ކޮވިޑާހެދި އާ ކައުންސިލަރުން ހުވާކުރުން އޮންލައިންކޮށް

ރޭ އެއްޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑީޖީ އާދަމް ޝަރީފް މައުލޫމާތު ދެއްވަނީ. -ފޮޓޯ: އެޗްއީއޯސީ

ރޭ އެއްޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑީޖީ އާދަމް ޝަރީފް މައުލޫމާތު ދެއްވަނީ. -ފޮޓޯ: އެޗްއީއޯސީ

ރާއްޖޭގައި މިހާރު ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާތީ، މިދިޔަ މަހު ކައުންސިލްތަކަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އޮންލައިންކޮށް ކުރިއަށް ގެންދަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފި އެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައި އޮތީ އަންނަ ހޯމަ ދުވަހަށެވެ.

ނަމަވެސް، މާލޭގެ އިތުރުން ގިނަ ރަށްތަކަށް ކޮވިޑު ފެތުރި، ބައެއް ރަށްތައް ލޮކްޑައުންކުރަންޖެހިފައިވާއިރު، ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެކަމާ ގުޅޭގޮތުން ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކޮވިޑުގެ ސަބަބުން އިންތިހާބު ފަސްކުރަންޖެހުމުން އާ ކައުންސިލަރުން އިންތިހާބު ނުކުރެވި ވެސް ގިނަ ދުވަސްތަކެއްވެފައިވާއިރު، ކައިރި މުސްތަގުބަލެއްގައި ކޮވިޑުގެ ހާލަތު ރަނގަޅުވާނެ މަންޒަރެއް ވެސް އަދި ނުފެންނަ ކަމަށެވެ.

އަދި އާ ކައުންސިލަރުން ހުވާކުރުން ލަސްވާ ކޮންމެ ދުވަހަކީ ކައުންސިލުތައް ހިންގުމަށް އިތުރު ހުރަހެއް އެޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، އިންތިހާބުވި ބޭފުޅުން ކައުންސިލުތަކާ ހަވާލުވުން އިތުރަށް ފަސްކުރެވެން ނެތްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ހުރިހާ ކައުންސިލަރުން ވެސް އޮންލައިންކޮށް ހުވާކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ވެސް ހުވާ ކުރުމުގެ ކަންކަން ދާނީ އޮންލައިންކޮށް. ޕަބްލިކަށް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ މިހާރު ހުރި މީސް މީޑިޔާގެ ލައިވް ޕްލެޓްފޯމުތަކުގެ ތެރެއިން،" ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ފަނޑިޔާރުން ނެތް ރަށްރަށުގައި ތިބި ކައުންސިލަރުންނަށް ހުވާލައިދެއްވާނީ އޮންލައިންކޮށް ކަމަށެވެ.

ނަމަވެސް، އަންނަ ހޯމަ ދުވަހުގެ ކުރިން އެއް ރަށުން އަނެއްް ރަށަށް ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅު ލުއިކޮށްފި ނަމަ، ކުރިން ވެސް ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އިތުރަށް ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެ އިންތިހާބެއް އެކުގައި ބޭއްވިއިރު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. މީގެ ތެރެއިން ކައުންސިލްތަކަށް 982 މީހަކު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 930 މީހުންނާ އެކު ޖުމްލަ 1912 މީހުން އިންތިހާބު ކުރަން ޖެހުނެވެ.

އެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން ވަނީ 400 ގޮނޑިއާއެކު ކައުންސިލުތަކުގެ އަގުލަބިއްޔަތު ނަގައިފަ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ކާމިޔާބުވީ 325 ގޮނޑި އެވެ.

ނަމަވެސް، މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތާއި ކުރިން އެމްޑީޕީގެ ތާއީދު ބޮޑު ބައެއް ރަށްތަކުން ވެސް މުހިއްމު ގޮނޑިތަކެއް އިދިކޮޅުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox