އަލިފު ބާ އެނގުމާއި އަލިފުން ޔާ އަށް އެނގުން

ފިޒިކްސް އިލްމުން ނޮބެލް އިނާމް ހާސިލްކޮށްފައިވާ ސައިންސްވެރިޔާ ރިޗާޑް ފައިންމަން.

ފިޒިކްސް އިލްމުން ނޮބެލް އިނާމް ހާސިލްކޮށްފައިވާ ސައިންސްވެރިޔާ ރިޗާޑް ފައިންމަން.

ފިޒިކްސް އިލްމުން ނޮބެލް އިނާމް ހާސިލްކޮށްފައިވާ ސައިންސްވެރިޔާ ރިޗާޑް ފައިންމަން އިލްމު އުނގެނުމުގައި ބޭނުންކުރެއްވި އުކުޅު މަޝްހޫރުވެފައި ވަނީ ފައިންމަން ޓެކްނީކްގެ ނަމުންނެވެ. ފައިންމަން ޓެކްނީކްއަކީ ކުރުކޮށް ބުނާނަމަ ދަސްކުރަން ބޭނުންވާ މައުލޫއާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ މީހާއަށް ވެސް ނަގައިގަނެވޭނެހާ ތިލަކޮށް ބުނެދޭން އެނގޭ ވަރަށް ފުނަށް އެ މައުލޫއެއް ދަސްކުރުމެވެ. ފަސޭހަ ކަމެކޭ ހީވެދާނެ އެވެ. މިދަންނަވަނީ މައުލޫއާ ބެހޭ ގޮތުން އަލިފު ބާ ވެސް އެނގިފައި ނެތް މީހަކަށް ކިޔައިދޭން އެނގޭނެ މިންވަރަށް ދަސްކުރުމުގެ ވާހަކަ އެވެ. ބުނާ އެއްޗެއް ވިސްނުމަށް ނަގައިގަންނަން ބޭނުންވާ އެންމެ އަސާސީ ކަންކަން ނުވަތަ ބޭސިކް ވެސް ނޭނގޭ މީހަކަށް ބުނެދޭން އެނގޭނެ ވަރަށް ދެނެގަތުމުގެ ވާހަކަ އެވެ.

ދުވަހަކު ވެސް ކުޑަކުއްޖަކަށް ނުވަތަ ސްކޫލަށް ގޮސް ކިޔެވުމުގެ ނަސީބު ލިބިފައިނެތް ދޮށީ އުމުރުގެ މީހަކަށް ސްކޫލުގައި ކިޔެވި ސައިންސް މައުލޫއެއް ނުވަތަ އެނޫންވެސް ފިލާވަޅެއް ބުނެދޭން އުޅުނިން ހެއްޔެވެ؟ ތިބާގެ ވާހަކަ އެފަދަ މީހަކު އަޑު އެހުމާއި ނޭހުމަކީ އެހެން ކަމެކެވެ. ސުވާލަކީ ވަގުތުދީގެން އަޑު އަހައިގެން އިންނަމަވެސް ބުނެދޭން އެނގޭނެތޯ އެވެ. ބުނެދޭން ނޭނގޭނަމަ އެހެން އެވީ އެމީހުންނަށް އެއްޗެއް ނޭނގުމުގެ ބަދަލުގައި ތިބާއަށް އެންމެ ރަނގަޅަށް މައުލޫ އޭގެ ފުންމިނަށް ދަސްވެފައި ނެތީމައި ކަމަށް ވެދާނެ އެވެ. ރިޗާޑް ފައިންމަން ދެކޭ ގޮތުގައި ސަބަބަކީ އެއީ އެވެ. ފިޒިކްސް އިލްމުން ނޮބެލް އިނާމް ހާސިލްކޮށްފައިވާ އަދި ދުނިޔެ ދުށް އެންމެ ވިސްނުންތޫނު އެއް ސައިންސްވެރިޔާކަމަށް ވަރަށް ގިނަ ބަޔަކު ދެކޭ އަލްބާޓް އައިންސްޓައިން ވެސް ފައިންމަން ގެ ވާހަކައަށް ބާރު ލިބޭ ފަދަ ބަސްކޮޅެއް ބުނެފައި ވެ އެވެ.

"ތިބާއަށް ސާދާ ބަހުން މީހަކަށް އެއްޗެއް ބުނެދޭން ނޭނގޭ ކަމުގައި ވާނަމަ ތިބާއަށް އެންމެ ރަނގަޅަކަށް ނޭނގެ އެވެ."

ބައެއް މީހުން އާންމުންނަށް ނޭނގޭ ބޮޑެތި ބަސްތަކެއް ބޭނުންކޮށްގެން ވާހަކަދައްކާއިރު އަޑުއަހާ މީހާއަށް އެއީ ވަރަށް ތައުލީމީ އަދި ވިސްނުންތޫނު މީހެކޭ ހީވިޔަސް ވާހަކަ ދައްކާ މީހާއަށް ހަގީގަތުގައި މި ކިޔެނީ ކީކޭކަން ނޭނގުމަކީ ވެސް ވެދާނެކަމެކެވެ. ސްކޫލްގައި ޓެސްޓުން މަތިން މާކްސް ހޯދަން ބޭނުންވާތީ ހަމައެކަނި ހިތުދަސްކޮށްލި އެއްޗެހީގައި ހަގީގަތުގައި ބުނަނީ ކީކޭކަން ނޭނގޭނަމަ އެއީ ހަގީގީ އިލްމު ލިބިފައި ނެތީ އެވެ.

މިސާލަކަށް ކޮވިޑް19 ޕެންޑެމިކްގެ މި ދުވަސްވަރު ވެކްސިނާ ގުޅޭ ގޮތުން ތަފާތު ވާހަކަ ދެކެވުން ދާއިރު ވެކްސިން އެއީ ހަގީގަތުގައި ކޯއްޗެއްކަން ނުވަތަ ވެކްސިން މަސައްކަތް ކުރާގޮތް ދޮށީ އުމުރުގެ މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ކިޔައިދޭން އުޅުނިން ހެއްޔެވެ؟ މިސާލަކަށް ސިނޮފާމްގެ ކޮވިޑް19 ވެކްސިނަކީ ބާރުކަނޑުވާ މަރާލާފައިވާ ކޮރޯނާ ވައިރަސްކަމާއި އެ ވެކްސިން ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަސްލު ކޮރޯނާ ވައިރަސް ދެނެގަނެ އެ ވައިރަހަށް ހަމަލާން ދޭން އެނގޭނެ ކަމަށް ބުނެވިދާނެ އެވެ. ކޮވިޝީލްޑް ވެކްސިންއަކީ އިންސާނުން ހަށިގަނޑުގައި ވައިރަސްގެ އިތުރު ނަކަލުތައް އުފެދި ގިނަ ނުވާނެ ކަހަލަ ވައިރަހަކަށް ކޮވިޑް19 ޖައްސާ ވައިރަހުގެ ޑީއޭންއޭ ލައްވައިގެން ކޮރޯނާ ވައިރަސްއާއި އެއްގޮތް ސިފަ ޖެއްސުމަށްފަހު ވައިރަލް ވެކްޓާ ވެކްސިންގެ ނަމުން ނަން ދެވިފައިވާ ވައްތަރެއްގެ ވެކްސިނެއް ކަމަށް ބުނެވިދާނެ އެވެ.

ކުޑަ ކުއްޖަކަށް މަތީގައި ބުނެވުނު ގޮތަށް ކިޔައިދީފި ނަމަ ކުޑަކުއްޖަކު ފަހަރެއްގައި ޑީއެންއޭ އަކީ ކޯޗެއްތޯ ސުވާލުކޮށްފާނެ އެވެ. ދިފާއީ ނިޒާމަކީ ކޯޗެއްތޯ ސުވާލުކޮށްފާނެ އެވެ. ދިފާއީ ނިޒާމުން އުފައްދާ އެންޓިބޮޑީސް އިން ވައިރަސް މަރާލަނީ ކަޑިން ޖަހާފައި ތޯ ނޫނީ ގޮއްމުށުން ތަޅައިގެންތޯ ސުވާލުކޮށްފާނެ އެވެ. ދިފާއީ ނިޒާމުން އުފައްދާ އެންޓިބޮޑީސްއަށް ވައިރަސް ފެނުނީމާ ވަކި ކުރަން އެނގެނީ ހަނދާން ގަދަވެފައި މޮޅުވީމައި ހެއްޔޭ ވެސް އަހާފާނެ އެވެ. ހިނިއަންނަ ކަހަލަ ސުވާލުތަކެއް ކަމަށް ވިޔަސް ޖަވާބުދޭން އެނގޭނެ ހެއްޔެވެ. ހިނިގަނޑެއް ޖަހާލާފައި ހާދަ މޮޔަ ކުއްޖެކޭ ބުނެފައި ސަމާސާއަކަށް ހަދާލެވިދާނެ އެވެ. ނަމަވެސް ކުޑަކުއްޖާގެ ސުވާލު ނުބައެއް ނޫނެވެ. ހަގީގަތުގައި ކުއްޖާގެ ސުވާލަކީ ދިފާއީ ނިޒާމުން އުފައްދާ އެންޓިބޮޑީސް އެއީ އޭގެ ޒާތުގައި ކިހިނެއް ހުންނަ އެއްޗެއްތޯ އެވެ. އެންޓިބޮޑީސް އިން ވައިރަސް މަރާލަން ބޭނުން ކުރާ އުކުޅަކީ ކޮބާ ހެއްޔެވެ؟ އެންޓިބޮޑީސް އިން ވައިރަސް މަތިން ހަމަ "ހަނދާން" ހުންނަނީ ހެއްޔެވެ؟ އެއީ ކިހިނެއް ވާކަމެއް ހެއްޔެވެ. ހައްތަހާވެސް ރަނގަޅު ސުވާލެވެ. ވެކްސިން އާއި ދިފާއީ ނިޒާމަކީ މިލިޔުމުގެ މައުލޫއެއް ނޫނެވެ. އެހެން ކަމުން އެ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވާ މީހުނަށް އެކަން ދޫކޮށްލާނަމަވެ. އެ މައުލޫ އާ ގުޅޭގޮތުން ކިޔުންތެރިޔާގެ ހިތުގައި ތިޔަ އުފެދުނު ސުވާލުތަކަށް ޖަވާބުދޭން އެނގޭ ވަރަށް އެ މައުލޫ ތެރެއަށް އަޅުގަނޑަށް ވަދެވިފައެއް ނެތެވެ.

މަތީގައި ދެންނެވުނު ފަދަ ސުވާލު ކުރުމަކީ ކުޑަކުއްޖާގެ މޮޔަކަމުން ކުރާ ސުވާލެއް ނޫނެވެ. އެފަދަ ސުވާލު ކުޑަކުއްޖަކު ކުރުމަކީ އުމުރުގެ ގޮތުން ފަހަރެއްގައި ވިސްނުންތޫނުކަމުގެ އަލާމާތަކަށް ވެދާނެ އެވެ. އެއީ ކަންކަން ދަސްކުރުމުގެ ޝައުގުވެރިކަމެވެ. ކުޑަކުދިން ކުރާ މިފަދަ ސުވާލަށް ސަމާސާ ނުވަތަ ދޮގު ޖަވާބުގެ ބަދަލުގައި ސީރިއަސް ޖަވާބު ދިނުން މުހިންމެވެ. ޖަވާބު ނޭނގޭނަމަ ނޭނގެއޭ ބުނުންވެސް މާރަނގަޅެވެ. ނޫންނަމަ އެނގޭ މީހަކު ކައިރީ އަހާފައި ޖަވާބު ދެވިދާނެ އެވެ. މައުލޫއާ މާދުރަށް ނުގޮސް ފައިންމަން ޓެކްނީކް ބޭނުންކޮށްގެން ކަންކަން ފަސޭހައިން ދަސްކޮށް ވިސްނުމަށް ނަގައި ގަންނާނެ ގޮތުގެ މައުލޫއަށް ޖެހިލާނަމެވެ.

ފައިންމަން ޓެކްނީކްގެ ފުރަތަމަ ފިޔަވަޅަކީ މައުލޫ ހިޔާރު ކުރުމެވެ. ދެވަނަ ފިޔަވަޅަކީ މައުލޫއާ ބެހޭގޮތުން މިހާރު އެނގިހުރި މިންވަރަކުން ލިޔުމެވެ. ލިޔާއިރު ލިޔާނީ ފޮތްތަކާއި އިންޓަނެޓް ބޭނުން ނުކޮށް ހަނދާނުގައި ހުރި މިންވަރަކަށެވެ. މަޒުމޫނެއް ގޮތަށް ލިޔުން ލާޒިމެއް ނޫނެވެ. ނުކުތާތަކެއްގެ ގޮތަށް ވެސް ލިޔެވިދާނެ އެވެ. ލިޔާއިރު ލިޔަންވާނީ މައުލޫއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ މީހަކަށް ބުނެދޭން ލިޔާ އެއްޗެއް ކަމަށް ހިތަށް އަރުވައިގެންނެވެ. ލިޔާއިރު އެއްވެސް ބޮޑުބަހެއް ނުވަތަ މައުލޫގެ ބޭސިކް ނޭނގޭ މީހަކަށް ނޭނގޭނެ ބަހެއް ބޭނުން ނުކުރާށެވެ. ވީހާވެސް ސާދާކޮށް ބަސްމަގު ގެންގުޅޭށެވެ. ވީހާވެސް ތިލަކޮށް ބުނެދޭން މަސައްކަތް ކުރާށެވެ.

ތިންވަނަ ސްޓެޕްގައި ތިބާއަށް ލިޔެވިފައިވާ އެއްޗެހީގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ބުނެދޭން ނޭނގިފައި ވަނީ ކޮން އެއްޗެއްތޯ ބެލުމެވެ. ލިބިފައިވާ އިލްމުގައި ހުރި ފޫނުބެދޭ ތަންތަން ހޯދާށެވެ. ނޭނގެނީ ކޮން އެއްޗެއްތޯ ބެލުމަށް ފަހު އެކަމާ ގުޅޭ ގޮތުން އިންޓަނެޓުން ނުވަތަ ފޮތްފޮތުން މައުލޫމާތު ހޯދާށެވެ. އެއަށް ފަހު ލިޔުން އިތުރަށް ފުރިހަމަ ކުރަން މަސައްކަތް ކުރާށެވެ. ފުރަތަމަ ލިޔަން ފެށި މައުލޫ އެންމެ ރަނގަޅަށް ދަސްކުރަން ކޮންމެހެން އެނގެންޖެހޭ އިތުރު އެހެން މައުލޫ އެއްވެސް ފެނިދާނެ އެވެ. އެހެން ވެއްޖެނަމަ އެމައުލޫ ދަސްކުރަން ފައިންމަން ޓެކްނީކްގެ ފުރަތަމަ ސްޓެޕުން ފަށާށެވެ. ފައިންމަން ޓެކްނީކްގެ ބޭނުމަކީ ކަމަކާ ބެހޭ ގޮތުން އެނގޭ މިންވަރު އިތުރުކޮށް ލިބިފައިވާ އިލްމުގެ ފުންމިން އިތުރުކުރުމެވެ.

ހަތަރުވަނަ ފިޔަވަޅުގައި ކުރަންވީ ކަމަކީ ތިން ވަނަ ފިޔަވަޅުގައި ދަސްކުރި އެއްޗެހި އަލުން ތަރުތީބުން ލިޔުމެވެ. ފަށައިގެން ކިޔައިފިނަމަ އެ މައުލޫއާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ މީހާއަށް ވެސް ފަސޭހަކަމާއެކު ވާނުވާ އެނގޭނެ ގޮތަކަށް ލިޔަން އިސްކަންދޭށެވެ. އެއަށްފަހު އަލުން ކިޔާލާށެވެ. ފޫނުބެދޭ ނުވަތަ ރަނގަޅަށް ނޭނގޭ ކަމެއް ފެނޭތޯ ބަލާށެވެ. އެފަދަ ކަމެއް ފެނިއްޖެނަމަ ދަސްކުރުން ކުރިޔަށް ގެންދާށެވެ.

ފައިންމަން ޓެކްނީކް ބޭނުންކުރާއިރު މޮޅު އިތުރު ގޮތަކީ ޕޮއިންޓް ފޯމަށް ނުވަތަ ނޯޓްތަކެއް ގޮތަށްވެސް ލިޔުމެވެ. ނަމަވެސް ލިޔަން ބޭނުން ނޫންނަމަ ހިތުންވެސް ފައިންމަން ޓެކްނީކްގެ ސްޓެޕްތައް ހެދިދާނެ އެވެ. ފައިންމަން ޓެކްނީކް ބޭނުން ކުރެވޭނީ ހަމައެކަނި ކިޔެވުމަށް އެކަންޏެއް ނޫނެވެ. އެކަމަކާ ބެހޭ ގޮތުން ދަސްކުރަން ބޭނުންވާ ކޮންމެ ކަމެއް ދަސްކުރުމަށް ވެސް ފައިންމަން ޓެކްނީކް ބޭނުން ކުރެވިދާނެ އެވެ. ކަމަކާ މެދު ގޮތެއް ނިންމާއިރު އެނގެން ޖެހޭ ކަންކަން ރަނގަޅަށް އެނގިހުރެ ގޮތެއް ނިންމަން ބޭނުންވާ މީހަކަށް ވެސް ފައިންމަން ޓެކްނީކް ބޭނުން ކުރެވިދާނެ އެވެ.

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox