އެމްބިއުލާންސް ލަސްވުމުގެ ޒިންމާ ނަގަންޖެހޭ މީހުން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

Jun 2, 2021, 8:44 AM
މެންބަރު ހައިތަމް: ޒިންމާވާ މީހުން ހާޒިރުކޮށްދޭން ވަނީ އެދިފައި

މެންބަރު ހައިތަމް: ޒިންމާވާ މީހުން ހާޒިރުކޮށްދޭން ވަނީ އެދިފައި

ކޮވިޑް-19 ގައި ރޭ މަރުވި އުމުރުން 10 އަހަރުގެ އަންހެން ކުއްޖާ ބަލާ އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހަޅުއްވައިފި އެވެ.

ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދު މަރުވީ ރޭ ދަންވަރު އައިޖީއެމްއެޗު ހޮސްޕިޓަލުގައި އެމެޖެންސީކޮށް ފަރުވާދެމުން ދަނިކޮށެވެ. އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ މިޝްކާއަކީ ކޮވިޑް ބަލީގައި ރާއްޖޭގައި މަރުވި އެންމެ ހަގު އަދި ފުރަތަމަ ކުޑަކުއްޖާ އެވެ.

އެ މައްސަލައިގައި މިޝްކާގެ އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ހުރި އެ ކުއްޖާގެ ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރާ 10 މިނެޓު ފަހުން ކަމަށެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއަށާއި އައިޖީއެމްއެޗްއަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މެންބަރު ހައިތަމް މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ހާދިސާތައް ތަކުރާރުވަމުންދާ ސަބަބު ދެނެގަތުން މުހިންމު ކަމަށެވެ.

ސިއްހީ ފަރުވާ ލިބުން ލަސްވާ ސަބަބާއި އެކަން މިއަށް ވުރެން ފަރުވާތެރި ކަމާއިއެކު ނުގެންދެވޭ ސަބަބާއި، މާލޭގެ އާބާދީ އާއި އެކަށީގެން ވާވަރަށް ހިދުމަތް ދެވޭނެ އަދަދަށް ސިއްހީ އާލާތްތަށް ހުރިތޯ ބެލަން ޖެހޭކަން ހައިތަމް ފާހަގަކުރެއްވި އެވެ.

"އަދި މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކާއި ސުވާލު ކުރެވެންޖެހޭ،" ހައިތަމް ހުށަހެޅުއްވި މައްސަލާގައިވެ އެވެ.

ހައިތަމް އެދިވަޑައިގެންފައިވަނީ، މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރުކޮށް މިމައްސަލަ ވީހާވެސް އަވަސް ފުރުސަތެއްގައި ބެލުމަށެވެ.

އެ މައްސަލައިގައި ހެލްތު މިނިސްޓްރީން މިއަދު ބުނެފައި ވަނީ މިޝްކާ ބަލައި އެމްބިއުލެންސް ފޮނުވި ވަގުތުގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެމެޖެންސީގައި އެމްބިއުލެންސް ފޮނުވަން ހަމަޖެހިފައިވާ ގޮތްތަކަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިހާރު ވަނީ މައްސަލަ ބަލަން ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox