ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ތާރީހެއް ފައިނަލެއް ނުވޭ

ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ތާރީހެއް ފައިނަލެއް ނުވޭ

ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ހައްލެއް ހޯދުމަށް ފަހު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މުބާރާތް ބޭއްވުމަށް ސާފް ކޮމިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިރޭ ދައުރުވަމުން އަންނަ މައުލޫމާތު ތަކަށް ބަލާއިރު، ސާފް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައިވަނީ އަންނަ އޮގަސްޓް މަހު 31 ވަނަ ދުވަހު ސާފް ޗެމްޕިއަންޝިޕް ބާއްވަން ނިންމައިފަ އެވެ. އެކަމަކު، "އަދަދު" އަށް ރަސްމީ އޮފިޝަލެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އަދި ރަސްމީ ސިފައެއްގައި މުބާރާތް ބާއްވާނެ ސީދާ ތާރީހެއް ފައިނަލް ކުރެވިފައި ނުވެ އެވެ.

ތާރީހެއް ފައިނަލް ނުވާ ސަބަބުތަކަކީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރާ ގްްރޫޕްގެ މެޗުތައް އޮތީ އޮގަސްޓް މަހުގެ ފަހު ކޮޅަށް ތާވަލުކޮށްފައި ކަމަށް ވެފައި ސާފް ޗެމްޕިއަންޝިޕާ ގުޅޭ މުހިއްމު އެހެން ކަންތައްތަކެއް ވެސް ފުރިހަމަވެފައި އަދި ނެތުމުންނެވެ. އެހެންކަމުން، ސާފް ޗެމްޕިއަންޝިޕް ބޭއްވޭނެ ސީދާ ތާރީހެއް ކަނޑައެޅޭނީ އޭއެފްސީ ކަޕްގެ މެޗުތައް ކުޅެ ނިމުމަށް ފަހު އެކަށީގެންވާ ވަގުތެއް ގައުމީ ޓީމުތަކުގެ ތައްޔާރީތަކަށް ދިނުމަށް ފަހު ކަމަށްވާތީ އެވެ .

"ސެޕްޓެމްބަރު މަހު ތާރީހެއްގައި ބޭއްވޭތޯ ބަލަނީ." އޮފިޝަލް ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް ކުޅެން އޭއެފްސީން މިހާރު ނިންމާފައިވާ ތާރީހުތަކަކީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އޮގަސްޓް 18 އިން 24 އަށް ކުރިއަށްގެންދާށެވެ. މި މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފަ އެެވެ. ބިޑް ކުރުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެެވެ.

ބޫޓާން އާއި ޕާކިސްތާން ނުކުޅޭނެ، މުބާރާތް ލީގު ފޯމެޓަށް؟

ކޮވިޑް-19ގެ ހާލަތު ހުރިގޮތުން މި ވަގުތު ބޫޓާނަށް ދަތުރު ފަތުރުކުރުމުގައި ހުރި ދަތިތަކުގެ ސަަބަބުން އެ ޓީމަށް މުބާރާތުގައި ވާދަކުރެވޭނެ ގޮތެއް އަދި ނެތެވެ. އަދި ޕާކިސްތާން ފުޓްބޯޅައިގެ ލީޑަޝިޕާ ގުޅޭ މައްސަލަތަކެއް ފީފާ އިން އަނެއްކާ ވެސް ބަލަމުން އަންނާތީ އާއި މިދިޔަ އޭޕްރީލް މަހު ފީފާ އިން ޕާކިސްތާން ސަސްޕެންޑްކޮށްފައިވާތީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމަށް ވާދަނުކުރެވޭނެ އެވެ.

ސާކް ކޮމިޓީން މިހާރު ވިސްނަމުން އަންނަނީ ރާއްޖެ، ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ހިމެނޭ ގޮތަށް ފަސް ޓީމުގެ މެދުގައި ލީގު ފޯމެޓަށް ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލަށް ކުޅޭ ވިސްނުމުގައި މުބާރާތް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު ރަސްމީ ސިފައެއްގައި އަދި ފޯމެޓާ ގުޅޭ ހުރިހާ ކަމެއް ނިމިފައި ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ދެ ފަހަރު 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމް ގަޔާއި 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވީ ސާފް ސުޒުކީ ކަޕްގެ ނަމުގަ އެވެ. އެއީ ސުޒުކީ ސްޕޮންސަޝިޕްގެ ދަށުންނެވެ. އެކަމަކު ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ސުޒުކީ އިން ސްޕޮންސަރެއްގެ ގޮތުގައި ނެތުމުން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ އާ ސްޕޮންސަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ވިސްނުމަކީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ސްޕޮންސަރެއް ހަމަޖައްސައި މުބާރާތުގެ އިދާރީ އެހެން ކަންތައްތައް ފައިނަލް ކުރެވޭތޯ ބެލުމެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ހަގީގަތުގައި މިދިޔަ އަހަރު ބާއްވަން ތާވަލުކޮށްފައި އޮތް މުބާރާތެކެވެ. ކޮވިޑް-19ގެ ސަބަބުން މުބާރާތް މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ. ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ކުރިން ބެލީ ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ސާފް ޗެމްޕިއަންޝިޕް ކުޅެވޭތޯ އެވެ. އެކަމަކު، މިހާރު އެ ދަނޑުގެ މަސައްކަތްތަކެއް ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާތީ ސާފް ބޭއްވުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ޗިޓަގޮންގަ އެވެ. އެ ތަނުގައި ނުބޭއްވިއްޖެނަމަ އެހެން ތަނެއްގައި ހޯސްޓްކުރަން އެކި ސިޓީތައް ވެސް ބަންގްލަދޭޝް ފެޑެރޭޝަނުން އަންނަނީ ބަލަމުންނެވެ.

ރާއްޖޭން އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް މުބާރާތް ކާމިޔާބުުރީ ފައިނަލްގައި 2-1 އިން އިންޑިއާ ބަލިކުރުމަށް ފަހު އެވެ. އެއީ ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އަހަރު ޖެނުއަރީ މަހު ހަވާލުވި ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް އެފްއޭއެމް އިން ދިން އެއް ޓާގެޓަކީ ސާފް ތަށި ދިފާއު ކުރުމެވެ. އަނެއް ޓާގެޓަކީ 2023 ވަަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox