އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ޖަރުމަނުން ފެންވަރު ދައްކާލައިފި

Jun 19, 2021, 5:53 PM
އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ޖަރުމަނުން ފެންވަރު ދައްކާލައިފި

މިއުނިކް (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަތުން ފަހަތުން އަރައި 4-2 އިން މޮޅުވެ ޖަރުމަނުން ފެންވަރު ދައްކާލައިފި އެވެ.

މިއީ ވާދަވެރި މުބާރާތްތަކުގައި ޕޯޗުގަލް އަތުން ޖަރުމަނު ޖެހިޖެހިގެން މޮޅުވި ފަސް ވަނަ ފަހަރެވެ. މިރޭގެ މެޗުގެ ކުރިން 2006 ގެ ވޯލްޑް ކަޕާއި 2008 އާއި 2012 ގެ ޔޫރޯ އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނުން ވަނީ ޕޯޗުގަލް ބަލިކޮށްފަ އެވެ.

ޕޯޗުގަލް އަށް މިރޭގެ މެޗުން މޮޅުވެގެން އަނެއް ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް ބަލިވުމުން ޖެހިފައިވަނީ އިންތިޒާރުކުރާށެވެ. މަރުގެ ގްރޫޕްގެ ގޮތުގައި މަޝްހޫރުވެފައި އޮތް މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ފްރާންސް އެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭގެ މޮޅާ އެކު ދެ މެޗުން ތިން ޕޮއިންޓް ހަމަކުރި ޖަރުމަނެވެ. ތިން ވަަނައިގައި ދެ މެޗުން ތިން ޕޮއިންޓާ އެކު ޕޯޗުގަލް އޮތްއިރު، އެންމެ ފުލުގައި އޮތް ހަންގޭރީ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

މި ގްރޫޕްގެ ހަތަރު ޓީމަށް ވެސް ދެ ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ 2016 ވަަނަ އަހަރުގެ ފައިނަލުގައި އެ ޓީމުން ބަލިކުރި ފްރާންސާ ދެކޮޅަށެވެ. އަދި ޖަރުމަނު ބައްދަލުކުރާނީ މިރޭ ފްރާންސް ހިފެހެއްޓި ހަންގޭރީއާ އެވެ.

މިރޭގެ މެޗުގެ ތެރެއިން ޖަރުމަނު ކުޅުންތެރިން އުފާފާޅުކުރަނީ.

ފުރަތަަމަ މެޗުން ފްރާންސް އަތުން ބަލިވެފައިވުމުން ޖަރުމަނުން މިރޭގެ މެޗަށް ނުކުތީ ނަތީޖާ ނެރުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެންނެވެ. އަމިއްލަ ގައުމުގައި ކުޅުނު މިރޭގެ މެޗުގެ ފުރަތަަމަ މިނިޓުން ފެށިގެން ޖަރުމަނުން ދިޔައީ ޕޯޗުގަލް ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ އެ ޓީމަށް ނުރައްކާ ކުރަމުންނެވެ.

މެޗުގެ ހަ ވަނަ މިނިޓްގައި ރޮބިން ގޮސެން ވަނީ ޖަރުމަނަށް ގޯލެއް ޖަހައިދީފަ އެވެ. އެކްރޮބެޓިކް ކިކަކުން ގޮސެން މި ގޯލު ޖެހުމުގެ ކުރިން ބޯޅަ އަށް އަރައިހުރި ސާޖް ގްނަބްރީ އޮފްސައިޑްވުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ޖަރުމަނުން ކޮންޓްރޯލް ނަަގައިގެން ކުޅެމުންދިޔަ ނަމަވެސް ފުރަތަމަ ލީޑުނެގީ މެޗުގެ 15 ވަނަ މިނިޓްގައި ޕޯޗުގަލް އިންނެވެ. މި ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ކޯނަރަކުން ޖަރުމަނު ނެގި ބޯޅައެއް ރޮނާލްޑޯ ބޮލުން ޖައްސާލުމުން ލިބުނީ ޕޯޗުގަލް އޭރިއާބޭރުން ބެނާޑޯ ސިލްވާ އަށެވެ. އޭނާ އެ ބޯޅަ ހިފައިގެން ޖަރުމަނު ހާފުގެ ތެރެއަށް ވަދެ މަތިން ޑިއޯގޯ ޖޮޓާ އަށް ދިން ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ވަނީ އޭރިއާތެރެއިން ހުސްކޮށްހުރި ރޮނާލްޑޯ އަށް ދީފަ އެވެ. ރޮނާލްޑޯ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މި ފަހަރުގެ މުބާރާތުގައި އޭނާގެ ތިން ވަަނަ ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ އަކީ ޔޫރޯގެ ތިން މުބާރާތުގައި ތިން ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެެވެ.

ލަނޑު ޖެހުމަށް ފަހު ޕޯޗުގަލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕޯޗުގަލް އިން ލީޑުނެގުމާ އެކު ޖަރުމަނުން ކެނޑިނޭޅި ކުރަމުންދިޔަ އެޓޭކްތަކުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައި ލީޑުނަގައިފަ އެވެ.

ޖަރުމަނުން ފަސް މިނިޓް ތެރޭގައި ޖެހި ދެ ގޯލަކީ ވެސް ޕޯޗުގަލް ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެ ގޯލެވެ. މެޗުގެ 34 ވަނަ މިނިޓްގައި ޖަރުމަނުން އެއްވަރުކުރީ ރޮބިން ގޮސެން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕޯޗުގަލްގެ ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ޔޯސުއާ ކިމިކް ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ޕޯޗުގަލްގެ ރަފައެލް ގަރޭރޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. މިއީ ޔޫރޯ ތާރީހުގައި އެއް ޓީމަކުން ބައިކޮޅަށް ދެ ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުން ލީޑުފުޅާކުރަން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ގްނަބްރީ ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ. ތިން ވަނަ ގޯލެއް ޖަހަން ޖަރުމަނުން ކުރަމުން އައި މަސައްކަތް ދެ ވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ ވަނީ ކާމިޔާބުކޮށްފަ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ގޮސެން ނެގި ހުރަހަކުން މި ގޯލު ޖެހީ ކައި ހަވާޓްޒް އެވެ.

ޖަރުމަނުގެ އެޓޭކްތައް ހިފެހެއްޓުމުގައި ޕޯޗުގަލް އަށް ކުރި ނުލިބި ދިޔައިރު، ޖަރުމަނުން ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 60 ވަަަނަ މިނިޓްގަ އެވެ. ކިމިކް ނަގައިދިން ހުރަހަކުން މި ގޯލު ޖެހި ގޮސެން ބޮލުންނެވެ. މިއީ ޖަރުމަނު ޖޯޒީގައި ގޮސެންގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނުނު މެޗެވެ.

ރޮނާލްޑޯ ދިން ބޯޅަ އަކުން މެޗުގެ 67 ވަނަ މިނިޓްގައި ޖޮޓާ ވަނީ ޕޯޗުގަލް އަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. އޭގެ ފަހުން ބަދަލުތަކެއް ގެނެސްގެން ޕޯޗުގަލް އިން އިތުރު ލަނޑުތަކެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އޭގެ ތެރެއިން ޕޯޗުގަލްގެ ރެނާޓޯ ސަންޗޭޒް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފަ އެވެ.

ޕޯޗުގަލް އަކީ އެންމެ ފަހުގެ ޗެމްޕިއަނެއްގެ ގޮތުގައި ނުކުމެ ޔޫރޯގެ އެއް މެޗެއްގައި ކޮޅަށް ހަތަރު ގޯލު ވަން ފުރަތަމަ ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox