ޝައްކު ކުރެވުނު ދެ މީހުންގެ ވެސް ބްލެކް ފަންގަސް އެއް ނޫން

އައިޖީއެމްއެޗްގެ ލެބޯޓްރީގައި ޓެސްޓްތަކެއް ހަދަނީ: ބްލެކް ފަންގަސްއަށް ޝައްކު ކުރެވުނު ދެ މީހުންގެ ނަތީޖާ ވެސް ނެގަޓިވް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އައިޖީއެމްއެޗްގެ ލެބޯޓްރީގައި ޓެސްޓްތަކެއް ހަދަނީ: ބްލެކް ފަންގަސްއަށް ޝައްކު ކުރެވުނު ދެ މީހުންގެ ނަތީޖާ ވެސް ނެގަޓިވް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ވަރަށް މަދުން ފެންނަ ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ މިޔުކޯމައިކޮސިސް ނުވަތަ "ބްލެކް ފަންގަސް" އަށް ޝައްކު ކުރެވިގެން ޓެސްޓް ހެދި ދެ މީހުންގެ ނަތީޖާ ވެސް ނެގަޓިވް ވެއްޖެ އެވެ.

އައިޖީއެމްްއެޗްގެ ސީނިއާ ޑޮކްޓަރަކު "އަދަދު" އަށް ޔަގީން ކޮށްދީފައިވާ ގޮތުގައި ބްލެކް ފަންގަސް ކަމަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި މީހުންގެ ނަތީޖާއިން އެ މީހުންގެ ގައިން ފެނުނީ ބްލެކް ފަންގަސް ނޫންކަން ވަނީ ޔަގީންވެފަ އެވެ.

"ފަންގަސް އަށް ޓެސްޓް ކުރުމަކީ ހަމަ އާއްމު ރޫޓިން. އެ ދެ ޕޭޝެންޓުންގެ ރިޕޯޓްވެސް ވަނީ ލިބިފައި. ރާއްޖޭން މިހާތަނަށް އެ ބަލި ފެނިފައެއް ނުވޭ،" ޑޮކްޓަރު ވިދާޅުވި އެވެ.

ބްލެކް ފަންގަސް ހުރި ކަމަށް ޝައްކު ކުރެވުނު އެކަކަކީ ކޮވިޑު ޖެހި އެ ބަލިން ފަސޭހަ ވެފައި ހުރި މީހެކެވެ. އަވައްޓެރި އިންޑިއާގައި ހަލުވި ކަމާއެކު އެ ބަލި ޖެހެމުން ދަނީ ކޮވިޑާއެކު އެވެ.

އާއްމުކޮށް ވަރަށް މަދުން ފެންނަ މި އިންފެކްޝަނަކީ ހަކުރު ބަލީގެ މީހުންނާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފުރާނައަށް ނުރައްކާވެދާނެ އިންފެކްޝަނެކެވެ. އެގޮތުން ކެންސަރާއި އެއިޑްސް ބަލީގެ މީހުންނަށް ވެސް ނުރައްކާ ބޮޑެވެ. ނަމަވެސް ބްލެކް ފަންގަސްއަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ބްލެކް ފަންގަސް އިންފެކްޝަން ހަށިގަނޑުގައި އާއްމުކޮށް ފެތުރެނީ ވެއްޔާއި، ގަހާއި، ގަސް ކާނާގެ ގޮތުގައި ބޭނުން ކުރާ ޖަނަވާރުގެ ނަޖިސް އަދި ކުނިވަމުންދާ މޭވާ އާއި ތަރުކާރީގައި ހުންނަ މިއުކާ މޯލްޑް ހަށިގަނޑުގެ ތެރެއަށް ވަނުމުންނެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ އިންޑިއާގައި ބްލެކް ފަންގަސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޑޮކްޓަރުން ލަފާކުރަނީ ބްލެކް ފަންގަސް އިތުރުވީ ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރާ ސްޓިރޮއިޑްސްގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ތަޖުރިބާކާރު ޑޮކްޓަރުން ބުނާ ގޮތުގައި ބްލެކް ފަންގަސް އަކީ ދިފާއީ ނިޒާމު ދަށް މީހުންނަށް ޖެހުމުގެ ފުރުސަތު އޮތް ބައްޔެކެވެ. ކޮވިޑުގެ ސަބަބުން އެ ބަލި ފެތުރުން އިތުރުވެފައިވަނީ ސްޓެރޮއިޑްފަދަ ބޭސްތަކުގެ އަސަރުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އެންމެ ގިނަ ބަޔަކު ބިރުގަންނަ އެއް ސަބަބަކީ ބްލެކް ފަންގަސް އަކީ ކޮވިޑުގެ ގޮތަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވެދާނެތީ އެވެ. ނަމަވެސް ޑޮކްޓަރުން ބުނާ ގޮތުގައި މިއީ އެގޮތަށް ފެތުރޭ ބައްޔެއް ނޫނެވެ.

ބްލެކް ފަންގަސްއަށް ދޭ ބޭސް ލިބުން އިންޑިއާގައި ވެސް ވަނީ ދަތިވެފަ އެވެ. އެ ބައްޔަށް ފަރުވާ ދޭން ބޭނުން ކުރާ އެމްފޯޓެރިސިންބީގެ ބޭސް ރާއްޖޭގައި ވެސް ނެތް ކަމަށް ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox