އައިސީޔޫ އާއި އެނދުތައް އިތުރުކޮށް ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަކަށް

ކޮވިޑްގެ ސާމްޕަލް ނެގުމަށް ސިއްހީ ހިދުމަތް ތެރިއަކު މަސައްކަތުގައި: ފަރުވާއަށް ވޮލަންޓިއަރުން ހޯދަން ވަނީ ފަށައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކޮވިޑްގެ ސާމްޕަލް ނެގުމަށް ސިއްހީ ހިދުމަތް ތެރިއަކު މަސައްކަތުގައި: ފަރުވާއަށް ވޮލަންޓިއަރުން ހޯދަން ވަނީ ފަށައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކޮވިޑުގެ ފަރުވާއަށް ހާއްސަކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ފުރުމުން އައިސީޔޫތަކާއި އެޑްމިޓްކުރާނެ އެނދުތައް އިތުރުކޮށް، ވ. ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަކަށް އަނެއްކާވެސް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހު ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭ އިން މިރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި 24 ގަޑިއިރުގެ ތެރޭގައި މާލެއިން އެކަނި 540 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އަތޮޅުތަކުން 186 މީހުންނާ އެކު ޖުމްލަ 734 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު އައިސްފައިވާ ރާޅާ އެކު ކެޕޭސިޓީ އިތުރު ކުރަން ޖެހޭ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާތީ އިތުރު އައިސީޔޫތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ 12 އެނދެއް އައިސީޔޫގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާއިރު މާދަން އިތުރުން އަށް އެނދެއް އައިސީޔޫގެ ގޮތުގައި ބޭނުން ކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ އެނދުތައް އިތުރު ކުރުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލްގައި ވަކިން ހުރި އިމާރާތެއްގައި 50 އެނދު ގާއިމު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރިފައިވާތީ ވެލިދޫ އަނެއްކާވެސް ހުޅުވައި އައިސޮލޭޝަން ފެސިލިޓީއަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ދަތީ ސިއްހީ ހިދުމަތްތެރީން ހޯދުމަށެވެ. ވޮލަންޓިއަރުން ހޯދުމުގެ އިތުރުން އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ރާއްޖެ އާއި ރާއްޖޭން ބޭރުން އައިޖީއެމްއެޗަށް މެޑިކަލް ސްޓާފުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ޑޮކްޓަރުން ހޯދުމުގައި ރާއްޖެއިން ލިބެން ތިބި ޑޮކްޓަރުން ވީހާވެސް އަވަހަށް ހަޔާ ކުރާނެ. އިސްކަން ދޭނީ ވެސް ރާއްޖޭގައި ތިބި ދިވެހި ޑޮކްޓަރުންނަށް،" މަބްރޫކް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ އަދަދަކީ 328 އެވެ. ނަރުހުންގެ ގޮތުގައި 1،800 ތިބި އިރު ލެބްޓެކްނީޝަނުންގެ ގޮތުގައި 127 މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަތޮޅު ތެރޭގައި ސްޕެޝަލިސްޓް 159 ޑޮކްޓަރުން މަސައްކަތް ކުރާއިރު މެޑިކަލް އޮފިސަރުންގެ ގޮތުގައި 327 މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ކޮވިޑް ފެތުރެން ފެށިއިރު ބޭނުންކުރި ސިއްހީ ހިދުމަތްތެރިން އަލުން އަނބުރާ ހިދުމަތަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗްގައި 38 ވެންޓިލޭޓަރު ހުރިއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 12 ވެންޓިލޭޓަރާއި އަތޮޅުތެރޭގައި 142 ވެންޓިލޭޓަރު އެބަހުރި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox