

އެކަމަށް ހައްލެއް ނުލިބިއްޖެނަމަ ކޯޓަށް ހުށަހަޅަން ކައުންސިލުން ނިންމާފައިވީ ނަމަވެސް، އެއީ އެންމެ "ލާސްޓް އޮޕްޝަން" ކަމަށާއި، އެ ހިސާބަށް ނުގޮސް މި މައްސަލަ ހައްލުކުރެވޭނެކަމުގެ ޔަގީންކަން ބޮޑުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރެއިން ފެށިގެން މިމަހުގެ 14 އާ ހަމައަށް މާލޭގެ ހަތަރު އަވަށުގެ އިތުރުން ވިލިމާލޭގެ ރައްޔިތުންގެ ހިޔާލު ހޯދަން ސިޓީ ކައުންސިލުން ވަނީ ބައްދަލުވުންތަކެއް ރާވައިފަ އެވެ.

ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގައި ހިމެނޭ މަޝްރޫއުތައް ހިންގުމަށްޓަކައި ރައްޔިތުންގެ ހިޔާލު ވަރަށް މުހިންމު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން، މާލޭ ސަރަހައްދުގައި ސީސީޓީވީ ކެމެރާގެ ނިޒާމެއް ގާއިމުކުރުމާއި، ޕާކުތަކާއި ކުޅިވަރު ދަނޑުތަކާއި، މަގު ހެދުން އަދި ޕާކިން ބިލްޑިންތަކާ ގުޅޭގޮތުން ރާވާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ގާއިމުކުރަން ނިންމާފައިވާ ބަހުގެ ހިދުމަތާއި އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކުރަން ރައްޔިތުން ބޭނުންވާ ގޮތް ދެނެގަތުން ވެސް ހިމެނެ އެވެ.

އެހެންކަމުން އެ ބައްދަލުވުންތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވި، ހިޔާލު ހުށަހެޅުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ހިޔާލު ހޯދައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް،" މޭޔަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox