ސައުތުގޭޓްގެ ތައުރީފް ސްޓާލިން އަށް

Jul 9, 2021, 3:56 AM
ލަނޑު ޖެހުމަށް ފަހު ސްޓާލިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ސްޓާލިން އުފާފާޅުކުރަނީ.

ލަންޑަން (ޖުލައި 9) - އިނގިރޭސި ޓީމަށް މި ފަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިން އަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ތައުރީފުކޮށްފި އެވެ.

އިންްގްލެންޑަށް އެންމެ ފުރަތަމަ ސްޓާލިން ކުޅުނު 45 މެޗުން އޭނާ ޖެހީ ދެ ގޯލެވެ. ދެން އޭނާ ގައުމީ ޓީމަށް ކުޅުނު 27 މެޗުގައި ގޯލެއް ނުޖަހަ އެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހިމެނެ އެވެ. އުމުރުން 26 އަހަރުގެ ސްޓާލިން ވަނީ މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ތިން ގޯލު ޖަހައި ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޔޫރޯގެ ސެމީ ފައިނަލުގައި އިންގްލެންޑުން އެއްވަރުކުރި ގޯލާއި މޮޅުވި ގޯލުގައި ވެސް ސްޓާލިންގެ ދައުރު ބޮޑެވެ. އިންގްލެންޑުން އެއްވަރުކުރި ގޯލަކީ ސްޓާލިން އަށް ލިބުމުގެ ކުރިން ބޯޅަ ސަލާމަތްކުރަން އުޅެނިކޮށް ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެން އިންގްލެންޑް މޮޅުވި ޕެނަލްޓީ އަކީ ސްޓާލިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެެކެވެ.

"ސްޓާލިން އަކީ ފައިޓަރެއް. އޭނާގެ ފަރާތުން މި މުބާރާތުގައި މި ފެންނަނީ ހަގީގަތުގައި އޭނާ ބޭނުންވާ ލެވަލްގެ ކުޅުން. އިންގްލެންޑުން މޮޅުވި ކޮންމެ މެޗެއްގައި ސްޓާލިންގެ ހިއްސާއެއް އޮންނާނެ. އަހަރެން އޭނާ ދަނޑުމަތީގައި ގިނަ ވަގުތު މި ބަހައްޓަނީ ވެސް މި ޓީމަށް އޭނާގެ މުހިއްމުކަން ބޮޑުވީމަ. އޭނަ އަށް ކުރާ އިތުބާރުގެ ބަދަލު އޭނާ ޓީމަށް ދޭތީ،" ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް ބުނީ ވޯލްޑް ކަޕްގައި ސްޓާލިންގެ ކުޅުން ދަށްވުމުން އޭނާ އަމިއްލަ އަށް އެކަމަށް ވިސްނައި ކަންކަން ރަނގަޅުކުރި ކަމަށާއި މިހާރު އެ ފެންނަނީ އޭގެ ނަތީޖާ ކަމަށެވެ. އަދި ކްލަބް ލެވަލްގައި މެންޗެސްޓާ ސިޓީގައި ވެސް ސްޓާލިން މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށެެވެ.

"ވޯލްޑް ކަޕަކީ ޓާނިން ޕޮއިންޓެއް. އޭގެ ފަހުން ދެން ފެށި ޔުއެފާ ނޭޝަންސް ލީގުގައި ސްޓާލިންގެ އަސްލު ކުޅުން ގައުމީ ޓީމުގައި ފެންނަން ފެށީ. އަހަރެމެން ސެވިލްގައި ސްޕެއިން އަތުން ނޭޝަންސް ލީގުގައި މޮޅުވި މެޗުގައި ސްޓާލިން ދެ ގޯލު ޖެހުމަކީ މިހާރު ގައުމީ ޓީމުގައި އޭނާ އެ ހުރި ލެވަލަށް އައުމުގެ ފެށުން،" ސައުތުގޭޓް ބުންޏެވެ.

މި ފަހަރުގެ ޔޫރޯގެ ފައިނަލުގައި އިންގްލެންޑް އާދިއްތަ ދުވަހު ކުޅޭނީ އިޓަލީއާ އެވެ. އިންގްލެންޑުން މި ފަހަރުގެ ޔޫރޯ ކާމިޔާބުކޮށްފިނަމަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބެން ޖެހޭނީ ސްޓާލިން އަށް ކަމަށް އިނގިރޭސި ފުޓްބޯޅަ އެނަލިސްޓުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox