ޔުއެފާ އިން އިނގިރޭސި ސަޕޯޓަރުންގެ މައްސަލަތަކެއް ބަލަނީ

Jul 8, 2021, 11:30 AM
ޔުއެފާ އިން އިނގިރޭސި ސަޕޯޓަރުންގެ މައްސަލަތަކެއް ބަލަނީ

ލަންޑަން (ޖުލައި 8) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ރޭ ޑެންމާކް އަތުން އިންގްލެންޑް މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އިނގިރޭސި ސަޕޯޓަރުންގެ މައްސަލަތަކެއް ޔުއެފާ އިން ބަލަން ފަށައިފި އެވެ.

ޔުއެފާ އިން ބަލަން ފެށި މައްސަލަތަކަކީ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތުގައި އިނގިރޭސި ސަޕޯޓަރުންގެ ބަޔަކު އަޑުގަދަކޮށްފައިވުމާއި އަލިފާން ބޯޅަ ދަނޑުތެރޭގައި ރޯކުރި މައްސަލައިގެ އިތުރުން އިންގްލެންޑުން ހެރީ ކޭން ޕެނަލްޓީ ޖެހި ވަގުތު ޑެންމާކްގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި މައްސަލަ އެވެ.

ޕެނަލްޓީ ޖެހި ވަގުތު ޝްމައިކަލް މޫނަށް ލޭޒާ އަޅުވާފައި.

Advertisement

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅުނު ރޭގެ މެޗުގައި ހިނގި މި ކަންތައްތަކުގެ ސަބަބުން ޔުއެފާ އިން އިނގިރޭސި ސަޕޯޓަރުންނާ ގުޅޭ މި މައްސަލައިގެ ސަބަބުން ފިޔަވަޅު އަޅާނީ އިނގިރޭސި އެފްއޭ އަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޔުއެފާ އިން ވަނީ އިނގިރޭސި އެފްއޭ ޖޫރިމަނާކުރަން ނިންމައިފަ އެވެ.

ޑެންމާކްގެ ސަޕޯޓަރުން އަންނަނީ އިންގްލެންޑް ރޭ މޮޅުވީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށް ބުނެ، އަލުން މެޗު ކުޅެން ޑިމާންޑްކޮށް އޮންލައިން ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ.

އެ ޕެޓިޝަނުގައިވާ ގޮތުން އިންގްލެންޑްގެ ރަހީމް ސްޓާލިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަންއިރު، ދަނޑުގައި އިތުރު ބޯޅައެއް އޮތުމުން ކުޅުން ހުއްޓަން ޖެހޭނެ އެވެ. އެކަމަކު، އެ ގޮތަށް ކަންތައް ނުކޮށް ސްޓާލިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ އޭނާ އަށް ފައުލުކުރީ ކަމަށް ހަދައި ޑައިވްކުރުމުން މެޗުގެ ރެފްރީ ނެދަލެންޑްސްގެ ޑެނީ މަކެއިލީ ޕެނަލްޓީ ދޭން ނިންމީ އެކަށީގެންވާ ވަރަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނުބަލައި ކަމަށެވެ.

ޑެންމާކްގެ ކޯޗު ކެސްޕާ ޖޮލްމަންޑް ބުނީ އިންގްލެންޑަށް ދިނީ ދޭން ނުޖެހޭ ޕެނަލްޓީއެއް ކަމަށެވެ. އެކަމަކު، ސްޓާލިން އާއި އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް ވަނީ އެ ޕެނަލްޓީ ދިނުން އެއީ އިންސާފުވެރި ނިންމުމެއް ކަމަށް ބުނެފަ އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox