ކޮޕް26 ގެ ކުރިން މޫސުމީ ބަދަލާ ގުޅޭ ބޮޑު ބައްދަލުވުމެއް ޔޫކޭގައި

އިނގިރޭސި ވިލާތުގެ އެންވާރަމަންޓް މިނިސްޓަރު އަލޮކް ޝަރުމާ.-- ފޮޓޯ: ރޮއިޓާޒް

އިނގިރޭސި ވިލާތުގެ އެންވާރަމަންޓް މިނިސްޓަރު އަލޮކް ޝަރުމާ.-- ފޮޓޯ: ރޮއިޓާޒް

ލަންޑަން، އިނގިރޭސި ވިލާތް (ޖުލައި 25) - މޫސުމީ ބަދަލާ ގުޅޭ އދ. ގެ ކޮންފަރެންސް ކޮޕް26 ގެ ކުރިން އިނގިރޭސި ވިލާތުގައި 51 ގައުމަކާއެކު މިއަދު ބޮޑު ބައްދަލުވުމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ކޮޕް26 ބައްދަލުވުން އޮންނާނީ އަންނަ ނޮވެމްބަރު މަހު އެވެ. މިއަދު އިނގިރޭސި ވިލާތުގައި ފެށި ބައްދަލުވުމުގައި 51 ގައުމެއްގެ ތިމާވެށި މިނިސްޓަރުން ބައިވެރިވެ އެވެ.

މިއަދުގެ ބައްދަލުވުމުގައި އިސްކޮށް އުޅުއްވަނީ ކޮޕް26 ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވަން ހަމަޖެހިފައިވާ އިނގިރޭސި ތިމާވެށީގެ މިނިސްޓަރު އަލޮކް ޝަރުމާ އެވެ.

ދެ ދުވަހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ކޮޕް26 ކޮންފަރެންސަށް ދިޔުމުގެ ކުރިން މުހިއްމު ކަންކަމުގައި ގައުމުތަކުން އެއްބަސްވުމަކަށް އަންނަން ކަމަށް އިނގިރޭސި ވިލާތުން ބުނެ އެވެ.

ގައުމުތަކަށް އެއްބަސްވޭ ކަންތައްތައް ނިންމާ، ކޮޕް26 ކޮންފަރެންސުން ނެރޭނެ ނަތީޖާގެ ހުލާސާއެއް ތައްޔާރު ކުރަން މަސައްކަތް ކުރާނެ ކަމަށް އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ނޫސްތަކަށް ބަންދުކޮށްފައިވާ ދެ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިއާ އަދި ޗައިނާ ހިމެނެ އެވެ. ބައްދަލުވުން އޮންނާނީ ފިޒިކަލީ އަދި ވާޗުއަލްކޮށެވެ.

މިއީ ފާއިތުވި 18 މަސް ތެރޭގައި ގައުމުތަކުގެ ތިމާވެށި މިނިސްޓަރުން އެއްކޮށް ބައްދަލުވާނެ ފުރަތަމަ ފަހަރެވެ.

"އަޅުގަނޑުމެންގެ ދުނިޔެއަށް ދިމާވެފައި މި ވަނީ ނުރައްކާތެރި ދުވަސްތަކެއް. ދުނިޔޭގެ ކުރިމަގު ރައްކާތެރި ކުރެވޭނެ ހަމައެކަނި ގޮތަކީ ހުރިހާ ގައުމުތަކެއް އެއް މަގެއް ހިޔާރު ކުރުން،" ޝަރުމާ ވިދާޅުވި އެވެ.

ކޮޕް26 ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ހުރިހާ ގައުމުތައް އެއް ގަލަކަށް އެރުވުމެވެ.

މިއަދު ފަށާ ބައްދަލުވުމުގެ މަގްސަދަކީ ކޮޕް26 އަށް ދިޔުމުގެ ކުރިން ގައުމުތަކުން އެކަމާ މެދު ރަސްމީ ގޮތެއްގައި ނިންމުމެއް ކަނޑައެޅުމެވެ.

ގައުމުތަކުގެ ތިމާވެށި މިނިސްޓަރުން އިތުރުން 196 ގައުމަކާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މަންދޫބުންނާއ ވިޔަފާރިވެރިންނާއި، ތަޖުރިބާކާރުން ވެސް ބައްދަލުވުމުގައި ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox