ހަފުތާއަކަށް ފަހު ފިޔަަވަޅުތަކަށް ލުއިދޭން ވިސްނަނީ

Jun 8, 2021, 11:42 AM
ހަފުތާއަކަށް ފަހު ފިޔަަވަޅުތަކަށް ލުއިދޭން ވިސްނަނީ

ކޮވިޑުން ރައްކާތެރިވާން މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ހަފުތާއެއް ފަހުން ލުއިދޭން ވިސްނާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ޕޮޒިޓިވްވާ އަދަދު އިންތިހާއަށް މަތިވުމުން ހަރުކަށި ފިޔަވަޅުތައް މެއި 26 އިން ދެ ހަފުތާއަށް ވަނީ އަޅައިފަ އެވެ. މި ފިޔަވަޅުތަކަށް ރައްޔިތުން އަމަލުކުރަމުން އަންނާތީ ބަލި ފެތުރުން ވަނީ ދަށްވާން ފަށައިފަ އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ފިޔަވަޅުތަކުގެ ސަބަބުން ދަތިތައް ކުރިމަތިވި ނަމަވެސް ރައްޔިތުން އެއްބާރުލުން ދިން ކަމަށެވެ. އެކަމަކު ނިއު ނޯމަލްއަކަށް ދާން ޕޮޒިޓިވް އަދަދުތައް އަދިވެސް ދަށްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ނިއު ނޯމަލްއަކަށް ދާން އިތުރު ހަފުތާއަކަށް ބަލާނެ އެވެ. އޭގެފަހުން ލުޔެއް ދެވެން އޮތް ނަމަ އެކަން ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިފަހަރު ލުއިތައް ދޭނީ އެއްފަހަރަކާ ނޫން ކަމަށާއި ހާލަތު ރަނގަޅަވަމުންދާ ވަރެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 26 އިން ފެށިގެން ހަރުކަށި ކޮށްފައިވާ ފިޔަވަޅުތައް

ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު.

ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފާސް އޮންނަ މީހުން.

ކޮންމެ ގޭބީސީއަކަށް ދޫކުރެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ދެ ފާސް.

ކާފިއު ގަޑިތަކުގައި ޑެލިވަރީ ފިޔަވައި އެހެން ހިދުމަތެއް ދިނުން މަނާ.

ޑެލިވަރީ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ދަންވަރު 12:00 އަށް

ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުން ދެ ހަފްތާއަށް ހުއްޓާލުން.

ފާސް ނެތް މީހަކަށް ކަސްރަތު ކުރަން ބޭރަށް ނުކުތުން މަނާ.

ހުއްދަ ދޭ އަމިއްލަ އޮފީސްތައް ފިޔަވައި އެހެން ތަންތަން ބަންދުކުރުން.

އެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ލޮކްޑައުންގައި އަބަދު އޮތުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެން ވިޔަސް ލުއިތައް ދޭނީ ބެލެންސްކޮށް ކަމަށް ވިދާޅުވި އެވެ.

ކޮވިޑުގެ ހަތަރު ވަނަ ރާޅަކާ އެކު ރާއްޖޭގައި މި ބަލި ކޮންޓްރޯލުން ނެއްޓުނީ އެޕްރީލް މަހުގެ ތެރޭގައި ދިން ލުއިތަކުގެ ސަބަބުން ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. މިއާ އެކު ބަލީގެ ހާލަތު ގޯސްވެ މިދިޔަ މަަސްވީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި މަހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox