ވެންޓިލޭޓަރު މައްސަލަ: ޝިޔާމާގެ ސޮއި ފޯޖުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ތަހުގީގުކޮށްދޭން އެދިއްޖެ

ޝިޔާމާ: އެއްބަސްވުމުގައި އޭނާގެ ސޮއި ފޯޖުކޮށްފައިވާ ކަމަށް ވިދާޅުވި

ޝިޔާމާ: އެއްބަސްވުމުގައި އޭނާގެ ސޮއި ފޯޖުކޮށްފައިވާ ކަމަށް ވިދާޅުވި

ރާއްޖެއަށް ހޯދަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބި، އެކަމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައިގައި މަގާމުން އެކަހަރިކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ވަކިކުރި ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު މިނިސްޓަރު ޝިޔާމާ މުހައްމަދު، އޭނާގެ ސޮއި ފޯޖުކޮށްފައިވާ ކަމަށް ވިދާޅުވެ މައްސަލަ ތަހުގީގުކޮށްދޭން އެދިވަޑައިގެންފި އެވެ.

ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގަށް މަސައްކަތުން އެކަހެރިކޮށްފައި ހުންނަތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ޝިޔާމާ މަގާމުން ވަކިކުރީ އިއްޔެ އެވެ.

މަގާމުން ވަކިކުރި ފަހުން ޝިޔާމާ ނެރުއްވި ބަޔާނުގައި ވިދާޅުވީ ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުމަށް މިނިސްޓްރީން އޭނާގެ ސޮއި ހޯދިއިރު، އެ އެއްބަސްވުމުގެ އަގުގެ ޖުމްލަ ފައިސާގެ 90 ޕަސެންޓް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެ ކުންފުންޏަށް ދީފައިވާކަން އެއްވެސް ވަރަކަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

"މާލީ މިހާބޮޑު މުއާމަލާތެއްގައި ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ނެތި ފައިސާ ފޮނުވުމަކީ، ފިނޭންސް މިނިސްޓްރީގެ އިހުމާލެއް ކަމުގައި ދެކެން. އަދި ހަމަ އެއާ އެކު އަޅުގަނޑު ވަޒީފާއިން ވަކި ކުރުމަކީ، ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ހައްލު ކަމުގައި ނުދެކެން،" ޝިޔާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، މި ބޮޑު މުއާމަލާތް ފެށިގެން ނިމުމާ ހަމައަށް މަސައްކަތްކުރި އެކި ފަންތީގެ މުވައްޒިފުން ހިމެނޭ ގޮތުން އެކަށީގެންވާ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އޭނާއަށް ގަބޫލުކުރެއްވެ އެވެ. އެ އެއްބަސްވުމަކީ، މުއާމަލާތެއްގެ ބައިވެރިން އަމަލު ކުރަން ހެދޭ ލިޔުމަށް ވާއިރު، އެއާ ނުލާ ފައިސާ ދޫކުރުމަކީ ސަރުކާރުގެ ފައިސާ އާއި މުދަލަށް އިހުމާލުވުމެއް ކަމަށް ވެސް ޝިޔާމާ ވިދާޅުވި އެވެ.

"އެއްބަސްވުމުގައި އަޅުގަނޑު ސޮއި ކުރި ކަމުގައިވިޔަސް އަޅުގަނޑަށް ލިބިފައިވާ މެއިލް ކޮޕީގައި އަޅުގަނޑުގެ ސޮއި ފޯޖް ކޮށްފައިވާ ކަމަށް ސާފުކޮށް ފެންނާތީ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅަން ދިޔުމުން ބަލައި ނުގަނެ މައްސަލަ ބޭރުކޮލިކަން ފާހަގަ ކުރަން. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ގެ ތަހުގީގުގައި މިކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް އަޑުއުފުލާފައި ވާނެ،" ޝިޔާމާ ވިދާޅުވި އެވެ.

އޭނާ ވަނީ މި މައްސަލައިގައި އެކަށީގެންވާ ފުރިހަމަ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭނެ ކަމަށާއި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން އެޕްރީލް، 2، 2020ގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދަން އެއްބަސްވެފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ފޮނުވީ ޖުމްލަ 15 ވެންޓިލޭޓަރެވެ. އެތައް މުއާމަލާތްތަކަކަށް ފަހު ވެސް ބާކީ 60 ވެންޓިލޭޓަރު އެ ކުންފުނިން ނުފޮނުވި އެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ބޭންކް ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ. މިއީ ގޯސްކޮށް ހިންގާފައިވާ މުއާމަލާތެއް ކަން އޮޑިޓް ރިޕޯޓުގައި ވަނިކޮށް އޭސީސީން މި މައްސަލަ ތަހުގީގުކޮށް ހިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުތަކާ އެކު ދައުވާ އުފުލައިދޭން ވެސް އެދުނެވެ. އެ ތަހުގީގުގައި ބައެއް ކަންކަން ފުރިހަމަކުރަން ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިފަ އެވެ.

ދައުވާކޮށްދޭން އެދުނު ފަރާތްތަކުގެ ތެރޭގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ހިމެނެ އެވެ. އަމީން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު މައްސަލާގައި އަމިއްލައަށް މަސައްކަތުން އެކެހެރިވެގެން ހުންނެވުމަށްފަހު އެވެ.

ސަރުކާރުން މިހާރު ވަނީ ކުންފުންޏާ އެކު އޮތް އެއްބަސްވުން ބާތިލްކުރަން ނޯޓިސް ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox