އިއްޒުއްދީނުން ވަކިކުރި ޓީޗަރުންނަށް ބިރުދައްކާ މައްސަލައެއް

އިއްޒުދީން ސްކޫލް: އެ ސްކޫލުގެ ހަތަރު ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުކޮށްފައި ވަނީ މި އަހަރު ކުރީކޮޅު ދިމާވި މައްސަލައަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ހައްލު ކުރަން ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ރައީސް އޮފީސް

އިއްޒުދީން ސްކޫލް: އެ ސްކޫލުގެ ހަތަރު ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުކޮށްފައި ވަނީ މި އަހަރު ކުރީކޮޅު ދިމާވި މައްސަލައަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ހައްލު ކުރަން ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ރައީސް އޮފީސް

އިއްޒުއްދީން ސްކޫލުން މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރި ހަތަރު ޓީޗަރަކަށް އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ.

އެ ސްކޫލުން ވަކިކުރަން އެޑިއުކޭޝަން މިިނިސްޓްރީން ސިޓީ ފޮނުވި ޓީޗަރުންނަށް ބިރު ދެއްކުމުގެ ގޮތުން ބުލީ ކުރުމާއި ފޯނަށް މެސެޖު ކުރުންފަދަ ކަންކަން ކުރަމުންދާ ކަމަށާއި އެ ޓީޗަރުން މިހާރު ސްކޫލުގެ އޮފިޝަލް ގްރޫޕުން ނެރެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މި މައްސަލާގައި ޓީޗާސް އެސޯސިއޭޝަންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ މުހައްމަދު އަދުހަމް ވިދާޅުވީ ސްކޫލުން ވަކިކުރަން ސިޓީ ފޮނުވި ފަރާތްތަކުގެ ހައްގުގައި ވާހަކަ ދައްކަމުންދާ ކަމަށްޓަކައި އެ އެސޯސިއޭޝަންގެ ބޭފުޅުންނަށާއި ސިޓީ ފޮނުވި ޓީޗަރުންނަށް އެކި ފަރާތްތަކުން ބިރުދައްކަމުންދާ ކަމަށެވެ. އެކަމަކު ބިރުދައްކަނީ ކޮން ބައެއް ކަން ސާފުކޮށް ވިދާޅެއް ނުވެ އެވެ.

"ހިތާމައަކީ މި މައްސަލާގައި ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިގެން މައްސަލައަށް އިންސާފެއް ހޯދަން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކީ މި މައްސަލަ ހުށަހެޅި ފަރާތުން ނުވަތަ ވިކްޓިމްއަށްވި ފަތާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅު އަޅާ އެ ފަރާތްތައް އެކި ސްކޫލުތަކަށް ބަދަލުކުރުން."

ބިރު ދައްކަމުން ދަނީ އެޑިއުކޭޝަން މިނިސްޓްރީން ނޫން ކަމަށާއި ނަމަވެސް ބިރު ދައްކަމުން ދަނީ ވަކި ބަޔަކަށް އަމާޒުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސްގެ ފަރާތުން އެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން މައުރޫފް ޒާކިރު (މާއްޓޭ) ވިދާޅުވީ ޖިންސީ ފުރައްސާރައިގެ މިފަދަ މައްސަލައެއްގައި މި މުޖުތަމައުއަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އެގޮތުން އެ ސްކޫލުގެ މުވައްޒަފުން ތަކުރާރުކޮށް މައްސަލަ ހައްލު ކުރުމަށްޓަކައި އެކި ކަހަލަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.

ޓީޗަރުންތަކެއް އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމީ އިއްޒުއްދީންގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ މައްސަލަ އެޑިއުކޭޝަނަށް ހުށަހަޅާފައި ވަނިކޮށެވެ. އެކަމަކު އެޑިއުކޭޝަނުން ބުނެފައި ވަނީ ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ނޫން ކަަމަށެވެ.

ތުހުމަތުކުރި ޕްރިންސިޕަލް އެދިވަޑައިގެން އޭނާ ވަނީ ރ. އަތޮޅުގެ ސްކޫލަކަށް ބަދަލުކޮށްފަ އެވެ.

އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިއްޒުއްދީންގެ ހަތަރު ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމީ މި އަހަރުގެ ކުރީކޮޅު ދިމާވި މައްސަލައިގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox