ކުރީގެ ސަރުކާރުގައި ނުހައްގުން ފްލެޓް ބެހި މައްސަލަ އޭސީސީން ބަލަނީ

ފްލެޓް ކޮމިޓީގެ މަސައްކަތަށް ފޯމުތައް އަތުރާފައި: ކުރީގެ ސަރުކާރުގައި ނުހައްގުން ފްލެޓް ދީފައިވާ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވޭ.

ފްލެޓް ކޮމިޓީގެ މަސައްކަތަށް ފޯމުތައް އަތުރާފައި: ކުރީގެ ސަރުކާރުގައި ނުހައްގުން ފްލެޓް ދީފައިވާ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވޭ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓްދިން މައްސަލަތަކާ އެކު އެ މަޝްރޫއުގައި ފާހަގަވި ގޯސްތައް ތަހުގީގުކޮށްދޭން ރައީސް އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

ކުރީގެ ސަރުކާރުގައި ހުޅުވާލި ބޯހިޔާވަހިކަމުގެ ދެ މަޝްރޫއެއްގައި ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

އޭސީސީއަށް ހުށަހެޅީ ކުރީގެ ސަރުކާރުން ފްލެޓް ދިން ގޮތް ބަލަން އެމަނިކުފާނު އުފެއްދެވި ފްލެޓް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ ފްލެޓް ދޫކުރުމުގައި ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ބަލައިދޭން އެދި ރައީސް އޮފީހުން ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.

ފްލެޓް ކޮމިޓީން ވަނީ ކުރީގެ ސަރުކާރުން އެކުލަވާލި ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓުތަކުގެ ބަދަލުގައި 6،720 ފްލެޓް ލިބޭ މީހުންގެ އާ ލިސްޓުތަކެއް އާއްމުކޮށްފަ އެވެ. އެޗްޑީސީން އިއްޔެ އިން ފެށިގެން ސޮއިކުރަމުން އަންނަނީ އެ ލިސްޓުގައި ހިމެނޭ މީހުންނާ އެކުގަ އެވެ.

މި ވެރިކަމުގައި ފްލެޓް ކޮމިޓީ އެކުލަވާލީ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ކުއްލިއަކަށް ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއުލާންކުރިއިރު ނުހައްގުން ދީފައިވާ ކަމުގެ ތުހުމަތުތަކާ އެކުގަ އެވެ. އޭރު ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވަކިވަކި ލިސްޓުތަކެއް ހަދައި ފްލެޓް ދީފައިވާ ކަމުގެ ތުހުމަތު ކުރި އެވެ. އެކަމަކު އެ ތުހުމަތު އޭރު ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ދޮގުކުރައްވައިފަ އެވެ.

ހިޔާ ފްލެޓަށް ކުރިމަތިލީ މީހުންގެ ފޯމުތަކެއް ކޮމިޓީގެ ބެލުމުގެ ދަށުގައި.

އެ މަޝްރޫއު ކުރިއަށް ގެންދިޔައިރު ވަޒީރެއްގެ ގޮތުގައި ހުންނެވި މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ފްލެޓް ދީފައި ވަނީ އިންސާފުން ކަމަށާއި އެ ލިސްޓުގައި ތިބި ބައެއް މީހުންގެ އަތުން މި ވެރިކަމުގައި ފްލެޓް އަތުލުމަކީ ބޭއިންސާފުވުން ކަމަށެވެ. މި މައްސަލައިގައި މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްގެން ވެސް ސުވާލުކުރިމަތިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ފްލެޓް ކޮމިޓީގެ މެމްބަރުން ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑެތި އިހުމާލުތަކެއް އެބަހުރި ކަމަށެވެ. ހަމައެކަނި ނަން ޖަހާލާފައި ފޯމުލީ މީހުންނަށް ވެސް ފްލެޓް ދީފައިވާ އިރު، މާލޭގައި ބިން އޮތް މީހުންނަށް ފްލެޓް ދޫކުރި ކަމަށް ކޮމިޓީން ބުންޏެވެ. އަދި 7،000 ފްލެޓުގެ މަޝްރޫއު ހުޅުވާލައި ފްލެޓް ލިބޭނެ ކަމުގެ ލިއުން 9،500 މީހުންނަށް ދޫކޮށްފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް ވެސް ކޮމިޓީން ބުނެފައިވެ އެވެ.

ފްލެޓް ކޮމިޓީން ފާހަގަކުރި މައްސަލަތައް

- ކޮންމެ ކެޓަގަރީއަކުން ވެސް ދިރިއުޅުމުގެ ހާލަތަށް ވަކި އަދަދަކަށް ޕޮއިންޓް ކަނޑައަޅާފައި އޮތްއިރު ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްނުކޮށް ޕޮއިންޓް ދިނުން.

- ފޯމުގައި ލިއެފައިވާ ހާލަތު ބަޔާން ފިޔަވައި އެއްވެސް އުސޫލެއް ނެތި ހިތުހުރި ގޮތަކަށް ޕޮއިންޓް ދިނުން.

- ބިންވެރިކަން ކަށަވަރުނުކޮށް ފްލެޓް ދިނުން. އަމީން އެވެނިއުގައި ފްލެޓް ހުރި މީހުންނާއި މާލެ އިން 600 އަކަ ފޫޓަށް ވުރެން ބޮޑު ބިމެއް އޮންނަ މީހުންނަށް ވެސް ފްލެޓް ދޫކުރުން.

- ފޯމު ހުށަހެޅި ދުވަހު ދަފްތަރުގައި ރަޖިސްޓްރީވި މީހުންނަށް އެ ކެޓަގަރީން ފްލެޓް އެވޯޑުކުރުން.

- މާލޭގައި އެތައް އަހަރަކު ވަޒީފާ އަދާކުރި ޓީޗަރުން ތިއްބައި އަތޮޅުތަކުން ބަދަލުވި ޓީޗަރުންނަށް މަތިން ޕޮއިންޓް ދިނުން.

- ކޮމިޓީން ބުނީ ކުރީގެ ހައުސިން މިނިސްޓްރީން ހިޔާ މަޝްރޫއުގެ ފޯމުތައް ދިރާސާކުރިއިރު، ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދެނީ ބިއުރޯގެ ތެރެއިން ކަމަށާއި އެ ފޯމުތައް ވަކިން ނަގައިގެން ބިއުރޯއަށް ގެންދަން ޖެހޭ ކަމަށް ވެސް ކޮމިޓީއަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށް.

ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި މި މައްސަލަތައް ބެލުމަށް ފަހު، ހިޔާ މަޝްރޫއުގައި މިހާރު އާއްމުކޮށްފައިވާ ލިސްޓުތަކުގައި ޕޮއިންޓްދީފައި ވަނީ އޭރު 2018 ގައި އިއުލާންކުރި ޝަރުތުތަކާއި އުސޫލްތަކާ އެއްގޮތަށް އެންމެންނަށް އެއް ހަމައަކުންނެވެ. ކޮމިޓީން މިހެން ބުންޏަސް މި ވެރިކަމުގައި ވެސް ޕޮއިންޓް ދީފައި ވަނީ އިންސާފުން ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން އޭސީސީއަށް ވެސް ޝަކުވާ ހުށަހެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox