ޕޯޗުގަލް ކައިރިން ބަދަލުހިފުމުގެ ރޫހެއް ފްރާންސްގެ ނެތް

Jun 23, 2021, 9:07 AM
ޕޯޗުގަލް ކައިރިން ބަދަލުހިފުމުގެ ރޫހެއް ފްރާންސްގެ ނެތް

މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރު ފްރާންސް އިން އެ ގައުމުގައި ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުތީ ފޭވަރިޓުގެ ގޮތުގަ އެވެ. އެކަމަކު ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އިތުރު ވަގުތުގައި އެޑާ ޖެހި ހަމައެކަނި ގޯލުން މޮޅުވެ، ފްރާންސް ރޮއްވާލުމަށް ފަހު ޕޯޗުގަލް އިން ޔޫރަޕްގެ ތަށި އުފުލާލުމުންނެވެ. މި ފަހަރުގެ ޔޫރޯގައި މިރޭ ޕޯޗުގަލް އަތުން މޮޅުވެ، ފްރާންސަށް މީގެ ފަސް އަހަރުކުރީގެ ނާކާމިޔާބީގެ ބަދަލުހިފުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. ބަދަލުހިފުމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ގާތުގައި ފްރާންސްގެ ނޫސްވެރިއަކު ސުވާލުކުރީ މިރޭ ފްރާންސުން ޕޯޗުގަލް ބަލިކޮށްފިނަމަ އެ ޓީމު މުބާރާތުން ކަޓާނެ ކަމަށާއި މިއީ އެންމެ ފަހުން ޔޫރޯގެ ބަދަލު ހިފަން ރަނގަޅު މެޗެއް ނޫންތޯ އެވެ.

"އަހަރެން ނުދެކެން ތިކަން ތިހެން އޮތް ކަމަކަށް. އަހަރެމެން މި އުޅެނީ އެހެން މުުބާރާތެއްގައި އެހެން ކަމެއް ހާސިލްކުރަން،" ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސް މި ވަގުތު މަރުގެ ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗަށް ނުކުންނައިރު، ޑެޝޯމްޕްސް އަށް އޮތް ހިތްހަަމަ ޖެހުމަކީ ފްރާންސަށް މި މުބާރާތުގެ ދެ ވަަނަ ބުުރުގެ ޖާގަ ކަށަވަރުވެފައިވުމެވެ. އެއީ ފުރަތަމަ ހަތަރު ގްރޫޕްގެ މެޗުތައް ނިމުނުއިރު، ހުރިހާ ގްރޫޕަކުން އެންމެ ރަނގަޅު ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ފްރާންސަށް އަނެއް ބުރުގެ ފުރުސަތު އޮތުމެވެ. އެކަމަކު ފްރާންސް ބޭނުންވަނީ މި މެޗުން މޮޅުވެ، ގްރޫޕްގެ އެއް ވަނަ ހޯދާށެވެ.

ޔޫރޯގައި ޖަރުމަނު އަތުން ފްރާންސް މޮޅުވި މެޗަށް ފަހު ޑެޝޯމްޕްސް.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސަށް ހޯދައިދިން ޑެޝޯމްްޕްސް ބުނީ ޕްރެޝަރު މެޗަކަށް ނުކުންނައިރު، އަނެއްބުރުގެ ޖާގަ ޔަގީންވެފައި އޮތުމުގެ ކޮންމެވެސް ވަރެއްގެ ހިތްހަމަަ ޖެހުމެއް އޮންނާނެ ކަމަށެެވެ. އެކަމަކު އެއީ މެޗު އެހެން ނަޒަރަކުން ފަސޭހަކޮށްލައިގެން ދެކެން ލިބޭ ހިތްވަރެއް ނޫން ކަމަށް ޑެޝޯމްޕްސް ގަބޫލުކުރެ އެވެ.

"އަހަރެމެން އަނެއް ބުރަށް ގޮސްފައި އޮތީމަ އެއީ ވިސްނަން ޖެހޭ ކަންތައްތަކަށް ލިބޭނެ ލުޔެއް. އެކަަމަކު އެއީ އަހަރެމެން މި މެޗުން ވަކި ގޮތްތަކެއް ހަދައިގެން ހިސާބުތަކެއް ޖަހައިގެން ނޮކައުޓް ބުރުން ވަކި ކަންތައްތަކެއް ހާސިލްކުރަން އުޅެންވީ ސަބަބެއް ނޫން. ބޭނުންވަނީ މޮޅުވެގެން ކޮންފިޑެންސާ އެކު ކުރިއަށްދާން،" ޑެޝޯމްޕްސް ބުންޏެވެ.

ޑެޝޯމްްޕްސް ބުނީ މިރޭގެ މެޗަށް ނުކުންނައިރު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ މެދު ފްރާންސުން ސަމާލުވާން ޖެހޭނެ ކަމަށާއި ޕޯޗުގަލްގެ ދެ މެޗުގައި ވެސް ރޮނާލްޑޯގެ ނުފޫޒު ފެނިގެންދިޔަ ކަމަށެވެ.

"އަހަރެމެންނަށް އަބަދުވެސް އުނދަގޫ ކަމަކަށްވަނީ ޕޯޗުގަލްއާ ދެކޮޅަށް ކުޅުން. މި މެޗު އިތުރަށް އުނދަގޫވާ ސަބަބަކީ ޕޯޗުގަލް އެ ކުޅެނީ އެ މީހުން އަނެއް ބުރުން ފުރުސަތު ހޯދަން. އަނެއްކޮޅުން ރޮނާލްޑޯ ހުރީ ލަނޑު ޖަހާ ފޯމެއްގައި،" ޑެޝޯމްޕްސް ބުންޏެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުން ފްރާންސް ބަލިވެފައިނުވެ އެވެ. މިރޭގެ މެޗުން ފްރާންސް މޮޅުވެއްޖެނަމަ ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި އަނެއް ބުރުގައި ކުޅެން ޖެހޭނީ ސްވިޒަލެންޑާއި ޔޫކްރެއިން ތެރެއިން ޓީމަކާ އެވެ.

ޕޯޗުގަލް އަނެއް ބުރަށް ދާން ބޭނުންވަނީ އަމިއްލަ ބާރުގައި

ފްރާންސާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން ޕޯޗުގަލް ހަމައެކަނި މޮޅުވި މެޗަކީ 2016 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރުގެ ފައިނަލުގައި ކުޅުނު ފަހުން މިދިޔަ އަހަރުގެ ނޭޝަންސް ލީގުގައި ފްރާންސާއި ޕޯޗުގަލް ވަނީ ދެ މެޗު ކުޅެފަ އެވެ. ފްރާންސް ދަނޑުގައި 0-0 އިން އެއްވަރުވިއިރު، ޕޯޗުގަލްގައި ކުޅުނު މެޗުން ފްރާންސް ވަނީ 1-0 އިން މޮޅުވެފަ އެެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި ފްރާންސް އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ޖަރުމަނާއި ތިން ވަނައިގައި އޮތް ޕޯޗުގަލް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ހަންގޭރީ އަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕުން ހަތަރު ޓީމަށް ވެސް ދެ ވަަނަ ބުުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެއިން ޑެޝޯމްޕްސް.

ޕޯޗުގަލް މިރޭ ފްރާންސް އަތުން ބަލިވެއްޖެނަމަ އެ ޓީމަށް އަމިއްލަ ބާރުގައި އަނެއް ބުރަށް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެ ޓީމަށް ކިރިޔާ ވެސް ފުރުސަތެއް އޮންނާނީ އަނެއް މެޗުގައި ޖަރުމަނުން ހަންގޭރީ ބަލިކޮށްފިނަމަ އެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ އަނެއް ބުރަށް ދާން ބޭނުންވަނީ އަމިއްލަ ބާރުގައި ކަމަށެވެ.

"އަހަރެމެންގެ ކުޅުންތެރިންނަށް އެނގޭ ހިސާބު ހަދަން. އެ މީހުންނަށް އެނގޭ ވާންވީ ގޮތް ވެސް. އަހަރެެމެންނަށް ނޭނގޭ ޖަރުމަނާއި ހަންގޭރީގެ ތެރެއިން މޮޅުވާނީ ކޮން ބައެއް ކަމެއް. އަހަރެމެން ބޭނުމީ އަހަރެމެން އަތުގައި މި އޮތް ކަންކަން ނިންމަން. ފްރާންސް ބަލިކޮށްގެން އަނެއް ބުރަށް ދާން ބޭނުން،" ސަންޓޯސް ބުންޏެވެ.

ޕޯޗުގަލް އިން 2016 ވަނަ އަހަރުގެ މުބާާރާތުގެ ގްރޫޕް ސްޓޭޖުން އަނެއް ބުރަށް ދިޔައީ ގްރޫޕްގެ ތިން ވަނަ ހޯދައިގެން އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ ޓީމުތަކުގެ ތެރެއިން ސްލޮޓެއްގަ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް އެއްވަރުވި ޕޯޗުގަލް ވަނީ ނޮކައުޓް ބުރުގައި ތަފާތު ދައްކައިފަ އެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޕޯޗުގަލް އިން ގޯލެއް ޖަހާފައިވަނިކޮށް ޖަރުމަނުން ވަނީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިފަ އެވެ. އެ މެޗު ނިމުނީ 4-2 އިންނެވެ. ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ބުނީ އެ މެޗުގައި ހެދި ގޯސްތައް މިރޭ ތަކުރާރުވެގެން ނުވާނެ ކަަމަށާއި ކިރިޔާ ވެސް ގޯހެއް ހެދިއްޖެނަމަ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެެވެ.

ފްރާންސާއި ޕޯޗުގަލް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ. ހަމައެ ވަގުުތު މި ގްރޫޕްގެ އަނެއް މެޗުގައި ހަންގޭރީ އާއި ޖަރުމަނު ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox