ފްރާންސާއި އިންގްލެންޑާއި ސްވިޑެން، ސްވިޒަލެންޑް އަދި ޗެކް ރިޕަބްލިކް އަނެއް ބުރަށް

Jun 22, 2021, 4:01 AM
ފްރާންސާއި އިންގްލެންޑާއި ސްވިޑެން، ސްވިޒަލެންޑް އަދި ޗެކް ރިޕަބްލިކް އަނެއް ބުރަށް

ލަންޑަން (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ތިން ގްރޫޕްގެ ކުޅުން ނިމިފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ނުކުޅެ އޮތް ފްރާންސާއި އިންގްލެންޑާއި ޗެކް ރިޕަބްލިކް އަދި ސްވިޑެން އަނެއް ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

މި ޓީމުތަކުގެ އިތުރުން ގްރޫޕް އޭގައި ވާދަކުރި ސްވިޒަލެންޑް ވެސް ވަނީ އަނެއް ބުރުން ޖާގަ ހޯދައިފަ އެވެ. މި ފަސް ޓީމަށް އަނެއް ބުރުގެ ފުރުސަތު ލިބުނީ ވާދަކުރާ ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ނަމަވެސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ރޭންކިންގެ ތެރެއިން ނޮކައުޓް ބުރުގެ ޖާގައެއް ކަަށަވަރުވާތީ އެވެ.

ސްވިޒަލެންޑް ގްރޫޕް އޭގެ މެޗުތައް ނިންމާލިއިރު، އޮތީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ގްރޫޕް ބީ އާއި ގްރޫޕް ސީގެ ކުޅުން ނިމުނުއިރު، ތިން ވަނަ އަށް ދިޔަ ޓީމުތައް ކަަމަށްވާ ފިންލެންޑާއި ޔޫކްރެއިނަށް ލިބުނު ތިން ޕޮއިންޓެވެ. އެހެންވުުމުން މިހާރު ހަތަރު ޕޮއިންޓް ހޯދާފައިވާ ހުރިހާ ޓީމަކަށް އަނެއް ބުރުގެ ޖާގަ ޔަގީންވާނެ އެވެ. ފްރާންސާއި އިންގްލެންޑް، ޗެކް ރިޕަބްލިކް އަދި ސްވިޑެން ވަނީ ފުރަތަަމަ ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށްފަ އެވެ. އެހެންވެ، އެ ޓީމުތައް ގްރޫޕް ސްޓޭޖުން ކަޓާނެ ގޮތެއް މިހާރު ނެތެވެ.

އަނެއް ބުރުގެ ޖާގަ ކަށަވަރުވުމުގެ ހިތްހަަމަ ޖެހުން ލިބޭނެ އެއް ޓީމަކީ މަރުގެ ގްރޫޕްގައި އޮތް ފްރާންސް އެވެ. ފްރާންސް ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅޭއިރު، ހަމަޖެހިލައިގެން ކުޅެވޭނެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް މި ވަގުތު ތިން ޕޮއިންޓާ އެކު އޮތްއިރު، އެ ޓީމުގެ މި ވަގުތު އޮތީ ތިން ޕޮއިންޓެވެ. އަނެއް ބުރުން ފުރުސަތު ހޯދަން ބޭނުންނަމަ ޕޯޗުގަލް އެ މެޗުން ނަތީޖާ ނެރެންޖެހެ އެވެ. ޕޯޗުގަލް އިން 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރީ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ނޮކައުޓް ބުރުން ފުރުސަތު ހޯދައިގެންނެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް ޕޯޗުގަލް ވީ އެއްވަރެވެ.

މިހާތަނަށް ގްރޫޕްތަކުގެ ގަދަ ދެ ޓީމުގެ ތެރެއިން އަނެއް ބުރުން ޖާގަ ހޯދާފައިވާ ޓީމުތަކަށް ބަލާއިރު، ގްރޫޕް އޭގެ އެއް ވަނައިގެ ގޮތުގައި އިޓަލީ އާއި އެ ގްރޫޕްގެ ރަނަރަޕަށް ދިޔަ ވޭލްސް އަނެއް ބުރުން ފުރުސަތު ހޯދިއިރު، ގްރޫޕް ބީގެ އެއް ވަނަ ހޯދީ ބެލްޖިއަމް އެވެ. އަދި ފަހު މެޗުން މޮޅުވެގެން ޑެންމާކް ވަނީ އެ ގްރޫޕް ދެ ވަނަ ސްލޮޓްގައި އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. ޑެންމާކަކީ ޔޫރޯގެ ތާރީހުގައި ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ފަހު މެޗުން މޮޅުވެގެން އަނެއް ބުރުގެ ޖާގަ ހޯދި ފުރަތަމަ ޓީމެވެ. ގްރޫޕް ސީން އެއް ވަނަ ހޯދީ ނެދަލެންޑްސް އެވެ. އަދި އޮސްޓްރިއާ ވަނީ އެ ގްރޫޕްގެ ދެ ވަނަ ހޯދައި މުޅިން އަލަށް މުބާރާތުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފަ އެވެ.

ގަދަ 16 ޓީމުގެ ބުރު (ދެ ވަނަ ބުރު)ގައި ކުޅޭނެ ދެ މެޗެއް މިހާރު ވަނީ ކަށަވަރުވެފަ އެވެ. އިޓަލީ ކުޅެން ޖެހޭނީ އޮސްޓްރިއާއާ އެވެ. އަދި ވޭލްސް ބައްދަލުކުރަން ޖެހޭނީ ޑެންމާކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox