ސްވިޑެންއާ އެއްވަރުވެ ސްޕެއިން މުބާރާތް ފެށީ ޕޮއިންޓަކުން

Jun 14, 2021, 8:57 PM
ސްވިޑެންއާ އެއްވަރުވެ ސްޕެއިން މުބާރާތް ފެށީ ޕޮއިންޓަކުން

ސެވިލް (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުން ލަނޑެއް ނުޖެހި 0-0 އިން ސްވިޑެންއާ އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ސްޕެއިން އެންމެ ފަހުން ލަނޑެއް ނުޖެހި މެޗަކުން އެއްވަރުވެގެން މުބާރާތް ފެށީ 1980 ވަނަ އަހަރު އެވެ. އެ ފަހަރު މުބާރާތް ހޯސްޓްކުރި އިޓަލީއާ ދެކޮޅަށް ސްޕެއިން ވީ އެއްވަރެވެ. އެ މެޗުގައި ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ނަގާލި އެވެ.

މިރޭގެ މެޗާ އެކު ސްވިޑެންއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ވާދަވެރި ހަ މެޗުގެ ތެރެއިން ސްޕެއިނުން ދެ މެޗު ނިންމާލީ ލަނޑެއް ނުޖަހަ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ސްޕެއިނާއި ސްވިޑެން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ސްޕެއިންގެ ސެވިލްގެ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސްޕެއިންގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ވާތު ބެކް ޖޯޑީ އަލްބާ އެވެ. ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ހުރީ ކޮވިޑަށް ޕޮޒިޓިވްވެގެން އައިސޮލޭޝަނުގަ އެވެ.

ސްޕެއިނުން މެޗު ފަށައިގެން ސްވިޑެން ހާފުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ. އެ ގޮތުން ސްޕެއިނުން މެޗުގެ 17 ވަނަ މިނިޓްގައި ނުރައްކާތެރި ހަަމަލާއެއް އުފެއްދި އެވެ. ކޯކޭ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ޑެނީ އޮލްމޯ ބޮލުން ފޮނުވާލުމުން ސްވިޑެން ގޯލްކީޕަރު ރޮބިން އޮލްސަން ވަނީ މަތަކޮށްފަ އެވެ.

ސްވިޑެންގެ އަލްބިން އެކްޑާލް (ވ) އަތުން ބޯޅަ ހޯދަން މޮރާޓާ މަސައްކަތްކުރަނީ.

އޭގެ ފަހުން އޭރިއާތެރެއިން ކޯކޭ އަށް ރަނގަޅު ދެ ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ. ކޯކޭ ޖެހި ދެ ބޯޅަ ވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. ސްޕެއިނަށް ލީޑުނަގައިދޭން ފުރަތަމަ ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ އަލްވާރޯ މޮރާޓާ އަށެވެ. މެޗުގެ 39 ވަނަ މިނިޓްގައި ސްވިޑެންގެ ޑިފެންޑަރު މާކަސް ޑެނިއަލްސަން އަށް ހެދުނު ގޯހަކުން އޭރިއާތެރެއިން މުޅިން ހުސްކޮށް މޮރާޓާ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ފުރަތަމަ ހާފުގެ ބޮޑުބައި ސްވިޑެން އިން އަމިއްލަ ހާފުގެ ތެރޭގައި ކުޅުނުއިރު، 40 ވަނަ މިނިޓާ ހަމައަށް އެ ޓީމުން ސްޕެއިނަށް ނުރައްކާކުރީ ހުރަސްތަކުންނާއި ދިގު އެއްލުންތަކުންނެވެ. އެކަަމަކު 42 ވަނަ މިނިޓްގައި ސްޕެއިން ސިއްސުވާލުމަށް ފަހު ސްވިޑެން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ.

ސްޕެއިނުގެ ރެއާލް ސޮސިއެޑާޑަށް ކުޅޭ ސްވިޑެންގެ ފޯވާޑް އަލެކްސަންޑަ އީސާކް އޭރިއާތެރެއިން ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ސަލާމަތްކުރީ ސްޕެއިނުގެ ޑިފެންޑަރު މާކޯސް ލޮރެންޓޭ އެވެ. އީސާކް ޖެހި ބޯޅަ ލޮރެންޓޭ ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ސްޕެއިނުން ފުރަތަމަ ހާފުގައި ފަހު ހަަމަލާ ފޮނުވާލީ އޮލްމޯ އެވެ. އޭރިއާބޭރުން އޮލްމޯ ޖެހި ބާރު ބޯޅައިގެ ހުރަހަކަށްވީ ކީޕަރު އޮލްސަން އެވެ.

ސްޕެއިނުން ވަނީ ފުރަތަމަ ހާފުގައި 419 ޕާސް ފުރިހަމަކޮށްފަ އެވެ. މިއީ ޔޫރޯ މެޗެއްގެ 45 މިނިޓްގެ ހާފެއްގެ ތެރޭގައި ޕާސް ފުރިހަމަ ކުރުމުގެ ރެކޯޑެެކެވެ.

ދެ ވަަނަ ހާފް ފަށައިގެން ވެސް ސްޕެއިނަށް ގޯލެއް ޖަހައިދޭން ފުރަތަަމަ ފުރުސަތު ލިބުނީ މޮރާޓާ އަށެވެ. އޭރިއާ ރޮނގުކައިރިން މޮރާޓާ އަށް ލިބުނު ބޯޅަ އަވަހަށް ފޮނުވާލިއިރު ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ސްވިޑެން އަށް ލީޑުނަގަން ލިބުނު ފުރުސަތު ނަގާލީ މާކަސް ބާގް އެވެ. މެޗުގެ 60 ވަނަ މިނިޓްގައި އޭރިއާތެރެއިން އީސާކް ނަގައިދިން ހުރަހަކުން ގޯލު ކުރިމަތީގައި ހުސްކޮށް ހުރެފައި ބާގް ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ.

ސްޕެއިންގެ މާކޯސް ލޮރެންޓޭ ބޯޅައަކަށް ދުވަނީ.

ސްޕެއިނުން ވަނީ ފަހު 25 މިނިޓަށް މޮރާޓާ އާއި ރޮޑްރީގެ ބަދަލުގައި ތިއާގޯ އަލްކަންޓާރާ އާއި ޕަބްލޯ ސަރާބިއާ ކުޅެން އަރުވައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ސްވިޑެން އިން ވަނީ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ބަދަލުކޮށްފަ އެވެ.

ފުރަތަމަ ބަދަލުތަކަށް ފަހު ސްޕެއިނަށް ބޭނުންވާ ވަރަށް އެޓޭކް ނުކުރެވޭތީ ފަހުން ވަނީ ކުރިއަށް ކުޅޭ ކުޅުންތެރިން ކަމަށްވާ މިކޭލް އޮޔާޒަބަލް އާއި ޖެރާޑް މޮރޭނޯ ކުޅެން އަރުވައިފަ އެވެ. އެ ބައްދަލުތައް ކުރިތާ އިރުކޮޅެއް ފަހުން ސަރާބިއާ ނަގައިދިން ހުރަހަކުން މޮރޭނޯ ބޮލުން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ރަނގަޅަށް ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ. އަދި އޮޔާޒަބަލް ނަަގައިދިން ހުރަހެއް ދިޔައީ ގޯލު ކުރިމަތިން ޖަހަން އެރި ކުޅުންތެރިއަކަށް ނުލިބި އެވެ.

މެޗުގެ ފަހު މިނިޓްގައި އޭރިއާތެރެއިން މުޅިން ހުސްކޮށް ހުރެފައި މޮރޭނޯ ބޮލުން ޖެހި ބޯޅަ ކީޕަރު އޮލްސަން ވަނީ މަތަކޮށްފަ އެވެ. ފަހުން ސަރާބިއާ އަށް އޭރިއާތެރެއިން ލިބުނު ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުވެ ދިއުމުން ފުރުސަތު ގެއްލުނީ އެވެ.

މި ގްރޫޕްގެ ފުރަަތަމަ މެޗުން ސްލޮވާކިއާ ވަނީ މިރޭ 2-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ. ޕޮލެންޑް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox