ކޮވިޑްގެ އިތުރު ރާޅުތައް އަދި ވެސް އަންނާނެ: އެޗްއީއޯސީ

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު: ވިދާޅުވީ ކޮވިޑްގެ އިތުރު ރާޅުތައް އަދިވެސް އަންނާނެ ކަމަށް -- ފޮޓޯ: އެޗްއީއޯސީ

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު: ވިދާޅުވީ ކޮވިޑްގެ އިތުރު ރާޅުތައް އަދިވެސް އަންނާނެ ކަމަށް -- ފޮޓޯ: އެޗްއީއޯސީ

ކޮވިޑްގެ ހާލަތު ކުރިއަށް އޮތްތަނުގައި ވެސް ގޯސްވެ އިތުރު ރާޅުތައް އަންނާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ މިިދިޔަ މަހަކީ ރާއްޖޭން ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މިހާތަނަށް ކޮވިޑްގައި ރާއްޖޭން 191 މީހަކު ވަނީ މަރުވެފަ އެވެ. ހާލަތު ގޯސްވެފައިވާތީ މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އެއާއެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މަދުވާން ފަށައިފަ އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ ފަރާތުން ބައިވެރިވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިހާރު އައިސްފައިވާ ބަލިމަޑުކަމުގެ ސާޖް ދަނީ ރަނގަޅު ވަމުން ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ މިފަހުން މިއައީ ބަލީގެ އެންމެ ފަހުގެ ސާޖް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ސާޖްތައް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ ތަފާތު ވޭރިއެންޓްތައް އުފެދުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެކި ވޭރިއަންޓްތައް އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑުމެން ބައްޔާއެކުގައި އުޅެން އެބަޖެހޭ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި. ޓްރެންޑްސްތައް މިހާރު ވަރަށް ބޮޑަށް އިމްޕްރޫވް ވަމުން މިއަންނަނީ އެކަމަކު ވެސް [އާންމު ފަރުދުން] އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ. ހާއްސަކޮށް ދިގު މުއްދަތުގެ ފަރުވާތައް ކުރަމުންދާ ބަލި މީހުން،" ޝަހީދު ވިދާޅުވި އެވެ.

ގޭގައި ހައި ރިސްކް މީހުން ތިބޭނަމަ އެ މީހުން ރައްކާތެރި ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި ވެކްސިން ފުރިހަމަ ކުރުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ޝަހީދު ވިދާޅުވީ ކޭސްތައް މަދުވުމާ ގުޅިގެން ދެވޭނެ ލުއިތަކާއި ލުއި ދޭނެ ހިސާބުތަކާމެދު ވިސްނަމުން އަންނަ ކަމަށެވެ. ލުއި ދޭން ބަލާނީ ޕޮޒިޓިވްވާ މީހުންގެ އަދަދާއި ސާމްޕަލް ސަވައިލެންސްގެ އިތުރުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ ނިސްބަތަށް ވެސް ބެލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރެންޑަމް ސާމްޕަލް ނެގުން އިތުރު ކޮށްފައިވަނީ އެކްޓިވް ސަވައިލަންސް ހަރުދަނާ ކުރުމަށް ކަމަށާއި އަމާޒަކީ ދުވާލެއްގެ މައްޗަށް 380 ސާމްޕަލް ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގުން ކަމަށް ޝަހީދު ވިދާޅުވި އެވެ.

ކޮވިޑްގައި މަރުވާ މީހުންގެ މައިގަނޑު ފަސް ބައްޔެއް

އޭޕްރީލް މަހުގެ 28 އިން މިމަހު ފަހެއްގެ ނިޔަލަށް 111 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 80 އަހަރުން މަތީގެ 30 މީހުން ހިމެނެ އެވެ. އުމުރުން 65 އަހަރާއި 80 އަހަރާ ދެމެދުގެ 37 މީހުން ހިމެނޭއިރު އެއީ މަރުވި މީހުންގެ 60 ޕަސެންޓެވެ. މަރުވި މީހުންގެ 30 ޕަސެންޓަކީ 40 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. މަރުވި މީހުންގެ 20 ޕަސެންޓަކީ 40 އަހަރުން ދަށުގެ މީހުންނެވެ.

މަރުވި މީހުންގެ 60 ޕަސެންޓަކީ ފިރިހެނުން ކަމަށްވާއިރު އަންހެނުންގެ ޕަސެންޓޭޖް ހުރީ 40 ގަ އެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ކޮވިޑްގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ.

މަރުވި މީހުންގެ ހުރީ މައިގަނޑު ފަސް ބައްޔެއް ކަމަށް ޝަހީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ހިތުގެ ބަލީގެ އިތުރުން ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ހިމެނެ އެވެ.

"މިބަލިތައް ހުރުމާއި ބަލީގައި ނިޔާވުމާ އެސޯސިއޭޝަނެއް ވާކަމަށް ރިސާޗްތަކުން ދައްކާފައި ހުރީ،" ޝަހީދު ވިދާޅުވި އެވެ.

ކޮވިޑްގައި މަރުވި މީހުންނަށް ޖެހިފައިވާ ބަލިތައް ދައްކައިދޭ ޗާޓެއް
ކޮވިޑްގައި މަރުވި މީހުންނަށް ޖެހިފައިވާ ބަލިތައް ދައްކައިދޭ ޗާޓެއް

ކޮވިޑްގައި މަރުވި މީހުންނަށް ޖެހިފައިވާ ބަލިތައް ދައްކައިދޭ ޗާޓެއް

ޝަހީދު ވިދާޅުވީ އިޓަލީ އާއި އެމެރިކާގެ އިތުރުން ޗައިނާ ފަދަ ގައުމުތަކުގައި ވެސް ކޮވިޑްގައި މަރުވި ގިނަ މީހުން މަރުވެފައި ވަނީ އެފަދަ ބަލިތަކުގައި ކަމަށެވެ.

އޭގެ އިތުރުން ކޮވިޑްގައި ރާއްޖޭން މަރުވި މީހުންގެ ތެރޭގައި ކެންސަރު ޖެހިފައިވާ މީހުންނާއި ފުއްޕާމޭގެ ބޮޑެތި ބަލިތައް ހުރި މީހުން ވެސް ހިމެނޭ ކަމަށް ޝަހީދު ވިދާޅުވި އެވެ.

މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންގެ އެ ފަސް ބަލީގެ ތެރެއިން ކޮންމެ ވެސް އެއްބައްޔެއް ހުރި ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި 60 ޕަސެންޓް މީހުންގެ މަދުވެގެން ދެ ބަލި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 20 ޕަސެންޓް މީހުންނަކީ އެއްވެސް ބައްޔަކަށް ފަރުވާ ކުރަމުން ނުދާ މީހުން ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.

މަރުވި މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވަނީ 30 ޕަސެންޓް މީހުން ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ. ބާކީ 70 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox