ސްވިޑެންގެ ފޯވާޑް އިސާކް އަށް އިނގިރޭސި ޓީމުތަކުގެ ޑިމާންޑް ބޮޑުވެއްޖެ

Jun 20, 2021, 3:54 PM
ސްވިޑެންގެ މެޗެއްގެ ތެރެއިން އިސާކް.

ސްވިޑެންގެ މެޗެއްގެ ތެރެއިން އިސާކް.

ލަންޑަން (ޖޫން 20) - ސްޕެއިނުގެ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ އަލެކްސަންޑަ އިސާކް ހޯދަން އިނގިރޭސި ކްލަބްތަކުން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 21 އަހަރުގެ އިސާކްގެ ވާހަަކަ ބޮޑަށް ދެކެވެން ފެށީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުންނެވެ. ސްވިޑެން އިން ފުރަތަަމަ މެޗުގައި ސްޕެއިނާއި އެއްވަރުވިއިރު، އިސާކް ވަނީ ސްޕެއިނުގެ ޑިފެންޑަރުންނަށް ބާރުބޮޑުކޮށް ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެެވެ. އަދި ސްލޮވާކިއާއާ ދެކޮޅަށް ސްވިޑެން އިން ކުޅުނު މެޗުގައި ވެސް މޮޅަށް ކުޅެ، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިސާކް ހޯދަން މަސައްކަތް ކުރަނީ މެންޗެސްޓާ ސިޓީ، ޗެލްސީ އަދި ލިވަޕޫލް އެވެ. ސޮސިއެޑާޑާ އެކު އިސާކް ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަގު 70 މިލިއަން ޔޫރޯ އަށް އަަރަ އެވެ. ސޮސިއެޑާޑުން ވަނީ އިސާކް ވިއްކާލަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަަނަ އަހަރު ޖޫން މަހު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ސޮސިއެޑާޑަށް ބަދަލުވެ، އިސާކް އެ ޓީމާ އެކު ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެ ފަހަރު ޑޯޓްމަންޑް ދޫކޮށްލިއިރު، އެ ކްލަބުން ވަނީ އަލުން ބޭނުންނަމަ 30 މިލިއަން ޔޫރޯ ދީފައި އިސާކް ގެނެވޭ ގޮތަށް މާއްދާއެއް (ބައިބެކް ކްލޯސް) އެއް ހިމަނައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގެ ނިޔަލަށް އެ މާއްދާ ވަނީ ހަމަވެފަ އެވެ.

ސްޕެއިންގެ ލަޕޯޓް (ވ) ކައިރިން ސްވިޑެންގެ އިސާކް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އުމުރުން 16 އަހަރުގައި ސްވިޑެންގެ އޭއައިކޭ އަށް 2016 ވަަނަ އަހަރު ކުޅެން ފެށި އިސާކް ވަނީ 2017 ވަނަ އަހަރު ޑޯޓްމަންޑަަށް ބަދަލުވެފަ އެވެ. އެ ޓީމަށް ކުޅެމުން 2018-2019 ވަނަ އަހަރުގެ ސީޒަން ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނީ ނެދަލެންޑްސްގެ ވިލެމް އަށެެވެ. ޑޯޓްމަންޑުން ފުރުސަތު ނުލިބޭތީ މީގެ ދެ އަހަރު ކުރިން ސޮސިއެޑާޑަށް ބަދަލުވީ އެވެ. އެ ޓީމާ އެކު ސޮއިކުރި ކޮންޓްރެކްޓް ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ.

ޗެލްސީ އާއި ސިޓީން އަންނަނީ އަންނަ ސީޒަނަށް ފޯވާޑެއް ހޯދަން ވަރަށް މަސައްކަތް ކުރަމުންނެވެ. އެ ދެ ޓީމުން ވެސް ޑޯޓްމަންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް ޝައުގުވެރިވީ ނަމަވެސް އޭނާ ވިއްކާލަން ޑޯޓްމަންޑުން ކިޔާ އަގު ބޮޑުވުމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޑީލް ހިނގުމުގެ ފުރުސަތު ކުޑަ އެވެ. ލިވަޕޫލުން އެ ޓީމުގައި ތިބި ހަ ވަރަކަށް ކުޅުންތެރިން ދޫކޮށްލުމަށް ފަހު އާ ކުޅުންތެރިން ހޯދާއިރު، އިތުރު އެއް ފޯވާޑް ގެންނަން ބޭނުންވެ އެވެ. ރިޕޯޓްތައް ބުނާގޮތުން އިސާކް ލިބޭތޯ މަސައްކަތް ކުރަނީ އެހެންވެ އެވެ.

ޒްލަޓާން އިބްރަހިމޮވިޗަށް ފަހު އައި ސްވިޑެންގެ އެންމެ ހުނަރުވެރި ފޯވާޑް ކަމަށް ގިނަ ބަޔަކު އެއްބަސްވާ އިސާކް ވަނީ މި ސީޒަނުގައި ޑޯޓްމަންޑަށް 44 މެޗުން 17 ގޯލު ޖަހައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސްވިޑެން ޓީމަށް 23 މެޗުން ފަސް ގޯލު ޖަހައިދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox