ހާލަތު ގޯސްވެ މެލޭޝިއާ ލޮކްޑައުންކޮށްފި

މިއީ ކޮވިޑާ ގުޅިގެން މެލޭޝިއާ ލޮކްޑައުން ކުރި ތިން ވަނަ ފަހަރު.-- ފޮޓޯ: ރޮއިޓާޒް

މިއީ ކޮވިޑާ ގުޅިގެން މެލޭޝިއާ ލޮކްޑައުން ކުރި ތިން ވަނަ ފަހަރު.-- ފޮޓޯ: ރޮއިޓާޒް

މެލޭޝިއާގައި ކޮވިޑުގެ ހާލަތު ގޯސްވަމުން ދާތީ މޭ 12 ވާ ބުދަ ދުވަހުން ފެށިގެން ލޮކްޑައުން ކުރަން ނިންމިކަން ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން އިއުލާނު ކުރައްވައިފި އެވެ.

ބޮޑު ވަޒީރު ވިދާޅުވީ އެގޮތަށް ނިންމީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ މިއަދު ބައްދަލުވުމުގައި ކަމަށެވެ. އެ ކައުންސިލަކީ ބަލިމަޑުކަމާ ގުޅޭ މުހިއްމު ނިންމުންތައް ނިންމާ ކައުންސިލެވެ.

މިއީ މިދިޔަ މާޗް މަހުން ފެށިގެން މެލޭޝިއާ ލޮކްޑައުން ކުރި ތިން ވަނަ ފަހަރެވެ. އަދި މި ފަހަރުގެ ލޮކްޑައިން މީގެ ކުރީ ދެ ފަހަރަށް ވުރެ މާ ހަރުކަށި ވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޮޑު ވަޒީރު ވިދާޅުވީ ލޮކްޑައުން ކުރި ނަމަވެސް އިގްތިސާދީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ. އެކަމަކު އިޖުތިމާއީ ހުރިހާ ކަމެއް ބަންދު ވާނެ އެވެ. އެގޮތުން ރެސްޓޯރެންޓުތަކުގައި ކެއުން މަނާކޮށް، މެލޭޝިއާގެ އެތެރޭގައި ދަތުރު ކުރުމަށް ގިނަ ހުރަސްތަކެއް ހުންނާނެ އެވެ.

މިދިޔަ އަހަރު ކޮވިޑުގެ ބަލިމަޑުކަން ފެތުރެން ފެށުމުން ފުރަތަމަ ފަހަރަށް މެލޭޝިއާ ލޮކްޑައުން ކުރީ މާޗް މަހު އެވެ. ދެ މަހަށް ފަހު އަލުން ގައުމު ހުޅުވާލީ މޭ މަހު އެވެ.

އަނެއްކާވެސް ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބަކާ ދިމާކޮށް ކޭސްތައް ގިނަވި އެވެ. އެހެންވެ މި އަހަރު ޖެނުއަރީން ފެބްރުއަރީ އަށް މެލޭޝިއާ އޮތީ "މިނީ ލޮކްޑައުނެއްގަ" އެވެ.

މާޗް މަސް ފެށުނު އިރު ކޭސްތައް މަދުވި ނަމަވެސް ރޯދަ މަހާ ދިމާކޮށް އަނެއްކާވެސް މަތިވާން ފެށި އެވެ. ބެލެވޭ ގޮތުގައި ބަލި އިތުރުވީ ރެސްޓޯރެންޓުތަކާއި މާރުކޭޓުތައް ހުޅުވުން ފަދަ ބައެއް ލުއިތައް ދިނުމުންނެވެ.

ފާއިތުވި މަސް ތެރޭގައި މެލޭޝިއާގެ އެކްޓިވް ކޭސްތައް ދެ ގުނަ ވި އެވެ. އެގޮތުން އޭޕްރިލް މަހުގެ އެކްޓިވް ކޭސްތައް 15،000 އަށް ތިރިވެފައި ވަނިކޮށް މިއަދު އެ އަދަދު ވަނީ 37،396 އަށް އަރާފަ އެވެ.

އެއާ އެކު ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުން އިތުރުވެ، އާ ވޭރިއެންޓުތައް ފެންނަ ފަށާފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެ އެވެ. މި ވަގުތު ވެސް 434 މީހުންނަށް ތިބީ އައިސީޔޫ ގަ އެވެ. އަދި އޭގެ ދެ ބައި ކުޅަ އެއް ބައި މީހުން ނޭވާލުމަށް ވެންޓިލޭޓަރު ނުވަތަ އޮކްސިޖަން ބޭނުންވެ އެވެ.

މިދިޔަ އާދީއްތަ ދުވަހު މެލޭޝިއާގައި ވަނީ ރިކޯޑު އަދަދަކަށް މީހުން މަރުވެފަ އެވެ. އެއީ 26 މީހުންނެވެ.

މިއަދު އެކަނިވެސް 3،807 މީހުންނަށް ބަލި ޖެހި ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 444،484 އަށް އަރާފަ އެވެ. ޖުމްލަ މަރުތައް އުޅެނީ 1،700 އަށް ވުރެ މަތީގަ އެވެ.

އީދާ ދިމާކޮށް މެލޭޝިއާ ލޮކްޑައުން ކުރިއިރު މި ހަފްތާގެ ކުރީކޮޅު ޕާކިސްތާނުން ވެސް ވަނީ އީދާ ދިމާކޮށް ނުވަ ދުވަހަށް ލޮކްޑައުން ކުރަން ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox