ޗެމްޕިއަން ޕޯޗުގަލް އަށް މޮޅެއް، ރޮނާލްޑޯ އަށް ރެކޯޑްތަކެއް

Jun 15, 2021, 5:53 PM
ޗެމްޕިއަން ޕޯޗުގަލް އަށް މޮޅެއް، ރޮނާލްޑޯ އަށް ރެކޯޑްތަކެއް

ބުޑަޕެސްޓް، ހަންގޭރީ (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އިން މިރޭ ފަހު ވަގުތު ޖެހި ގޯލުތަކާ އެކު 3-0 އިން ހަންގޭރީ ބަލިކުރިއިރު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑްތަކެއް ގާއިމްކޮށްފި އެވެ.

މިރޭގެ ދެ ގޯލާ އެކު ރޮނާލްޑޯ އަކީ ޔޫރޯގެ މުބާރާތްތަކުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ފްރާންސްގެ ކުރީގެ ތަރި މިޝޭލް ޕްލެޓިނީގެ ރެެކޯޑް ރޮނާލްޑޯ މުގުރާލީ 11 ގޯލު ޖަހައިގެންނެވެ. ޕްލެޓީނީ އަތުގައި ރެކޯޑް އޮތީ ނުވަ ގޯލާ އެކު އެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ދެން މިރޭ ގާއިމްކުރި ތިން ރެކޯޑަކީ އެންމެ ގިނަ ޔޫރޯގައި ކުޅުމާއި ޔޫރޯގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑްތަކެވެ.

Advertisement

މި ފަހަރުގެ ޔޫރޯ އަކީ ރޮނާލްޑޯގެ ފަސް ވަނަ މުބާރާތެވެ. މި މެޗުގައި އޭނާ ކުޅުމާ އެކު އޭނާ ވެފައިވަނީ ޔޫރޯ ފަސް މުބާރާތުގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މިރޭގެ މެޗަކީ ރޮނާލްޑޯ ޔޫރޯގައި ކުޅުނު 39 ވަނަ މެޗެވެ. މިއާ އެކު ރޮނާލްޑޯ ވަނީ ޔޫރޯގައި އެންމެ ގިނަ މެޗު ކުޅެގެން ޖަރުމަނުގެ ބަސްޓިއަން ޝްވައިންސްޓައިގާ ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ. ޝްވައިންްސްޓައިގާ ކުޅުނީ 38 މެޗެވެ.

މީގެ އިތުރުން ރޮނާލްޑޯ ވަނީ ޔޫރޯގެ އެއް މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ. އެ ރެކޯޑް ކުރިން އޮތީ އުމުރުން 35 އަަހަރުގައި 2012 ވަނަ އަހަރުގެ ޔޫރޯގެ އެއް މެޗެއްގައި ދެ ގޯލު ޖެހި ޔޫކްރެއިންގެ ކުރީގެ ފޯވާޑް އަންދްރޭ ޝެވްޗެންކޯ އަތުގަ އެވެ. ޝެވްޗެންކޯ އަކީ މި ފަހަރުގެ މުބާރާތުގައި ޔޫކްރެއިނުގެ ކޯޗެވެ.

މިރޭގެ މެޗަކީ މި ފަހަރުގެ ޔޫރޯގެ މެޗެއް ފުރިފައި އޮތް ދަނޑެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ޔޫރޯ ޔޫރަޕްގެ 11 ސިޓީއެއްގައި ކުޅޭއިރު، ދަނޑުގެ ޖާގައާ އެއްވަރަށް ސަޕޯޓަރުން ވައްދައިގެން ކުޅުމުގެ ފުރުސަތު އޮތީ ހަންގޭރީގެ ޕުސްކަސް އެރީނާގަ އެވެ. މިރޭގެ މެޗު ބަލަން ގާތްގަނޑަކަށް 60،000 ސަޕޯޓަރުން ދަނޑަށް ވަނެވެ.

ޕޯޗުގަލް އިން މެޗު ފަށައިގެން އެޓޭކަށް ވިސްނައިގެން ކުޅެމުންދިޔައިރު، މެޗުގެ 19 ވަނަ މިނިޓްގައި ރޮނާލްޑޯ ޖެހި ބޯޅަ ހަންގޭރީގެ ކީޕަރު ޕީޓަ ގުލާޝީ ވަނީ މަތަކޮށްފަ އެވެ. ރޮނާލްޑޯ ހުއްޓުވަން ހަންގޭރީގެ ޑިފެންޑަރު ވިލީ އޮބާން ދިޔައީ މެޗު ފެށިގެން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ހަންގޭރީން ފުރަތަމަ ހަމަލާ ފޮނުވާލީ ފުރަތަމަ ހާފުގެ ފަހުކޮޅުގަ އެވެ. އެ ޓީމުގެ އެޑަމް ޝަލާއި މެޗުގެ 38 ވަނަ މިނިޓްގައި ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ އަތަށެވެ. އޭގެ ފަހުން ޕޯޗުގަލްގެ ޑިއޯގޯ ޖޮޓާ ޖެހި ޝޮޓެއް ކީޕަރު ގުލާޝީ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނަގަން ޕޯޗުގަލްގެ ރޮނާލްޑޯ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. މިއީ އާންމު ގޮތެއްގައި ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިއަކު ގޯލަކަށް ހަދާނެ ފަދަ ބޯޅައެކެވެ. އެކަމަކު މި ފަހަރު ނަސީބު ނެތީ އެވެ.

ދެ ވަނަ ހާފްގައި ޕޯޗުގަލް އިން ލަނޑު ޖަހަން ފުރަތަމަ ހަމަލާ ފޮނުވާލީ ޕެޕޭ އެވެ. އެ ބޯޅަ ހުއްޓުވީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ގުލާޝީ އެވެ. އަދި ފަހުން އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ގުލާޝީ އެވެ.

ހަންގޭރީ އިން ވަނީ މެޗުގެ 80 ވަަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. ކުޅެން އެރިތާ ދެ މިނިޓް ތެރޭ ޝަބޮލްޒް ޝޯން އަރިމަތިން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ރުއީ ޕެޓްރީޝިއޯ އަތުގައި ޖެހިފަ އެވެ. ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަން ޝޯން އެނބުރިލިއިރު ލައިންސްމަން ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ. އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު ވެސް އޮފްސައިޑް ވުމުން ގޯލު ބަލައިނުގަންނަން ނިންމީ އެވެ.

ޕޯޗުގަލަށް ލީޑުނަގައިދިނީ މެޗުގެ 84 ވަނަ މިނިޓްގައި ރަފައެލް ގަރޭރޯ އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ހަންގޭރީގެ ޑިފެންޑަރު ވިލީ އޮބާން ފައިގައި ޖެހިފަ އެވެ. އޭގެ މިނިޓެއް ފަހުން ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އަދި އިތުރު ވަގުތުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ޕޯޗުގަލް އިން 2016 ވަނަ އަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖު ތިން މެޗުން ވެސް ވީ އެއްވަރެވެ. އޭގެ ތެރޭގައި ހަންގޭރީއާ 3-3 އިން އެއްވަރުވި މެޗު ހިމެނެ އެވެ. މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ޕޯޗުގަލް އިން ހަންގޭރީ ބަލިކުރުއިރު، މިއީ 2008 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ޕޯޗުގަލް ޔޫރޯގެ ފުރަތަމަ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox