ޗެމްޕިއަން ޕޯޗުގަލް ކަޓުވާލުމަށް ފަހު ބެލްޖިއަމް ކުއާޓާ އަށް

Jun 27, 2021, 8:55 PM
ޗެމްޕިއަން ޕޯޗުގަލް ކަޓުވާލުމަށް ފަހު ބެލްޖިއަމް ކުއާޓާ އަށް

ސެވިލް (ޖޫން 28) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް 1-0 އިން ބަލިކޮށް ބެލްޖިއަމުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއީ ވާދަވެރި މެޗެއްގައި 1989 ވަނަ އަހަރަށް ފަހު ބެލްޖިއަމުން ޕޯޗުގަލް ބަލިކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ބެލްޖިއަމް މޮޅުވީ ވޯލްޑް ކަޕް ކޮލިފައިން މެޗަކުންނެވެ. މިރޭގެ މެޗަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ކުޅޭނީ އިޓަލީއާ އެވެ. ބެލްޖިއަމް އާއި އިޓަލީ އަކީ ޔޫރޯ ކޮލިފައިން އިން ފެށިގެން މިހާތަނަށް މުބާރާތާ އެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވި ދެ ޓީމެވެ. ބެލްޖިއަމް އެންމެ ފަހުން ބޭއްވި ޔޫރޯ އިން ކެޓީ ކުއާޓާ ފައިނަލުގައި ވޭލްސް އަތުންނެވެ.

ސްޕެއިންގެ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ކުޅުނު މިރޭ ކުޅުނު ދެ ވަނަ ބުރުގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ޕޯޗުގަލް އަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ބެލްޖިއަމްގެ ހާފުގެ ތެރެއިން ޕޯޗުގަލްގެ ރެނާޓޯ ސަންޗޭޒް ބޯޅަ ހިފައިގެން ގޮސް އޭރިއާތެެރެއިން ހުސްކޮށްލާފައި ޑިއޯގޯ ޖޮޓާ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ 11 ވަނަ މިނިޓްގައި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ޕޯޗުގަލް އިން ފަހަތުގައި ތިބެފައި ކައުންޓަ އެޓޭކަށް ބަދަލުކޮށްލާ ވަގުތު އެ ޓީމުގެ ސަންޗޭޒް ހުއްޓުވުން ބެލްޖިއަމަށް ވީ އުނދަގޫ ކަމަކަށެވެ. އެކަމަކު ސަންޗޭޒް ހުސްކޮށްލާފައި ދޭ ބޯޅަތައް ބެނާޑޯ ސިލްވާ އަށް އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.

މެޗުގެ 35 ވަނަ މިނިޓްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިލޭ ޖެހުމަކުން ފޮނުވާލި ބާރު ބޯޅަ ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ބެލްޖިއަމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑު ޖަހައިފަ އެވެ. މެޗުގެ 42 ވަނަ މިނިޓްގައި މި ގޯލު ޖެހީ ތޯގަން ހަޒާޑް އެވެ. އެޑެން ހަޒާޑްގެ ކޮއްކޮ ތޯގަން މި ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ބާރު ޝޮޓަކުންނެވެ. ތޯގަން ޖެހި ޝޮޓް މަތަކުރަން ޕޯޗުގަލްގެ ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯ ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ތޯގަން އަކީ ޔޫރޯ ތާރީހުގައި ޖެހިޖެހިގެން ދެ މެޗުގައި ގޯލު ޖެހި ބެލްޖިއަމްގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.

ބެލްޖިއަމްގެ އަލްޑަވެއިރަލްޑް (ވ) ކައިރިން ޕޯޗުގަލްގެ ރޮނާލްޑޯ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.

ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ދެ މިނިޓް ތެރޭ ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ ބަދަލުކުރަން ޖެހުނެވެ. އެއީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޕޯޗުގަލްގެ ޔޮއާއޯ ޕަލީނިއާ ކުރި ޓެކަލް އަކުން ޑި ބްރޭނާގެ ކުޑަހުޅަށް އަނިޔާވެފައިވާތީ އެވެ. ޑި ބްރޭނާގެ ބަދަލުގައި ކުޅެންއެރީ ޑްރީސް މާޓެންސް އެވެ.

ޕޯޗުގަލް އިން ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ބެލްޖިއަމްގެ ހާފުގެ ތެރޭގައި ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. އަދި ދެ ވަނަ ހާފްގެ ކުރީކޮޅުގައި ބްރޫނޯ ފެނާންޑޭސް އާއި ޔާއޯ ފެލިކްސް ކުޅެން އެެރުވި އެވެ.

މެޗުގެ 57 ވަނަ މިނިޓްގައި ރޮނާލްޑޯ ހުސްކޮށްލާފައި ޖޮޓާ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ތިން މިނިޓް ފަހުން ޔާއޯ ފެލިކްސް ބޮލުން ޖެހި ބޯޅަ އަމާޒުވީ ކީޕަރު ކޯޓުއާ އަތަށެވެ. އަދި ފަހުން ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ގޯލާ ސީދާވާގޮތެއް ނުވި އެވެ.

ލަނޑެއް ޖެހޭތޯ ޕޯޗުގަލް އިން އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް މަސައްކަތްކުރި އެވެ. އެ ގޮތުން މެޗުގެ ފަހު ކޮޅުގައި ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒް ބޮލުން ޖެހި ބޯޅަ ކީޕަރު ކޯޓުއާ މަތަކުރިއިރު، ޕޯޗުގަލްގެ ރަފައެލް ގަރޭރޯ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މިއީ 2012 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުން ބަލިވި ފަހުން ޔޫރަޕްގެ މުބާރާތެއްގެ ނޮކައުޓް މެޗަކުން ޕޯޗުގަލް ބަލިވި ފުރަތަމަ ފަހަރެވެ. ޕޯޗުގަލް އިން 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރީ ގްރޫޕް ސްޓޭޖުގެ ތިން މެޗު އެއްވަރުކޮށް ނޮކައުޓް ބުރުގެ މެޗަކުން ބަލިނުވެ އެވެ. އަދި އެ ޓީމުން ވަނީ 2019 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox