ބެލްޖިއަމްގެ ބަލިފައި ޕޯޗުގަލް ކޯޗު ސަންޓޯސް އަށް އެނގޭ

Jun 27, 2021, 4:56 AM
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް.

ސެވިލް، ސްޕެއިން (ޖޫން 27) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭއިރު، އެ ޓީމުގެ ބަލިފައި އެނގޭ ކަމަށާއި އޭގެ ބޭނުން ހިފައި މިރޭގެ މެޗުން ޕޯޗުގަލް އަށް މޮޅުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

ދުނިޔޭގެ ރޭންކިން އެއް ވަަނައިގައި އޮތް ބެލްޖިއަމް މި ފަަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ކޮލިފައިން ބުރުގައި ކުޅުނު 10 މެޗުން ވެސް މޮޅުވެގެންނެވެ. އަދި މި މުބާރާތް ފެށިގެން ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެގެން ނޮކައުޓް ބުރުން ފުރުސަތު ހޯދި ތިން ޓީމުގެ ތެރޭގައި ވެސް ބެލްޖިއަމް ހިމެނެ އެވެ. އެ ޓީމާ ދެކޮޅަށް މިރޭ މުބާރާތުގެ ދެ ވަނަ ބުރުގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުނީ އޭނާގެ ޓީމާއި ބެލްޖިއަމަކީ ދާދި އެއް ކަހަލަ ދެ ޓީމެއް ކަމަށާއި ދެ ޓީމުން މަދުވާ ކަމެއް ހޯދޭނީ ވަރަށް ރަނގަޅަށް ބަލައިގެން ކަމަށެވެ.

"އަހަރެން މި ވަގުތު ނެތިން ބެލްޖިއަމްގެ ބަލިފައިތަކުގެ ވާހަކަތައް ދައްކަން. އެއީ މެޗުގެ ކުރިން އެކަންކަން ހިއްސާކޮށްފިނަމަ ބެލްޖިއަމުން އެކަންކަން ރަނގަޅު ކުރާނެ. އަހަރެންގެ ވިސްނުމަކީ މެޗަށް ނުކުންނައިރު ބެލްޖިއަމަށް އެނގުން ޕޯޗުގަލް މި މެޗަށް ތައްޔާރުވެފައި އޮތީ ކިހާ ވަރަކަށް ކަން،" މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންޓޯސް ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި 1989 ވަނަ އަހަރު ބެލްޖިއަމް އަތުން ބަލިވި ފަހުން ޕޯޗުގަލް އިން އެންމެ ފަހުން ބެލްޖިއަމާ ދެކޮޅަށް ކުޅުނު ފަސް މެޗުން ވެސް ބަލިވެފައި ނުވެ އެވެ. އެކަމަކު މިހާރު އޮތް ބެލްޖިއަމް ޓީމާ ކުރިން އޮތް ޓީމުތަކާ އަޅާކިޔުން އިންސާފުވެރި ނުވާނެ ކަމަށް ސަންޓޯސް ގަބޫލުކުރެ އެވެ.

ފްރާންސް ކޮޅަށް ޕޯޗުގަލްގެ ރޮނާލްޑޯ ޕެނަލްޓީ ފޮނުވާލަނީ.

"ބެލްޖިއަމްގެ ފެންވަރާ މެދު ސުވާލެއް ނުއުފެއްދޭނެ. އެ ޓީމުގައި އެ ތިބި ކުޅުންތެރިންނަކީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކްލަބްތަކަށް ކުޅޭ ކުޅުންތެރިން. ބެލްޖިއަމްގެ ވަރުގަދަ ކަމަކީ އެ ޓީމުގެ އެއް ކުުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އޮންނަ އިތުބާރާ ދަސްވެފައި އޮތް އޮތުން. އެ ޓީމުގެ ކޯޗަށް އޮތް ޔަގީންކަަމަކީ ފޯމޭޝަން ބަދަލުކޮށްލަން ޖެހިއްޖެ ހާލަތެއްގައި އެކަން ކޮށްގެން ވެސް ޓާގެޓް ހާސިލްކުރެވޭ ވަރަށް ކުޅުންތެރިން ވިސްނުންތޫނު ވުން،" ސަންޓޯސް ބުންޏެވެ.

ސަންޓޯސްގެ ވާހަކައިގައި ފާހަގަކުރި އެއް ކަމަކީ ބެލްޖިއަމްގެ ވަރުގަދަ އެޓޭކާ އެއްވަރަށް އެ ޓީމުގެ ޑިފެންސަށް މަސައްކަތް ނުކުރެވޭ ފަހަރު އަންނަ ކަމަށެވެ. އެކަމަކު ބެލްޖިއަމް ޑިފެންޑަރުންނަކީ ވެސް ރަނގަޅު ދުވަހެއްގައި އާދަޔާހިލާފު ފޯމެއްގައި ކުޅެފާނެ ކުޅުންތެރިން ކަމަށް ސަންޓޯސް ގަބޫލުކުރެ އެެވެ.

ބެލްޖިއަމްގެ ބޮޑު ފޯކަސް ރޮނާލްޑޯގެ އިތުރުން މުޅި ޓީމަށް!

މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމަކުން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކާއި މީޑިއާ އަށް ދޭ އިންޓަވިއުތަކުގައި ދައްކަނީ އޭނާގެ ވާހަކަ އެވެ. ރޮނާލްޑޯ ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ފަސް ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ގިނަ ރެކޯޑްތަކެއް ވެސް ގާއިމްކޮށްފަ އެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ހަމައެކަނި ރޮނާލްޑޯ އަށް ހާއްސަ ޕްލޭނަކާ އެކު ބެލްޖިއަމުން މެޗަށް ތައްޔާރުވެއްޖެނަމަ އޭގެ ގެއްލުން އެބައޮތް ކަމަށެވެ.

"މި ވަގުތަށް ފެންނަ މަންޒަރަށް ބަލާއިރު ރޮނާލްޑޯ މި ފެންނަނީ ރަނގަޅު ވަގުތުގައި ރަނގަޅު ތަނުގައި ހުންނަ ތަން. އަހަރެެމެން އެންމެނަށް ވެސް އެނގޭ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާކަން. އެކަމަކު އަހަރެމެން ވިސްނަން ޖެހޭ ފުޓްބޯޅަ އަކީ ޓީމު ގޭމެއް. ހަަމައެކަނި ރޮނާލްޑޯ އަށް ބަލަހައްްޓައިގެން އަނެއް 10 ކުޅުންތެރިންނަށް ސަމާލުނުވެ ތިބެފިއްޔާ އަހަރެމެންނަށް ހާސިލްކުރެވޭނެ ކަމެއް ނެތް،" މާޓީނޭޒް ބުންޏެވެ.

ބެލްޖިއަމްގެ ޓްރެއިނިންގެ ތެރެއިން އެ ޓީމުގެ ކޯޗު މާޓީނޭޒް (ކ) އާއި އެސިސްޓަންޓް ކޯޗު އޮންރީ.

"މިހާރު އޮތް ޕޯޗުގަލް އަކީ ރޮނާލްޑޯ ނެތި ވެސް ވަރުގަދަ ޓީމެއްކަން ގަބޫލުކުރަން ޖެހޭ. އެކަން ނޭޝަންސް ލީގުގެ ފުރަތަމަ ބުރުގައި ވެސް ފެނުނު. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ފަހަނައަޅައި ދިޔައީ ރޮނާލްޑޯ ނެތި. (އެ މުބާރާތުގައި) ފަހުން ރޮނާލްޑޯއާ އެކު އިތުރަށް ވަރުގަދަވީ،"

މާޓީނޭޒް ބުނީ މި މެޗަކީ ބެލްޖިއަމުން ބޮޑު މުބާރާތެއްގައި ކާމިޔާބު ހޯދަން ކުރާ މަސައްކަތުގައި ފިޔަވަޅެއް ކުރިއަށް އަޅަން ލިބޭ ފުރުސަތެއް ކަމަށެވެ.

މިރޭގެ މެޗުގެ ކުރިން ބެލްޖިއަމްގެ ބައެއް ކުޅުންތެރިން ވެސް ވަނީ ރޮނާލްޑޯއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން ބެލްޖިއަމްގެ ޑިފެންޑަރު ޔެން ވަޓޯންގެން ބުނީ މިއީ ހަމައެކަނި ރޮނާލްޑޯ އާއި ބެލްޖިއަމްގެ މެޗެެއްގެ ގޮތުގައި ސިފަކުރުމަކީ ޕޯޗުގަލްގެ ޓީމުގައި ތިބޭ އެހެން ކުޅުންތެރިންނަށް ކުރެވޭ ބޭއިހުތިރާމެއް ކަމަށެެވެ.

ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނީ ގޯލު ޖެހުމުގައި ރޮނާލްޑޯ ގާއިމްކުރަމުން އަންނަ ރެކޯޑްތަކަށް ބަލާއިރު، ފުޓްބޯޅަ ތާރީހުގައި އަބަދުވެސް އޭނާގެ ނަން އޮންނާނެ ކަމަށެވެ.

ބެލްޖިއަމާއި ޕޯޗުގަލް ކުޅޭ މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox