ރާމޯސް އާއި އިބްރަހިމޮވިޗް ނެތް، ސްޕެއިނާއި ސްވިޑެންގެ ކުރިމަތިލުން މިރޭ

Jun 14, 2021, 7:52 AM
އިބްރަހިމޮވިޗާއި ރާމޯސް: މި ފަހަރުގެ ޔޫރޯގައި ނުފެންނާނެ.

އިބްރަހިމޮވިޗާއި ރާމޯސް: މި ފަހަރުގެ ޔޫރޯގައި ނުފެންނާނެ.

މި ފަހަރުގެ ޔޫރޯ ސްކޮޑުގައި ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި ސްވިޑެންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ހިމެނުނު ނަމަ މިއީ މި ދެ ކުޅުންތެރިންގެ ފަހު ޔޫރޯ އަށް ވުމުގެ ހުރިހާ ފުރުސަތެއް އެބައޮތެވެ. ސްޕެއިނާ އެކު ދެ ފަހަރު ޔޫރޯގެ ތަށި އުފުލާލި ރާމޯސް އަށް ސްކޮޑުން ޖާގަ ނުދިނީ އަނިޔާގެ މައްސަލަތަކާ ހުރެ ކަމަށް ސްޕެއިން ކޯޗު ލުއިސް އެންރީކޭ ވަނީ ބުނެފަ އެވެ. ރިޓަޔާމެންޓް އުވާލުމަށް ފަހު ޒްލަޓާން އިބްރަހިމޮވިޗް، ސްވިޑެން ގައުމީ ޓީމަށް ފަސް އަހަރު ފަހުން އެނބުރި އައިސް މިދިޔަ މާޗް މަހު ވަނީ މެޗެއް ކުޅެފަ އެވެ. ޔޫރޯގައި އޭނާ ކުޅޭނެ ކަމަށް ބެލެވުނު ނަމަވެސް މިދިޔަ މަހު ކަކުލަށް އަނިޔާވެގެން ފުރުސަތު ގެއްލުނީ އެވެ.

އުމުރުން 35 އަހަރުގެ ރާމޯސް ޓީމަށް ނުނަގަން ނިންމި ނިންމުމަަކީ ސްޕެއިނުގެ މީޑިއާ އާއި ސަޕޯޓަރުންގެ ފާޑުކިޔުން އެންރީކޭ އަށް އަމާޒުވި ސަބަބެކެވެ. އަދި ރާމޯސްގެ އިތުރުން ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކަށް ސްޕެއިން ސްކޮޑުން ފުރުސަތު ނެތް މައްސަލައިގައި ގިނަ ބަޔަކު އެކި ގޮތަށް ވާހަކަ ދެއްކި އެވެ. އެއީ އެންރީކޭ އަކީ ކުރިން ރެއާލްގެ ވާދަވެރި ބާސެލޯނާގެ ކޯޗަށްވާތީ އެވެ.

ސްޕެއިންގެ މެޗެއްގެ ތެރެއިން އެންރީކޭ.

Advertisement

މި ފަހަރު ޔޫރޯ ސްކޮޑުން ޖާގަ ގެއްލުމާ އެކު ޔޫރޯގައި ރާމޯސްގެ ކެރިއަރު ނިމުނީ ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެވެ. އަދި އިބްރަހިމޮވިޗް 2016 ވަަނަ އަހަރުގެ ޔޫރޯ އަށް ފަހު ރިޓަޔާކުރިއިރު، އޭނާ އަލުން އެނބުރި އައިސް މި ފަހަރުގެ ޔޫރޯ ކުޅުމަށް ފަހު އަނެއްކާ ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށް ވާހަކަ އޮތީ ދެކެވިފަ އެވެ.

އެންމެ ފަހުން ސްޕެއިނާއި ސްވިޑެން ވާދަވެރި މެޗެއްގައި (މުބާރާތްތަކާއި ކޮލިފައިންގައި) ނުކުތް ފަސް މެޗުގެ ތެރެެއިން ތިން މެޗެއްގައި ރާމޯސް އާއި އިބްރަހިމޮވިޗް ވަނީ ކުޅެފަ އެވެ. އަދި މި ފަހަރުގެ މުބާރާތުގައި އެ ދެ ކުޅުންތެރިންގެ ކުޅެން ކުރި އުއްމީދުގެ ހުރަހަކަށްވީ ދިމާވި އަނިޔާގެ މައްސަލަތަކެވެ.

ސްވިޑެން އާއި ސްޕެއިން ޓީމަށް ކޮވިޑްގެ މައްސަލަ

މި ފަަަހަރުގެ ޔޫރޯ އަށް ސްޕެއިން ތައްޔާރުވާން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އާއި ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ ކޮވިޑަށް ޕޮޒިޓިވްވުމެވެ. މިރޭގެ މެޗުގައި ބުސްކެޓްސް އަށް ނުކުޅެވޭނެ އެވެ. އެކަމަކު އެންމެ ފަހުން ކުރި ކޮވިޑް ޓެސްޓްތަކުން ނެގެޓިވްވެފައިވާތީ ލޮރެންޓޭ އަށް މިރޭގެ މެޗުގެ ސްކޮޑުގައި ބައިވެރިވެވޭނެ އެވެ.

އެންރީކޭ އަށް ދެން އޮތް ބޮލުގެ ރިހުމަކީ މުބާރާތުގެ ފުރަަތަމަ މެޗާ ގާތްވެފައި އޮއްވައި ސްޕެއިން ކުޅުންތެރިން ކޮވިޑް ވެކްސިން ޖަަހަން ޖެހުމެވެ. މިދިޔަ ހުކުރު ދުވަހު ސްޕެއިން ކުޅުންތެރިން ވަނީ އެ ގައުމުގެ އޮލިމްޕިކްސް އެތުލިޓުންނާ އެކު ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެެވެ.

އެންރީކޭ ބޭނުންވީ މީގެ އެއް މަސް ކުރިން ސްޕެއިން ބޮޑު ސްކޮޑުގައި ހިމެނޭ ހުރިހާ ކުުޅުންތެރިން ވެކްސިންގެ ކަންތައް ފުރިހަމަކޮށްފައި ބެހެއްޓުމަށެވެ. އެކަމަކު ހާލަތު ބަދަލުވަމުންދިޔަ ގޮތުން އެކަން ނުކުރެވުނެވެ.

ފުރަތަމަ މެޗުގައި ސްޕެއިން މިރޭ ސްވިޑަންއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ މި ފަހަރުގެ ޔޫރޯގައި ވާދަކުރާ ސްކޮޑުތަކުގެ ތެރެއިން އެވްރެޖްކޮށް ބަލާއިރު އެންމެ ޒުވާން ސްކޮޑެވެ. ސްޕެއިން ޓީމުގައި ލީޑަރުން ނެތް ކަމަށް ބުނާ ވާހަކަ އަށް އެންރީކޭ ވަނީ ޖަވާބުދީފަ އެވެ.

"ލީޑަޝިޕްގެ މައްސަލައެއް ޓީމަކު ނެތް. ޓީމުގައި ހުރި ކޮންމެ ކުޅުންތެރިއަކީ ވެސް އަހަރެން ބޭނުންވާ ޕްލޭނާ އެއްގޮތަށް ކުޅެވޭނެ ކުޅުންތެރިން،" ސްވިޑެންއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންރީކޭ ބުންޏެވެ.

އިބްރަހިމޮވިޗް ނެތްއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ސްވިޑެންގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޑޭޖާން ކުސުލެވްސްކީ އާއި މަޓިއަސް ސްވެންބާގަށް ސްޕެއިނާ ދެކޮޅަށް ނުކުޅެވޭނެ އެވެ. އެންރީކޭ ބުނީ ޔުވެންޓަސްގެ ތަރި ކުސުލެވްސްކީ އާއި ސްވެންބާގް ނުލައި ވެސް ސްވިޑެން އަކީ ރަނގަޅަށް ކުޅޭނެ ޓީމެއް ކަމަށެވެ.

"ސްވިޑެން އަކީ ޑައިރެކްްޓްކޮށް ކުޅޭ ވަރުގަދަ ޓީމެއް. އެ ޓީމު ވަރަށް ފިޒިކަލީ ވަރުގަދަ،" އެންރީކޭ ބުންޏެވެ.

އަހަރެމެން ފޯކަސް ކުރާނީ އަހަރެެމެންގެ ވަރުގަދަކޮށް ހުރި ކަންކަމަށް. ފުރަތަމަ މެޗު ވަރަށް މުހިއްމު. އެއީ ފުރަތަމަ މެޗުން މި އެޅެނީ މުބާރާތުގައި ކުރިއަށްދާން ބިންގަލެއް. ފުރަތަމަ މެޗު ވީމަ ބައިވަރެއް ގޮތްގޮތުން އުނދަގޫތަކެއް ވެސް ހުންނާނެ. އަހަރެން މި ހުރީ އެންމެ މޮޅު ކުޅުން ދެއްކޭނެ ކަމުގެ އުއްމީދު - އެންރީކޭ

އެންރީކޭ ބުނީ ސްޕެއިނުގެ ގޯލުގައި ކުޅޭނެ ވަކި ކުޅުންތެރިއެއް ނިންމާފައިނުވާނެ ކަމަށާއި އުނާއި ސިމޯން އާއި ޑޭވިޑް ޑެހެއާ އަދި ރޮބާޓް ސަންޗޭޒް ތެރެއިން ކޮންމެ ގޯލްކީޕަރަކަށް ވެސް ފުރުސަތު އެބައޮތް ކަމަށެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ސްވިޑެން އާއި ސްޕެއިން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ކުޅެފަ އެވެ. އެންމެ ފަހުން ދެ މެޗުން މޮޅުވީ ސްޕެއިން އެވެ. ސްވިޑެން މޮޅުވީ 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

ސްވިޑެންގެ މެޗެއްގެ ތެރެއިން އެންޑަސަން އުފާފާޅުކުރަނީ.

ސްވިޑެންގެ ކޯޗު ޔޭން އެންޑަަސަން ބުނީ އެންމެ ފަހުން ސްވިޑެން އިން ކުޅުނު މެޗުތަކަށް ބަލާއިރު، އެ ޓީމަށް ސްޕެއިން ކައިރީގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ. އޭނާ ބުނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ތައްޔާރީތަކުގައި ފޯކަސް ކުރަން ޖެހޭ ކަންތައްތައް ސްވިޑެން ކުޅުންތެރިންނަށް ބުނެދެމުން އަންނަ ކަމަށެވެ.

"އަހަރެމެންގެ އެބައޮތް ޓެކްޓިކަލް ޕްލޭނެއް ސްޕެއިނާ ދެކޮޅަށް ކުޅެން. އެ ރަނގަޅަށް ގޮސްފިނަމަ އަހަރެމެންނަށް ނަތީޖާ ނެރެވޭނެ،" އެންޑަސަން ބުންޏެވެ.

ސްވިޑެން އެންމެ ފަހުން ޔޫރޯގެ މެޗަކުން މޮޅުވީ 2012 ވަނަ އަހަރު އެވެ. އެއީ ފްރާންސް އަތުން އެ ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުންނެވެ. އެ މެޗުގައި ސްވިޑެން އަށް ފުރަތަމަ ގޯލު ޖަހައިދިނީ އިބްރަހިމޮވިޗް އެވެ.

ސްވިޑެން އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަަނައަޅައި ދިޔައީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަަހަރު އެ ޓީމު ކެޓީ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް އަތުންނެވެ.

ސްޕެއިނުގެ ސެވިއްޔާގެ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި މިރޭ ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox