ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދިވެސް ހަރުކަށިކުރަން ޖެހޭ: ޓެގް

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު: ވިދާޅުވީ އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ހަރުކަށި ކުރަން ޖެހޭ ކަމަށް-- ފޮޓޯ: އެޗްއީއޯސީ

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު: ވިދާޅުވީ އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ހަރުކަށި ކުރަން ޖެހޭ ކަމަށް-- ފޮޓޯ: އެޗްއީއޯސީ

މާލެ ސަރަހައްދުގައި އެއްތަނުން އަނެއް ތަނަށް ދިއުމުގެ ކަންކަން އިތުރަށް ހަރުކަށި ކުރަން ޖެހޭ ކަމަށާއި އެވަރުން ނުވާ ނަމަ ލޮކްޑައުންއަކަށް ވެސް ދާން ޖެހިދާނެ ކަމަށް، އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ތަފާސް ހިސާބުތަކާ ހަވާލާ ދެއްވައި ވިދާޅުވީ ކޮވިޑްގެ ހާލަތު ދަނީ ވަރަށް ގޯސް ވަމުން ކަމަށާއި އެހެންވެ އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް އަވަހަށް މިއަށް ވުރެން އަދި ހަރުކަށި މޫވްމެންޓް ރެސްޓިކްޝަންތަކެއް ގެންނަން ޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. މޫވްމެންޓް ރެސްޓްރިކްޝަންތަކަކާ އެކު ވެސް އަދަދުތައް މައްޗަށް ދިއުން ކޮންޓްރޯލް ނުވާނަމަ އެކަށީގެންވޭ ހަމަ ލޮކްޑައުންއަކަށް ދާން ޖެހުން ވެސް،" ޝަހީދު ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަކަށް އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި ކުޅިވަރު ކުޅޭ މައިދާންތަކާއި ޕާކްފަދަ ތަންތަނުގެ އިތުރުން ސިނަމާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވީ 590 މީހުންނެވެ. ވޭތުވެދިޔަ ދެ ތިން ދުވަހު އެ އަދަދު ހުރީ 600 އިން މަތީގަ އެވެ. މިވަގުތު ހޮސްޕިޓަލުގައި 230 މީހުންނަށް ފަރުވާ ދެމުން އަންނައިރު ބަލީގައި 83 މީހަކު ވަނީ މަރުވެފަ އެވެ.

ނުރައްކާތެރި ހާލަތު ސިފަކޮށް ދެއްވަމުން ޝަހީދު ވިދާޅުވީ އައިސީޔޫގައި މިހާރު ފަރުވާ ދެމުން ދަނީ އުމުރުން ދުވަސްވީ މީހުން އެކަނި ނޫން ކަމަށެވެ. އުމުރުން 26 އަހަރާއި 37 އަހަރާއި 39 އަހަރުގެ މީހުންނަށް ވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލިން ރައްކާތެރިވުމަށް މިހާރު އެންމެ އިސްކަން ދޭ އެއް ކަމަކީ ވެކްސިން ޖެހުން ކުރިއަށް ގެންދިއުން ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ. ވެކްސިން ޖަހަން ޖެހޭ މީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ނުޖަހާ 35 ޕަސެންޓް މީހުން އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެކްސިން ނުޖަހާ ކަމަށް ޑޮކްޓަރުން ވިދާޅުވާއިރު އެންމެ ގިނަ މީހުން ފުރަތަމަ ޑޯޒް ޖެހި ކޮވިޝީލްޑް ވެކްސިން ވަނީ ސްޓޮކް މަދުވެފަ އެވެ. އެއާއެކު ދެވަނަ ޑޯޒް ނުޖެހި ގިނަ ބަޔަކު އެބަތިއްބެވެ.

ވެކްސިންގެ އަޕްޑޭޓް ދެއްވަމުން ޝަހީދު ވިދާޅުވީ ސިނަފާމް ވެކްސިން 65 އަހަރުން މަތީ މީހުންނަށް ދެވޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅުމުން ރާއްޖޭގައި ވެސް އުމުރުން 18 އަހަރުން މަތީ އެންމެނަށް އެ ވެކްސިން ދެން ދޭނެ ކަމަށެވެ. މާބަނޑު މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފައިޒާ ވެކްސިން ދޭނެ އުސޫލު ވެސް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox