ސިއްރުކުރަން ޖެހޭނީ ކޮން ކަމެއް؟

ސިއްރުކުރަންޖެހޭ ކަންކަމާއި ސިއްރުކުރަންޖެހޭ މިންވަރު، އެވާހަކައެއް ބުނުމުގެ ކުރިން ވިސްނާލުން ބުއްދިވެރި. -- އަދަދު އާޓްވޯކް: އަހުމަދު އިހުސާން

ސިއްރުކުރަންޖެހޭ ކަންކަމާއި ސިއްރުކުރަންޖެހޭ މިންވަރު، އެވާހަކައެއް ބުނުމުގެ ކުރިން ވިސްނާލުން ބުއްދިވެރި. -- އަދަދު އާޓްވޯކް: އަހުމަދު އިހުސާން

ބައެއް ކަންކަމަކީ އުސޫލެއްގެ ގޮތުން ސިއްރުކޮށްލުން ބުއްދިވެރި ކަންކަމެވެ. ސިއްރުކުރަން ޖެހޭ ކަންކަން ހިއްސާ ކުރަން އެކަށޭނަ އަދި ވަރަށް އިތުބާރު ކުރެވޭ މީހަކާ ނޫނީ ހިއްސާކުރުން ބުއްދިވެރިއެއް ނޫނެވެ. ކަންކަން ހިއްސާކުރަން އެކަށޭނަ އަދި އިތުބާރު ކުރެވޭ މީހުންނާ ކަންކަން ހިއްސާ ކުރުމަކީ ފައިދާ ހުރި އަދި ކުރަންޖެހޭ ކަމެކެވެ. ކިތަންމެ ގާތް މީހަކާވެސް އެއްވެސް ކަމެއް ހިއްސާ ކުރަން ޖެހިލުންވެ އެއްވެސް ކަމެއް ހިއްސާ ނުކުރުމަކީ ވެސް އޭގެ ސަބަބުން މައްސަލަތައް ނުކުމެދާނެ ކަމެކެވެ. ބައެއް ކަންކަމަކީ އެކަމެއް ސިއްރުކުރުން އެއީ އޮޅުވާލުން ނުވަތަ ބޭވަފާތެރިވުމަށް ވެދާނެ ފަދަ ކަންކަމެވެ. މި ލިޔުން މި ހާއްސަކޮށްލަނީ އެހެން މީހަކާ ހިއްސާ ކުރާނަމަ ސަމާލުވާންޖެހޭ އަދި އާއްމު ހާލަތުގައި ސިއްރުކޮށްލުން ރަނގަޅު ވާހަކަތަކާއި ކަންކަމަށެވެ. އެ ކަންކަން ސިއްރުކުރުން ރަނގަޅުވާ ސަބަބާ ވެސް އެކުގަ އެވެ.

ސިއްރުކޮށްލުން ރަނގަޅު ކަންކަމުގެ ވާހަކައަށް ދިއުމުގެ ކުރިން އެއްގޮތަކަށް ވެސް ސިއްރުކުރުން ރަނގަޅު ނޫން ހާލަތެއް، ވާހަކައިގެ މުހިންމު ކަމަށްޓަކައި ބަޔާންކޮށްލާނަމެވެ. ހަޔާތުގެ ބައިވެރިޔާގެ ފަރާތުން ވިޔަސް އާއިލާގެ ތެރޭން ކަމުގައި ވިޔަސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބުމަކީ ތަފާތު ހާލަތެކެވެ. ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ނުވަތަ އެހެން ބާވަތެއްގެ އަނިޔާކަމުގައި ވިޔަސް އަނިޔާ އެއީ ވަރަށް ސީރިޔަސްކޮށް ނަގަން ޖެހޭ ކަމެކެވެ. އެފަދަ ކަމެއް މެދުވެރި ވެއްޖެނަމަ ލަސްނުކޮށް އިތުބާރުކުރެވޭ އާއިލާ މީހެއް ނުވަތަ ރަހުމަތެރިޔެއްގެ އެހީ ހޯދާށެވެ. ކަމާބެހޭ ފަރާތަށް މައްސަލަ ހުށަހަޅަން ޖެހޭނަމަ އެކަންވެސް ލަސްނުކުރާށެވެ.

އާންމު ހާލަތުގައި އުސޫލެއްގެ ގޮތުން ސިއްރުކޮށްލުން މުހިންމު އެއްކަމަކީ ހަޔާތުގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ އާއި އޮންނަ ގުޅުމުގައި ހިނގާ ކަންކަމާއި ދެ މީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކާއި ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތަކެވެ. ލޯބިވެރިޔާ ނުވަތަ ބައިވެރިޔާއަށް ވީތީ އެކަކު އަނެކަކާ ބެހޭ ގޮތުން އެނގޭ ކަންކަމެވެ. ދެ މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކާއި ޖެހޭ މައްސަލަތައް ދެ މީހުންގެ މެދުގައި ބޭއްވުން ރަނގަޅެވެ. ދެ މީހުންގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ ދެ މީހުން ވާހަކަ ދައްކައިގެން ހައްލުކުރުން ރަނގަޅެވެ. އެ ވާހަކަތަކަކީ ރައްޓެހިންނާއި އާއިލާއާ ކޮންމެހެން ހިއްސާކުރަން ޖެހޭ ވާހަކަތަކެއް ނޫނެވެ.

Advertisement

ބައިވެރިޔާއާ ބެހޭ ގޮތުން އެހެން މީހުންނަށް ނޭނގޭ ކަމެއް އާއިލާ ނުވަތަ އެހެން ބަޔަކާ ހިއްސާކުރާނަމަ އެފަދަ ނިންމުމެއް ނިންމަންވާނީ ދެ ފަރާތުން އެއްބަސްވެގެންނެވެ. ލޯބިވެރިޔާގެ ވާހަކަ ވިސްނާނުލާ ނޫނީ ހުއްދަ ނުހޯދާ ރައްޓެހިންނާއި އަދި އެނޫން މީހުންނާއި ހިއްސާކުރުމަކީ ވަރަށް ފަސޭހައިން ދެ މީހުންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވެދާނެ ކަމެކެވެ. ހަސަދަވެރިން ތިބެދާނެކަން ވެސް ހަނދާން ބަހައްޓަން ޖެހެއެވެ. ފުރާވަރުގައި ނުވަތަ ޒުވާން ދުވަސްވަރު ދިރިއުޅުމުގެ ތަޖުރިބާ މަދުކަމުން މި ފަދަ ކަމެއް ކުރެވި ލޯބިވެރިޔާ ގެއްލުން ފަދަ ކަމެއް ދިމާވެފައި އޮތަސް އެކަމާ ހިތާމަކުރުމުގެ ބަދަލުގައި އެއީ ތަޖުރިބާއެއް ކަމަށް ބަލައި ކުރިއަށް ދިއުން ރަނގަޅެވެ. ފަހަތަށް ޖެހުމަކީ ހައްލެއް ނޫނެވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. މިފަދަ ކަންކަން ރަނގަޅު ކުރެވޭނީވެސް ދިރިއުޅުން ތަޖުރިބާކޮށް ލިބޭ ފިލާވަޅުތަކުން އިބުރަތް ހޯދައިގެންނެވެ.

ބައިވެރިޔާގެ ނުވަތަ ލޯބިވެރިޔާގެ ހުންނަ ނުރަނގަޅު ސިފައެއް ނުވަތަ ނުކުޅެދުންތެރިކަމެއް ހާމަކުރުމުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ އަދި ކުރީގެ ލޯބިވެރިޔާ ނުވަތަ ކުރީގެ ބައިވެރިޔާކަމުގައި ވިޔަސްމެ އެވެ. އެފަދަ ވާހަކައެއް އެހެން މީހެއްގެ ކައިރީ ދެއްކުމަކީ އެވާހަކަ އިވޭ މީހާގެ އިތުބާރާއި އިހުތިރާމް އެ ވާހަކަ ދައްކާ މީހާއަށް ގެއްލިދާނެ ފަދަ އަމަލެކެވެ. އެފަދަ ވާހަކަ ދައްކާ މީހާއަކީ އިތުބާރުކުރަން ހެޔޮނުވާނެ މީހެއްކަން އެހެން މީހުންނާއި ހަމައަށް ދިއުމަކީވެސް ވެދާނެ ކަމެކެވެ. އެހެން މީހުންގެ ސިއްރުތަކާއި އުނިކަންތައްތަކުގެ ވާހަކައާއި ނުބައި ވާހަކަ ދައްކާ ނެތިމޮށުމަކީ ހަމައެކަނި ނުބައި ކަމެއް އެކަންޏެއް ނޫނެވެ. އޭގެ ދުނިޔަވީ ގެއްލުންވެސް ކުރިމަތި ވެދާނެކަމެކެވެ.

އެހެން މީހަކާ ހިއްސާކުރުމުގައި ސަމާލުވާންޖެހޭ އަނެއްކަމަކީ އަމިއްލައަށް ކުރެވިފައި ހުރި ހިތްދަތި ތަޖުރިބާތަކާއި ކަންބޮޑުވެ ޖެހިލުންވާ ކަންކަމާއި އަމިއްލަ ބަލިފައިތަކެވެ. ހިތްދަތިކަމާއި ނުތަނަވަސް ކަމަށް ލުޔެއް ހޯދުމަށް މިފަދަ ވާހަކައެއް މީހަކާ ހިއްސާކުރުމުގެ ކުރިން ވިސްނާލަން ޖެހެ އެވެ. އިތުބާރުކުރަން ހެޔޮނުވާ މީހަކާ މިފަދަ ވާހަކަތައް ހިއްސާކޮށްގެން ހިތި ތަޖުރިބާ ކުރެވިފައިތިބި މީހުން މަދެއް ނޫނެވެ.

ލިޔުންތެރިޔާ އަދި ސައިކޯތެރަޕިސްޓް އެމީ މޯރިން، ފޯބްސް މަޖައްލާއަށް ލިޔެފައިވާ އާޓިކަލްއެއްގައި ބުނެފައިވާ ގޮތުގައި މީހުންގެ ސަމާލުކަމާއި ހަމްދަރުދީ ހޯދުމަށް މިފަދަ ވާހަކަ ހިއްސާކުރުމަކީ އޯވާ ޝެއާ ކުރުން ނުވަތަ މާބޮޑަށް ހިއްސާކުރުމެވެ. ދެމީހެއްގެ މެދުގައި އޮންނަ ގުޅުން އޭގެ ތަބީއީ މިނަށްވުރެ ބާރަށް ކުރިއަށް ގެންދިއުމަށް މިފަދަ ވާހަކަތައް ހިއްސާ ކުރުމަކީވެސް އޯވާ ޝެއާ ކުރުމެވެ. ސައިކޮލޮޖިސްޓް އޭމީ މޯރިން އިތުރަށް ބުނެފައިވާ ގޮތުގައި މިފަދަ ކަމެއް ހިއްސާކުރާއިރު އެއީ އިތުބާރު ކުރެވޭ މީހެއްތޯ އަދި އެއިން ނުކުމެދާނެ ނަތީޖާއަކާ ދޭތެރޭ ވިސްނާލަން ޖެހެ އެވެ.

ހިތްދަތި މާޒީގެ ވާހަކަ ފަދަ ކަންކަން ހިއްސާ ކުރުން ރަނގަޅީ ދެ މީހުންގެ ގުޅުމަށް ވަގުތު ދީ ދެ މީހުންގެ މެދުގައި އިތުބާރާއި ލޯބި އުފެދުމަށް ފަހު އެވެ. ގުޅުން ފާސްޓް ފޯވާޑުކޮށްލަން މިފަދަ ކަންކަން މާ އަވަހަށް ހިއްސާ ކުރުމަކީ ދިމާ އިދިކޮޅަށް ނަތީޖާ ނުކުމެ ގުޅުން ނިމުމަކަށް އަތުވެދާނެ ފަދަ ކަމެކެވެ. މިފަދަ ވާހަކަތައް އަޑުއަހަން ތައްޔާރުވެ އެ ހިސާބަށް ދާން ގިނަ މީހުންނަށް ވަގުތު ކޮޅެއް ބޭނުންވެ އެވެ. ވަގުތު ޖެހުމުން އެފަދަ ކަންކަން ހިއްސާކުރުމަކީ ފައިދާ ހުރި އަދި ގުޅުން ވަރުގަދަ ވެދާނެ ކަމެކެވެ.

މާޒީގައި ދިމާވެފައިވާ ހިތްދަތި ކަމަކުން އަރައި ނުގަނެވި އެކަމުގެ ހިތި ނުފިލާ ނަމަ ތެރަޕިސްޓަކާ މަޝްވަރާކޮށްލުން ރަނގަޅެވެ. މިފަދަ ކަންކަމުގައި އެހީތެރިވެ ލަފާ ދިނުމަކީ ތެރަޕިސްޓުން ހާއްސަވެފައިވާ ދާއިރާ އެވެ. ތެރަޕިސްޓަކާ ހިއްސާ ކުރެވޭ އެއްވެސް މައުލޫމާތެއް ހުއްދަނެތި އެހެން މީހަކާ ހިއްސާކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ. ތެރަޕިސްޓެއްގެ އެހީ ހޯދުމަކީ ހަމައެކަނި ސީރިއަސް ނަފްސާނީ ބައްޔެއް ތަހައްމަލް ކުރަމުންދާ މީހުންނަށް އެކަނި އޮތްކަމެއް ކަމެއް ކަމަށް ގިނަބަޔަކު ގަބޫލުކުރި ދުވަސް މާޒީވެ ގޮސްފި އެވެ.

އާއިލާގެ ސިއްރުތައް ނުވަތަ އާއިލާ މީހަކަށް ވީތީ އެނގޭ އަދި އެހެން މީހުންނަށް ނޭނގޭ ވާހަކަތައް ބާއްވަން ޖެހޭނީ އާއިލާތެރޭގަ އެވެ. އާއިލާގެ މާލީ ހާލަތާއި އާއިލާ މީހުންގެ މެދުގައި ޖެހޭ މައްސަލަތައް ހާމަ ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އާއިލާ މީހެއްގެ ހުރި ބައްޔެއް ނުވަތަ އެނޫންވެސް ޒާތީ ކަމެއް އެމީހެއްގެ އިޒުނަޔާ ނުލައި އެހެން މީހަކާ ހިއްސާކުރުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ތިބާއަށް ވަރަށް އިތުބާރު ކުރާ ރަހުމަތްތެރިޔަކު ހުރެދާނެ އެވެ. ރަހުމަތްތެރިޔަކަށް ވީތީ މީހަކާ ބެހޭ ގޮތުން އެނގޭ ކަންކަމާއި ސިއްރުތައް ހާމަ ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

އެހެން މީހުންނާ ގުޅުން ބޭއްވުމުގައި ތިބާ ގެންގުޅޭ އުސޫލުތަކާއި ހަމަތައް އަދި އެހެން މީހުން ތިބާއާ މެދު ކަން ކުރަން ޖެހޭނެ ކަމަށް ދެކޭ ގޮތާއި ބަހައްޓަން ޖެހޭ ދުރުމިނާއި ތިބާއާއި ދޭތެރޭ އަމަލު ކުރަން ވީ ގޮތް ކަމަށް ތިބާ ކަނޑައަޅާ ހަމަތަކަށް އިނގިރޭސި ބަހުގައި ކިޔަނީ " ޕާސަނަލް ބައުންޑްރީސް" އެވެ. ތިބާ ސިއްރުކުރަން ބޭނުންވާ ކަންކަން އަދި އެހެން މީހުންނާ ނުބެހޭ ކަންކަމުގެ ގޮތުގައި ދެކޭ ކަންކަން ތިބާގެ ޕާސަނަލް ބައުންޑްރީސް ތެރޭގައި ހިމެނޭނެ އެވެ. ޕާސަނަލް ބައުންޑްރީސް ހަރުދަނާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެން މީހުންގެ ޕާސަނަލް ބައުންޑްރީސްއަށް އިހުތިރާމް ކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.

ޕާސަނަލް ބައުންޑްރީސް ހަރުދަނާ ނުވުމާއި އެހެން މީހުންގެ ޕާސަނަލް ބައުންޑްރީސްއަށް އިހުތިރާމް ނުކުރުމަކީ ރާއްޖޭގައި ފުދޭވަރަކަށް އާންމު ކަމަކަށް ފަހަރެއްގައި ވެދާނެ އެވެ. ވަރި ގިނަވުމުގައި ރާއްޖެއިން ދުނިޔޭގެ ރެކޯޑު ހަދަމުން އަންނަ އެއް ސަބަބަކަށް ފަހަރެއްގައި މިކަން ވެދާނެ އެވެ. ޑްރާމާ ސީރީޒްތައް ޓީވީން ބަލައިލަން ކިތަންމެ ރީތިވި ނަމަވެސް ބޭކާރު ޑުރާމާއަކީ ހަގީގީ ދިރިއުޅުމުގައި ބޭނުން އެއްޗެއް ނޫނެވެ. ޕާސަނަލް ބައުންޑްރީސް ހަރުދަނާވުމަކީ ބޭކާރު ޑުރާމާތަކުން މީހާ ސަލާމަތް ކޮށްދޭނެ ކަމެކެވެ.

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox