މިޝްކާގެ މަރު: ފައިނަލް ރިޕޯޓާ އެކު މިނިސްޓަރު ޖަވާބުދާރީވުން އަންނަ ހަފުތާގައި

މިޝްކާ: އޭނާގެ މަރާ ގުޅޭ ގޮތުން ޖެންޑާ ކޮމިޓީން ބަލާ މައްސަލައިގައި އަންނަ ހަފުތާގައި ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައި.

މިޝްކާ: އޭނާގެ މަރާ ގުޅޭ ގޮތުން ޖެންޑާ ކޮމިޓީން ބަލާ މައްސަލައިގައި އަންނަ ހަފުތާގައި ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައި.

ކޮވިޑުގައި މަރުވި ފާތުމަތު މިޝްކާގެ ފަރުވާ އަށް އިހުމާލުވެފައިވާ ގޮތް ބެލުމަށް ހިންގާ ރިވިއުގެ ފައިނަލް ރިޕޯޓާ އެކު ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އަންނަ ހަފުތާގައި ކޮމިޓީއަށް ހާޒިރުކުރުމުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ޖެންޑަ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު މިއަދު ވިދާޅުވެއްޖެ އެވެ.

މިޝްކާގެ މަރާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި މިނިސްޓަރު ނަސީމް ކޮމިޓީއަށް ހާޒިރުކުރި އެވެ. އެ ބައްދަލުވުމުގައި، މާ ގިނަ ވާހަކަތައް ނުދައްކަވައި މިނިސްޓަރު އެދިވަޑައިގަތީ ފައިނަލް ރިޕޯޓް ނިންމަން ހަފުތާއެއްގެ މުއްދަތު ދެއްވުމަށެވެ.

ކުރިން ނިންމާފައި އޮތީ އެ ބައްދަލުވުން މިދިޔަ ހަފުތާގައި ބާއްވާށެވެ. އެކަމަކު، ކޮމިޓީގެ މަސައްކަތްތައް ބިޒީވުމުން އަންނަ ހަފުތާއަށް އޮތީ ބަދަލުކޮށްފަ އެވެ.

ކޮމިޓީގެ މެމްބަރު ޖީހާން މަހްމޫދު "އަދަދު"އަށް ވިދާޅުވީ ކޮމިޓީގެ މެމްބަރުން ދުވަހެއް ކަނޑައަޅައި ފެށޭ ހަފުތާގެ ކުރީކޮޅު މިޝްކާގެ މަރުގެ މައްސަލައިގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. ކޮމިޓީން ބަލަމުން އަންނަ މައްސަލައިގައި، މިނިސްޓަރުގެ އެއްބާރުލުން ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

މިޝްކާގެ މަރުގައި އިހުމާލުތަކެއް ހިނގި ކަމަށް މިނިސްޓަރު ނަސީމް އޮތީ އެއްބަސްވެވަޑައިގެންފަ އެވެ.

"މި ކަމަކީ މިދިޔަ ދޮޅު އަހަރު ދުވަސްތެރޭގަ ހިނގަމުން އައި ގޮތަށް އައި އިރު ބެލިފަ ނެތް ކަމެއް، މިކަހަލަ ކަންކަން ވާ ގޮތަކީ މިފަދަ ހާދިސާއެއް ނުހިނގާ ކަމަށް ވަންޏާ އެޓެންޝަން ދެވިފައި ނުހުރޭ. އެހެންވީމަ އެފަދަ ކަންކަމަށް އެލާޓް ވެސް ނުވެވެނީ. އެހެންވީމަ އަޅުގަނޑު އެދެނީ ހަފްތާއެއް އަޅުގަނޑަށް ދެއްވަން. އޭރަށް ހުރިހާ ކަމެއް އެއްކޮށް ނިމޭނެ،" މިނިސްޓަރު ނަސީމް ވިދާޅުވެފައިވެ އެވެ.

އެ މަރާ ގުޅޭ ގޮތުން މިނިސްޓްރީން ނެރުނު ރިވިއު ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑުގައި މަރުވި 10 އަހަރުގެ މިޝްކާ މަރަށް ތެޅެމުން ދިޔަ އިރު، އެމްބިއުލެންސް ނުފޮނުވާ ދެ ގަޑިއިރާ 26 މިނެޓު ހޭދަވި އެވެ. އެމްބިއުލަންސް ލަސްވެގެން 23:16-23:33 އާ ދެމެދު އިތުރު ފަަސް ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިޔާ ގުޅިކަން ރިޕޯޓުން ފެންނަން އެބައޮތެވެ. އެއް ކޯލުގައި، މިޝްކާގެ ނޭފަތުން ލޭ އަންނަ ކަމަށާއި ހޭނެތިފައިވާ ކަމަށް ވެސް ބުންޏެވެ.

މިޝްކާއަށް ފަރުވާ ދެވޭނެ އިންތިޒާމެއް ހަމަޖައްސަން އެދި ގުޅި ކޯލް، އެޗްއީއޯސީން ނެގީ ރިޕޯޓުގައި ފެންނަން އޮތް ގޮތުގައި ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ އެވެ. މައުލޫމާތު ޝީޓުގައި "އެޓެންޑަޑް" ކަމަށް ޑޮކްޓަރަކު ލިޔެ، އަޅާނުލައި ނިންމާލި މައްސަލަ ބޮޑެވެ.

މިޝްކާގެ ހާލަތު ގޯސްވެ ނޭވާލާން އުނދަގޫވެގެން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭން އެދި ކޯލް ސެންޓަރަށް ގުޅީ އެ ރޭ 21:06 ގަ އެވެ. ތަކުރާރުކޮށް ގުޅައިގެން އެމްބިއުލަންސް އެގޮތަށް ފޮނުވި ގަޑި ކަމަށް ރިޕޯޓުގައި އޮތީ 22:38 އެވެ.

އެމްބިއުލަންސް ދިޔައިރު މިޝްކާގެ ހަރަކާތެއް ނެތް ކަމާއި ވަގުތުން ސީޕީއާރު ފެށި ކަމަށް ރިޕޯޓުގައި އޮތެވެ. އެމްބިއުލާންސް އެ ގެއަށް ގޮސްފައިވަނީ 23:38ގަ ކަމަށާއި އައިޖީއެމްއެޗްއާ ހަމައަށް ދެވުނީ 23:42 ގަ ކަމަށް ރިޕޯޓްގައިވެ އެވެ.

އެކަމަކު މިޝްކާގެ މަރާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރާ އާއިލާގެ މީހަކު ބުނިގޮތުގައި ރިޕޯޓުގައި އޮތް ގަޑީގައި އެމްބިއުލަންސް އެ ގެއަށް ފޮނުވައިފައެއް ނުވެ އެވެ. ހެއްކެއްގެ ގޮތުން ވަނީ ކޯލް ލޮގް ވެސް އާއްމުކޮށްފަ އެވެ.

އެ ލޮގުން ފެންނަ ގޮތުގައި، 23:42ގައި ވެސް 1676 އަށް ގުޅައި ހަ މިނެޓު ވާހަކަ ދައްކާފައިވެ އެވެ. ގެއާ ހިސާބުން ސީޕީއާރު ފެށި ކަމަށް ހެލްތުގެ ރިޕޯޓުގައި އޮތް ނަމަވެސް އެ ވާހަކަ ވެސް އާއިލާ އިން ދޮގުކުރެ އެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު އެމްބިއުލެންސްގައި މިޝްކާއަށް ފަރުވާ ނުދޭ ކަމަށް އާއިލާ އިން ބުންޏެވެ.

ހެލްތުން ނެރުނު ރިޕޯޓުން އެނގޭ ގޮތުގައި ބައްޔަށް މިޝްކާ މެއި، 30 ގައި ޕޮޒިޓިވްކަން އެނގުމުން ޑޮކްޓަރަކަށް ދައްކަން އާއިލާ އިން އެދުނެވެ. ނަމަވެސް އެދުނު ގޮތަށް ކޮންސަލްޓޭޝަން ފޯރުކޮށްދީފައެއް ނުވެ އެވެ.

އެޗްޕީއޭ އިން އަމަލުކުރާ އުސޫލް ހަމަޖައްސާފައި އޮންނަނީ ބަލީގައި ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ކުޑަކުދިންނަށް "ކެއާ ކްލަސްޓާ" އިން ގުޅައި ހާލު ބަލާ ގޮތަށެވެ. އެކަމަކު އެ ކްލަސްޓާ އިން ވެސް މިޝްކާގެ މައިންބަފައިންނަށް ގުޅައި ހާލު ބަލައިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox