ކޮވިޑު ބަލި މީހުން އެޑްމިޓުކޮށްގެން ފަރުވާދެވޭ ގޮތަށް އޭޑީކޭގެ ހިދުމަތް ފުޅާކޮށްފި

އޭޑީކޭ ހޮސްޕިޓަލުގެ ސްޓާފަކު ޑިސްއިންފެކްޓު ކުރުމުގައި ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭޑީކޭ ހޮސްޕިޓަލުގެ ސްޓާފަކު ޑިސްއިންފެކްޓު ކުރުމުގައި ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑް-19 ބަލީގެ މީހުންނަށް އެޑްމިޓުކޮށްގެން ފަރުވާދެވޭ ގޮތަށް އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށްފި އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން އޭޑީކޭއިން ދަނީ ފްލޫ ކްލިނިކުގެ ހިދުމަތް ދެމުންނެވެ. އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތައް ހޮސްޕިޓަލަށް ދިޔުމުން ވެސް އެ ކްލިނިކުން ދަނީ ފަރުވާ ދެމުންނެވެ.

ނަމަވެސް، އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު "އަދަދު"އަށް ވިދާޅުވީ އެ ހިދުމަތް މިހާރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެވޭ ގޮތަށް ފުޅާކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އުސޫލުތަކާއެކު އެކަމަށް 20 އެނދުގެ ސެންޓަރެއް ގާއިމުކުރެވިފައިވާ ކަމަށް އަފްއާލް ވިދާޅުވި އެވެ.

"އެތަން ހުންނާނީ ބިލްޑިންއާ މުޅީން ވަކި ކޮށްލާފަ. އެހެން ބަލިތަކަށް ފަރުވާ ހޯދަން ދާ މީހުންނަށް އެތަނަށް އެކްސެސް ނުވެވޭ ގޮތަށް. އަދި އެ ހިސާބަށް ދާންވެސް ނުޖެހޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނީ،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑްމިޓު ކުރާނީ ޑޮކްޓަރުން ހަދާ އެސެސްމަންޓުތަކަށްފަހު ވަކި މިންގަނޑުތަކަށް ފެތޭ ބަލި މީހުން ކަމަށެވެ.

ނަމަވެސް، މިވަގުތު އެހެން ފެސިލިޓީތަކުން ފަރުވާ ހޯދަމުންދާ ބަލި މީހުން އޭޑީކޭއަށް ޓްރާންސްފާ ނުކުރާކަމަށް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި މިހާރު ކޮވިޑު ފެސިލިޓީތަކުގައި ދިމާވާ ހާލަތަށް ރިއާއަތްކޮށް، އެޑްމިޓު ކުރެވޭ ބަލި މީހުންނާއެކު އެހީތެރިއަކު ވެސް ފަރުވާގެ މުއްދަތަށް ހޮސްޕިޓަލުގައި އެޑްމިޓުކުރެވޭނެ ކަމަށެވެ.

ނަމަވެސް، އެހީތެރިންނަކީ އެހެން ބައްޔަކަށް ފަރުވާ ހޯދަމުން ނުދާ، ރަނގަޅު ސިއްހަތެއްގައި ހުރުން ފަދަ ޝަރުތުތަކެއް ފުރިހަމަވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، އެޑްމިޓުކުރާ ބަލި މީހުންނަށް އޭޑީކޭއިން އާއްމުކޮށް ފަރުވާ ހޯދުމުގެ ފީތައް ހިނގާނެ ކަމަށާއި، ނަމަވެސް، ކޮވިޑުގެ ފަރުވާއަށް ދޭ ބޭހާއި އާސަންދައިގެ ތެރެއިން ލިބޭ އެހެނިހެން ބޭސްތައް އެ އޮންނަ އިންތިޒާމެއްގެ ތެރެއިން ލިބޭނެކަން އަފްއާލް ފާހަގަކުރެއްވި އެވެ.

އަދި އެޑްމިޓު ކުރެވޭ ބަލި މީހުންނާއި އެހީތެރިންނަށް ވެސް ކޭން ބުއިމުގެ އިންތިޒާމު ހޮސްޕިޓަލުން ހަމަޖައްސައިދޭއިރު، ބޮޑަށް ބާރު އަޅަނީ ހޮސްޕިޓަލުން ބޭރުން އެއްޗެހި ނުގެނައުމަށް ކަމަށެވެ.

"އެކަމަކު އެލާޖީއެއްގެ ސަބަބުން ވަކި ހާއްސަ އެއްޗެއް ކާންޖެހޭ ޕޭޝަންޓުންނަށް ގެއިން ކާ އެއްޗެހި ގެނައުމުގެ ފުރުސަތު އޮންނާނެ. އެކަން އަޅުގަނޑުމެންގެ އިންތިޒާމުގެ ތެރެއިން ހަމަޖެހިގެންދާނެ،" އަފްއާލް ވިދާޅުވި އެވެ.

ކޮވިޑު ބަލިމަޑުކަމުގައި ގައުމީ އުސޫލުތަކެއް ހަމަޖައްސާފައިވާއިރު، އެޑްމިޓުކުރާ ބަލި މީހެއްގެ ހާލު ބޮޑުވެ، އައިސީޔޫއަށް ލާންޖެހޭ ހާލަތެއްގައި، އެކަމަށް ސަރުކާރުން ހަމަޖައްސާފައިވާ ފެސިލިޓީއަށް ފޮނުވާލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެފަދަ ފެސިލިޓީއަކަށް ގެންދިޔުމާ ހަމައަށް ބަލި މީހަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ފަދަ ވަސީލަތްތައް ހުންނާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފަރުވާ ބައްޓަންކޮށްފައިވަނީ އެފަދަ ހާލަތަކަށް ނުގޮސް، ފަރުވާދީ، ރަނގަޅުވެގެން ހޮސްޕިޓަލުން ޑިސްޗާޖުވުން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox