ކޮވިޑް ބަލީގެ މީހުންނަށް އޭޑީކޭން ވެސް ފަރުވާ ދޭން ފަށައިފި

އޭޑީކޭގައި ފަރުވާ ދެނީ: ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް އެ ހޮސްޕިޓަލުން ވަނީ ފަރުވާ ދޭން ފަށައިފައި-- ފޮޓޯ: އޭޑީކޭ

އޭޑީކޭގައި ފަރުވާ ދެނީ: ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް އެ ހޮސްޕިޓަލުން ވަނީ ފަރުވާ ދޭން ފަށައިފައި-- ފޮޓޯ: އޭޑީކޭ

ކޮވިޑް ޖެހިފައިފައިވާ މީހުންގެ ތެރެއިން ހާލު ބޮޑުނުވާ މީހުންނަށް ސިއްހީ ފަރުވާ ދިނުމުގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ފަށައިފި އެވެ.

އޭޑީކޭން ކޮވިޑް ބަލީގެ މީހުންނަށް ފަރުވާ ދޭން ފެށީ މި ހަފްތާގެ ތެރޭގަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އަފްއާލް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން ޑޮކްޓަރަށް ދައްކަން އެޗްއޯއީސީގައި އެދެމުންދާ ބައެއް މީހުންނަށް އާސަންދައިގެ ތެރެއިން ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ކޮންމެ ދުވަހަކު ވެސް އެ ހޮސްޕިޓަލުން ހަމަޖައްސައިދޭ ކަމަށެވެ.

އަދި، އެ މީހުންނަށް ދޭ ބޭސް ވެސް އާސަންދައިގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭގައި މިހާރު ވަނީ ފްލޫ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ. އެތަނުން ވެސް ޑޮކްޓަރަށް ދެއްކުމާއި ބޭސް އާސަންދައިގެ ތެރެއިން ހިލޭ ލިބޭނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ، ކޮވިޑަށް ހަދާ ޓެސްޓާއި އެހެން ބައެއް ޓެސްޓްތަކަށް މިހާރު ފައިސާ ދައްކަން ޖެހުނު ނަމަވެސް، އެ ހިދުމަތްތައް ވެސް އާސަންދައިގެ ތެރެއިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފްލޫ ކްލިނިކްގައި ނުޖެހޭނެ ކިޔޫގައި ތިބެން ވެސް. ކިޔުބީ ނަމްބަރު ނަގައިގެން ނަމްބަރު ޖެހެން ކައިރި ވީމަ ހޮސްޕިޓަލަށް ވަޑައިގެންނެވޭނެ،" އަފްއާލް ވިދާޅުވި އެވެ.

ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ލޭ އަޅަން ޖެހޭ މީހުންނާއި ބޭސް ބަދަލު ކުރަން ޖެހޭ މީހުންފަދަ ފަރުވާތައް ބޭނުންވާ މީހުންނަށް ޑޭ ޓްރީޓްމަންޓް ސެންޓަރެއް ވެސް އޭޑީކޭގައި ގާއިމްކޮށްފައިވެ އެވެ.

އެތަނަށް ގުޅޭނެ ހޮޓްލައިނަކީ 3300335 އެވެ. ސެލްފް ރަޖިސްޓްރޭޝަން ފޯމެއް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އޭޑީކޭން އާއްމުކޮށްފައިވެ އެވެ.

ކޮވިޑް ޖެހިފައިވާ މީހުންނަށް ފަރުވާ ދޭން އޭޑީކޭން ބޭނުން ކުރަނީ ކެންޓީނާ ޖެހިގެން ހުންނަ އިމާރާތެވެ.

އަފްއާލް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުން ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދޭން ފެށީ މާލެ ސަރަހައްދުގައި ބަލި އިންތިހާއަށް ފެތުރެމުންދާތީ، ސިއްހީ ހިދުމަތްދޭ ތަންތަނަށް ބާރުބޮޑުވާން ފެށުމުން އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވެސް ވަރަށް ގިނަ މުވައްޒަފުން ކަރަންޓީންގައި އެބަތިބި. މުވައްޒަފުންގެ ދަތިކަން ބޮޑު. އެކަމަކު މިހާލަތުގައި ދެވެން ހުރި ހިދުމަތްތައް ދޭން ވެގެން އަޅުގަނޑުމެން ވެސް މި މަސައްކަތް ކުރަނީ،" އަފްއާލް ވިދާޅުވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހިދުމަތްތައް ވެސް ދޭން ފަށާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

ކޮވިޑްގައި ހާލު ބޮޑުވާ މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. އެތަންތަނުގެ ޖާގައިގެ ދަތިކަން ބޮޑުވެފައިވާއިރު ހުޅުމާލޭގައި އިތުރު ފެސިލިޓީއެއް ހަދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މި މަހަކީ ރާއްޖޭން ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވި މަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox