ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ގައުމުން ފުރުން މަނާކޮށްފި

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝޭހްބާޒް ޝަރީފް.-- ފޮޓޯ: އޭޝިއާ ޕޯސްޓް

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝޭހްބާޒް ޝަރީފް.-- ފޮޓޯ: އޭޝިއާ ޕޯސްޓް

ކޮރަޕްޝަން މައްސަލަތަކެއްގައި ހިމެނޭ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝޭހްބާޒް ޝަރީފް އެ ގައުމުން ފުރުން މަނާކޮށްފި އެވެ.

މި މަހުގެ ކުރީކޮޅު ލާހޯރުގެ ހައި ކޯޓުން ވަނީ ޖަލުގައި ބަންދުކޮށްފައި ހުރި ޕާކިސްތާން މުސްލިމް ލީގް ޕާޓީގެ ރައީސް ޝޭހްބާޒް ބޭސް ފަރުވާއަށް ގައުމުން ފުރުމުގެ ހުއްދަ ދީފަ އެވެ.

އުމުރުން 69 އަހަރުގެ ޝޭހްބާޒް މަސައްކަތް ކުރީ މެއި 8 ވަނަ ދުވަހު ލަންޑަނަށް ފުރުމަށެވެ. ނަމަވެސް ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީން އޭނާ ހުއްޓުވީ އެއާޕޯޓުގައި ހުއްޓަ އެވެ.

Advertisement

ޝޭހްބާޒަށް ނުފުރުނީ ބްލެކްލިސްޓުގައި ނަން އޮތުމުން ކަމަށް އެފްއައިއޭއިން އޭރު ބުންޏެވެ. އިންޓީރިއާ މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ ކެބިނެޓުން ކޮރަޕްޝަން މައްސަލަތަކާ މެދު ކަންބޮޑުވާތީ ކަމަށެވެ.

ޝޭހްބާޒް ފުރަން އެދުނުއިރު އެއްވެސް މެޑިކަލް ލިޔުމެއް ވެސް ހުށަހަޅާފައި ނުވާ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އޭނާ މިދިޔަ ހަފްތާގައި ވިދާޅުވީ ކެންސަރަށް ފަރުވާ ކުރަން ޖެހޭ ކަމަށެވެ.

ލަންޑަނާއި ނިއު ޔޯކުން ކުރިން ފަރުވާ ހޯދި ކަމަށާއި ޖަލުގައި ހުރެ ހެދި ޓެސްޓުތަކުން އަވަސް ފަރުވާ މިހާރު ބޭނުންވާކަން ހާމަވެފައިވާ ކަމަށް ޝާހްބާޒް ވިދާޅުވި އެވެ.

ޝޭހްބާޒްގެ ބޭބެ، ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މައްޗަށް ވެސް ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލުގައި ހުއްޓާ ބޭސް ފަރުވާ އަށް 2019 ވަނަ އަހަރު ލަންޑަނަށް ދިޔަ ގޮތަށް އަނބުރާ ގައުމަށް ނާދެ އެވެ.

އިންޓީރިއާ މިނިސްޓްރީން ބުނީ އޭރު ނަވާޒަށް ޖާމިނުވީ ޝޭހްބާޒް ކަމަށާއި އެހެންވެ މިހާރު އޭނާއަށް އިތުބާރު ކުރެވެން ނެތް ކަމަށެވެ.

ނޭޝަނަލް އެކައުންޓެބިލިޓީ ބިޔުރޯއިން ބުނީ ޝޭހްބާޒްގެ އާއިލާގެ މުއްސަނދިކަމުގެ ގޮތުގައި 1990 އާ ހަމައަށް ހުރީ 16.5 މިލިއަން ޕާކިސްތާން ރުޕީޒް (107،896 ޑޮލަރު) ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު އައިއިރު އެ އަދަދު ވަނީ ހަތް ބިލިއަނަށް އިތުރުވެފަ އެވެ. މިއީ އާމްދަނީއާ ނުބައްދަލު އަދަދެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox