ކޮލިފައިން އަށް ރަނގަޅަށް ތައްޔާރުވާން ގައުމީ ޓީމު އަވަހަށް ޗައިނާ އަށް ދެވޭތޯ ބަލަނީ

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖޭގެ ގްރޫޕް މެޗުތައް ޗައިނާގައި ސެންޓްރަލައިޒްކޮށް ކުރިއަށްގެންދަން ނިންމާފައިވާއިރު، އެ މެޗުތައް ކުޅެން ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ގައުމީ ޓީމު އަވަހަށް ޗައިނާ އަށް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ރާއްޖެ ގްރޫޕްގެ ބާކީ މެޗުތައް ޝެޑިއުލްކޮށްފައި އޮތީ މި މަހު 30 އިން އަންނަ މަހު 15 އަށް ޗައިނާގެ ސޫޒޯގަ އެވެ. ކުރިން ހަމަޖެހިފައި އޮތީ މި މަހު ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕް މެޗުތަކަށް ފަހު މި މަހުގެ 24 ނޫނީ 25 ހިސާބުގައި ގައުމީ ޓީމު ޗައިނާ އަށް ދާ ގޮތަށެވެ. އެކަމަކު އިއްޔެ އޭއެފްސީން ރާއްޖޭގައި ކުޅެން އޮތް މެޗުތައް މުއްދަތެއް ނެތްގޮތަށް ފަސްކުރަން ނިންމުމާ އެކު ގައުމީ ޓީމު އަވަހަށް ޗައިނާ އަށް ގެންދެވޭތޯ އެފްއޭއެމުން މަސައްކަތް ފެށީ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މިއަދު "އަދަދު" އަށް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ހާލަތު ހުރި ގޮތުން ޕްރެކްޓިސް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެތީ ވިސްނުމަކީ ވީ އެންމެ އަވަހަކަށް ޗައިނާ އަށް ދިއުން ކަމަށެވެ.

"ކުރިން އޮތް ތާރީހަށް ވުރެން އަވަހަށް ދެވޭތޯ މި ބަލަނީ. އެއީ އެކޮޅަށް އަވަހަށް ގޮސްގެން ރަނގަޅަށް ޕްރެކްޓިސް ކުރެވެން ވެސް އޮތީ މިހާރު މި އޮތް ހާލަތުގެ ގޮތުން،" ޖަވާ ވިދާޅުވި އެވެ.

އެކަމަކު އެފްއޭއެމްގެ ވިސްނުމަކީ ފުރުސަތު ލިބިއްޖެނަމަ ރާއްޖޭގައި ވެސް ޕްރެކްޓިސް ކުރުން ކަން އެނގިފައިވެ އެވެ.

އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ އީގަލްސް އާއި މާޒިޔާ ކުޅުންތެރިން ކްލަބާ އެކު ތިބުމުން މި މަހު ހަ ވަނަ ދުވަހު ގައުމީ ޓީމުގެ ޕްރެކްޓިސްތައް އެ ދެ ކްލަބްގެ ކުޅުންތެރިން ނުލައި ދެން ތިބި ކުޅުންތެރިންނާ އެކު ފަށަން ނިންމި އެވެ. އެކަމަކު ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެ ޕްރެކްޓިސް ފެށުން ލަސްކުރަން ޖެހުނީ އެެވެ. އޭއެފްސީ ކަޕް ފަސްކުރުމާ އެކު ދެން ގައުމީ ޓީމު ޕްރެކްޓިސް ފަށާނީ މާޒިޔާ އާއި އީގަލްސްގެ ކުޅުންތެރިން ވެސް ހިމަަނައިގެންނެވެ.

ގައުމީ ޓީމުން އާންމު ގޮތެއްގައި މެޗުތައް ކުޅެން އޮތް ގައުމަށް ގެންދަނީ ފައިނަލް ސްކޮޑެވެ. އެކަމަކު ފައިނަލް ސްކޮޑު ނެގޭ ވަރަށް ޕްރެކްޓިސް ކުރެވުމުގެ ދަތިތަކާ އެކު އެފްއޭއެމްގެ ވިސްނުމަކީ ޗައިނާ އަށް ކުރިން ދިޔަ ނަމަވެސް ބޮޑު ސްކޮޑަކާ އެކު ދިއުމަށެވެ. އާންމު ގޮތެއްގައި ގައުމީ ޓީމުގެ މެޗުތަަކަށް ނަގާ ޕްރިލިމިނަރީ ސްކޮޑުގައި 32 ކުޅުންތެރިން ވަރު ހިމެނެ އެވެ.

ގައުމީ ޓީމުން އެންމެ ފަހުން މެޗެއް ކުޅެފައިވަނީ 2019 ވަނަ އަހަރު ނޮވެމްބަރު މަހު މާލޭގައި ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށެވެ. ދެން އެންމެ އަވަހަށް ރާއްޖެ ކުޅޭ މެޗުގައި މި ވަގުތު ޝެޑިއުލް އޮތްގޮތުން ނުކުންނާނީ އަންނަ މަހު ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށެވެ.

ކޮލިފައިންގައި ރާއްޖެ އަށް ދެން ހުރި މެޗުތައް:

ރާއްޖެ - ޗައިނާ (ޖޫން 3)

ރާއްޖެ - ސީރިއާ (ޖޫން 7)

ރާއްޖެ - ފިލިޕީންސް (ޖޫން 15)

ގައުމީ ޓީމުގެ ކޯޗުކަމާ ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުން އަދި ރަސްމީކޮށް މެޗެއް ނުކުޅެ އެވެ. މެޗެއް ނުކުޅުނު ނަމަވެސް އެފްއޭއެމުން ވަނީ ކޫޕްމަންގެ ކޮންޓްރެކްޓްއާ ކޮށްފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދަދު" އަށް މީގެ ކުރިން ވިދާޅުވީ ކޯޗުގެ ކޮންޓްރެކްޓް އާ ކުރަން ނިންމީ ކުޅުންތެރިންގެ ފަރާތުން ކޯޗުގެ ޓްރެއިނިންއާ ބެހޭގޮތުން އިވޭ ރަނގަޅު ވާހަކަތަކާއި ޓްރެއިނިން އަށް ބަލާއިރު މި ކޯޗުގެ ބެލުމުގެ ދަށުން ރާއްޖެ އަށް ރީތި ފުޓްބޯޅައެއް ކުޅެވޭނެ ކަމުގެ އުއްމީދު އޮތުމުންނެވެ. އަދި ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ފަހު ކޯޗާ އެކީ ދެން ކުރިއަށްދާނެ ގޮތްތަކުގެ މަޝްވަރާތަކެއް ބާއްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ކޫޕްމަންގެ އިރުޝާދުގެ ދަށުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންގޮސްފައިވާއިރު، ކޮވިޑްގެ ހާލަތާ ހެދި ޕްރެކްޓިސް ހުއްޓާލަން ޖެހުނީ އެވެ. ޕްރެކްޓިސް ކުރީ މިދިޔަ އަހަރު ފެބްރުއަރީގެ އިތުރުން ޖުލައި މަހުގަ އެވެ.

ކޫޕްމަންގެ އެދުމުގެ މަތިން ގައުމީ ޓީމަށް ފިޓްނަސް ކޯޗެއް ގެންނަން ވަނީ ނިންމައިފަ އެވެ. އެއީ ނެދަލެންޑްސްގެ ފިޓްނަސް ކޯޗު ހޮލެންޑްގެ ގާހާޑް ވާމިންކް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ކުރިން ހުރި ޕީޓަ ސެގާޓާއި ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުގައި ފިޓްނަސް ކޯޗުން ވަނީ މަސައްކަތްކޮށްފަ އެވެ. އޭގެ ބޭނުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ކުޅުންތެރިންގެ ފިޓްނަސް ލެވަލް ރަނގަޅު ހިސާބަކަށް ގެންދިއުމުގެ އިތުރުން ގާތްގާތުގައި ވާދަވެރި މެޗުތަކަކަށް ނުކުންނައިރު ދެ މެޗުގެ މެދުތެރެއިން ރިކަވަރީގެ ކަންތައްތައް ވީ އެންމެ ފުރިހަމަ އަށް ގެންދިއުމުގެ ވިސްނުމުގަ އެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ރާއްޖޭގެ ޓާގެޓަކީ ގްރޫޕްގެ ރަނގަޅު ހިސާބެއްގައި ނިންމާލައި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގެ ކޮންމެ ހިސާބަކުން ނިންމާލި ކަމުގައި ވިޔަސް އޭޝިއަން ކަޕްގެ ފުރުސަތު ރާއްޖެ އަށް އަދި އޮންނާނެ އެވެ. އެކަމަކު ގްރޫޕްގެ މަތީ މަގާމަކުން ނިންމައިގެން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށްދާން ފަސޭހަ ގޮތްތަކެއް ހޯދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox