އިޖުތިމާއީ ރައްކާތެރިކަން ކަރުދާސް ފައިލުގައި!

އިޖުތިމާއީ ރައްކާތެރިކަން ކަރުދާސް ފައިލުގައި!

"މަރާލާފައި އޮއްވާ ހުޅުމާލޭގެ މޫދުން ފެނުނު 13 އަހަރުގެ ކުއްޖާއަކީ ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއް"

މިއީ ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ހުޅުމާލޭގެ މޫދުން ފެނުނު 13 އަހަރުގެ ކުއްޖާއާމެދު ޖެންޑާ މިނިސްޓްރީ އިން އެންމެ ފުރަތަމަ ވެސް ބުނި ބަހެވެ. ނޫސްތަކުގެ ފަލަ ސުރުހީއަށް އެރީ ޖެންޑާ މިނިސްޓްރީން ދައްކަން ބޭނުންވި މަންޒަރެވެ. މަރުވި ކުއްޖާއަށް ދައުލަތުން ގެންދިޔައީ ރައްކާތެރިކަން ދެމުންނޭ އެވެ. އެހެން ނަމަވެސް، އެ ވިދާޅުވާ އިޖުތިމާއީ ރައްކާތެރިކަމަކީ ކޮބައިކަމާއި، އެ ރައްކާތެރިކަން ދިނުމުގެ ގޮތުން ކުރީ ކޮން ކަމެއް ކަން މިހާތަނަށްވެސް ވިދާޅެއް ނުވެ އެވެ. "ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ" ކުއްޖެއް ކަމަށް ވިދާޅުވާ ބަހުގެ މާނައަކީ، ހަމައެކަނި ނަންބަރެއް ދީފައި އޮތް ކޭސް ފައިލެއްގެ ވާހަކަ ހެއްޔެވެ؟

މި ކުޑަ ކުއްޖާގެ މަރުގެ ހަބަރާއެކު އެހެން ހަނދާންތަކުގެ ތެރެއަށް ގެންގޮސް ގަންބާލިއެވެ. އިބްތިހާލުގެ މަރެވެ. ކުޑަ ކުއްޖެއް ރޭޕްކޮށް ބަނޑު ބޮޑުކޮށްލި މައްސަލައެވެ. މައްސަލައަކަށް ފަހު މައްސަލައެއް ފެންމަތިވި ވަމުން ދިޔައިރު، ހުރިހާ މައްސަލަތަކެއްގައި ވެސް އެއްގޮތް އެއް ކަމެއް އޮތެވެ. އިހްމާލެވެ. އެ ހުރިހާ މައްސަލައަކާއެކު، 13 އަހަރުގެ ރާއިފްގެ މަރުގެ މައްސަލަ ވެސް ގޮސް ވަނީ ކަރުދާސް ފައިލަށެވެ.

Advertisement

މި މައްސަލައާ ގުޅިގެންވެސް އާދަކާދައިގެ މަތިން ހިނގާ ހުރިހާ ކަމެއް ފެނިއްޖެ އެވެ. ބަޔާން ނެރުނެވެ. ނިއުސް ކޮންފަރެންސް ބޭއްވި އެވެ. އިޖުތިމާއީ ރައްކާތެރިކަން ދިން ކަމަށް ބުނެފި އެވެ. މައްސަލައިގެ ހަގީގީ ސަބަބުތައް ދެނެގަނެ ތަކުރާރުވިޔަ ނުދިނުމަށް ގޮވާލި އެވެ. މިވަރުން ދައުރު އަދާކުރެވުނީ ކަމަށް ތިބި ބަޔަކު ދެކެންވީ ހެއްޔެވެ؟ ހަގީގީ މައްސަލައަކީ އިހުމާލު ކަމަށްވާއިރު މައްސަލަ ހައްލުވީ ކަމަށް ގަބޫލުކުރެވޭނީ އެ އިހުމާލުތައް ތަކުރާރު ނުވާނޭ ގޮތެއް ހަމަޖެހުނުކަމާއި ނިޒާމު ރަނގަޅަށް ހިނގާކަން ކަށަވަރު ވެގެންނެވެ.

ކަރުދާހުގައި ނިޒާމު ކުރަހާލާފައި އޮތީ ފުރިހަމަކޮށެވެ. އަލަށް އެކުލަވާލައި ތަންފީޒުކުރަމުން އަންނަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ ފުރިހަމަ ދެ ގާނޫނެވެ. މި ދެ ގާނޫނުގެ މާ ކުރިން ވެސް ކުޑަކުދިންގެ އަދުލުގެ ނިޒާމެއް އޮތެވެ. އޭރު އޮތް ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއެކު، ކުޑަކުދިން ކުރާ ޖިނާއީ މައްސަލަތައް ބަލާނޭ ކޯޓެއް ގާއިމުކުރި އެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތައް ބަލައި ތަހުގީގުކޮށް އިންސާފުކުރާނެ އިޖުރާއަތެއް އެކުލަވާލައި އަމަލުކުރަން ފެށި އެވެ. އެކި ނަންނަމުގެ އޮފީސްތައް ހެދި އެވެ. އިންފްރާސްޓަރަކްޗާ ގާއިމުކުރެވުނެވެ. ކުޑަކުދިންގެ އަދުލުގެ ނިޒާމު ފެށިތާ 30 އަހަރުވެފައި ވާއިރު، ނިޒާމު ހަރުދަނާއެއް ނުވި އެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ވަށައިގެން ހުރި ކަންކަން ސާފެވެ. ކުށަށް ހުށަހެޅޭ ސަބަބުތައް ސާފެވެ. އެ ސަބަބުތަކުގެ ތެރޭގައި ކުށުގެ ވެށީގައި އުޅެން ދިމާވުމާއި، ކުއްޖާ ދިރިއުޅޭ މާހައުލު ރައްކާތެރިނުވުމާއި، ގޭންގު ކުށްކުރުމާއި މާރާމާރީ ހިންގާ ސަރަހައްދެއްގައި ކުއްޖާ ދިރިއުޅުން ހިމެނެ އެވެ. އަދި ކުއްޖާއަށް ރައްކާތެރި ވެއްޓެއް ހޯދައިނުދެވުމާއި، ނަފްސާނީ އެހީތެރިކަން ފޯރުކޮށް ނުދެވުމާއި، ކުދިން ތަރުބިއްޔަތު ކުރުމުގެ ހުނަރު މައިންބަފައިންގެ ކިބައިގައި ނެތުމާއި، ކުދިން އުޅޭނޫޅޭ ގޮތް ބެލުމުގައި އިހުމާލުވުމަކީ ސަބަބުތަކެވެ.

މިއީ އަލަކަށް ދައްކާ ވާހަކައެއް ނޫނެވެ. މައްސަލަތަކުގެ ފެށޭ ހިސާބާއި ނިމޭ ހިސާބު ދެނެގަތުމަށް އުނދަގުލެއް ނުވެ އެވެ. އަދި ހުރި ފަރުވާ ވެސް އޮޅުން ނާރާނެ މިންވަރަށް ދެ ގާނޫނުގައި ލިޔެފައި އެބަ ހުއްޓެވެ. ކުށަކާ ގުޅޭ މައްސަލައަކަށް ވިޔަސް، އިހްމާލުގެ މައްސަލައަކަށް ވިޔަސް، ރައްކާތެރިކަން ދޭންޖެހޭ ހާލަތަކަށް ވިޔަސް، ވަށައިގެންވާ ކަންކަމަކަށާއި، އެކަމަކަށް ގެނެވޭނެ ހައްލު ނުވަތަ ފަރުވާ ދެނެގަންނަންޖެހެ އެވެ. ހައްލު އަވަސްކުރަން ވެސް ޖެހެ އެވެ.

ކަރުދާހުގައި ނިޒާމު ރޭވިފައި އޮތީ މި ގޮތަށެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ގާނޫނާ ހިލާފުވާ ކުއްޖެއްގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގައި ކަންކަން ނިންމަންވާނީ، ލަސްކުރުމަކާ ނުލައި އަދި ލަސްވުމަށްހުރި ފުރުސަތުތައް ނައްތާލައި، ވީ އެންމެ އަވަސް މިނެއްގައެވެ. ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގެ މައްސަލައެއްގައި ވެސް އަވަހަށް ފިޔަވަޅު އަޅަންޖެހޭއިރު، އެތައް މައްސަލައެއްގައި ލަސްވެގެން ގޮސްފައިވެ އެވެ.

ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބި ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެ ކުދިން ރިހެބިލިޓޭޓް ކުރުމަށް ޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ވެސް ގާއިމުކުރަންޖެހެ އެވެ. ނަމަވެސް، މިފަދަ ކަންކަމަށް ފުރިހަމަ ޕްރޮގްރާމެއް ނެތެވެ. ފުރިހަމަ މަރުކަޒެއް ނެތެވެ. މި ވަސީލަތްތައް ނެތީމާ ދެން ހަދާނޭ ގޮތެއް އެނގޭ މީހުން ވެސް ތިބެންޖެހެ އެވެ.

ހަމައެކަނި ރީތިކޮށް ގާނޫނެއް ހަދާފައި ދޫކޮށްލުމުން ނިޒާމު ފުރިހަމަ ވާނަމަ މިހާރު އޮންނާނީ ވެފަ އެވެ. ނަން ހުސްވާ ވަރަށް މުއައްސަސާތައް އުފައްދާފައި އެބަ ހުއްޓެވެ. ނަމަވެސް ނުވެގެން މިއުޅެނީ ކީއްވެގެންތޯ އެވެ؟ ކަންކަން ރަނގަޅަށް ދެނެގަންނަން އެބަޖެހެ އެވެ. އަޅުގަނޑު ވެސް ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އިންވެސްޓްމެންޓްގެ ނަމުގައި ކިތަންމެ ބައިވަރު އިމާރާތެއް ހެދިޔަސް، މިފަދަ ދާއިރާއެއްގައި އެންމެ މުހިންމު އިންވެސްޓްމެންޓަކީ އިންސާނީ ވަސީލަތެވެ. ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަންނީ މީހުންނެވެ. އެ މީހުންނަށް އެކަށޭނެ އުޖޫރައެއް ލިބޭނެ ގޮތަކަށް ކަންކަން ތަރުތީބުކުރަންޖެހެ އެވެ. ކޭސް ވޯކަރުންނަށް ލޯޑް ބޮޑުނުވާނެ ގޮތަކަށް އިންތިޒާމު ހަމަޖެހެންޖެހެ އެވެ. ދައުލަތުގެ ބެލެހެއްޓުމުގެ ދަށަށް ނަގަންޖެހޭ ކުދިން ދެނެގަތުމާއި ނެގުމުގާއި އެހެން މީހަކާ ބެލެހެއްޓުން ހަވާލުކުރުމުގެ ނިޒާމު ހަލުއިވާންޖެހެ އެވެ. މުއައްސަސާތަކުގެ ގުޅުން އޮންނަންޖެހޭނީ ނިޒާމީ ގޮތެއްގައި ރޭވިފަ އެވެ.

ހުރި ގޮންޖެހުންތަކާއި ދަތިތައް ހައްލުކުރަން ބޭނުންވާނީ އިތުރު މުއައްސަސާއެއް ނޫނެވެ. އިހްލާސްތެރި ހިދުމަތެވެ. އިންވެސްޓްކުރަންޖެހޭ ކަންކަންމަށް ރޭވުންތެރިކަމާއެކު އިންވެސްޓްކުރުމެވެ. އޭރުން، ނިޒާމު ރޭވިފައިވާ ގޮތަކީ ހަމައެކަނި ނަންބަރެއް ދީފައި އޮތް ފައިލަކަށް ނުވާނެ އެވެ. ނިޒާމު ރަނގަޅަށް ހިނގަހިނގާ އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox