ކޮވިޑުގެ ވޭރިއެންޓުތަކާ ދެކޮޅަށް ރަނގަޅު ވެކްސިނެއް ހޯދަން ޔޫކޭއިން އިންވެސްޓުކޮށްފި

ކޮވިޑު ވައިރަހުގެ އާ ވޭރިއެންޓުތައް ދަނީ ފެންނަމުން. މިހާރު ހުރި ވެކްސިނުން ބައެއް ވޭރިއެންޓާ ދެކޮޅަށް ރައްކާތެރިކަން ލިބުން ކުޑަ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑު ވައިރަހުގެ އާ ވޭރިއެންޓުތައް ދަނީ ފެންނަމުން. މިހާރު ހުރި ވެކްސިނުން ބައެއް ވޭރިއެންޓާ ދެކޮޅަށް ރައްކާތެރިކަން ލިބުން ކުޑަ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓުތަކާ ދެކޮޅަށް ރަނގަޅަށް މަސައްކަތް ކުރާ ވެކްސިންތައް އުފައްދަން އިނގިރޭސި ސަރުކާރުން ފައިސާ ހޭދަކުރަން ނިންމައިފި އެވެ.

މިހާރު ލިބެން ހުރި ވެކްސިނުން ބައެއް ވޭރިއެންޓުތަކާ ދެކޮޅަށް ފޯރުކޮށްދޭ ރައްކާތެރިކަން ކުޑަ އެވެ. އޭގެ ތެރޭގައި ދެކުނު އެފްރިކާ އާއި އިނގިރޭސި ވިލާތުން ފެނުނު ވޭރިއެންޓު ހިމެނެ އެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި އުފެދިދާނެ ވޭރިއެންޓަކުން މިހާރު ހުރި ވެކްސިނަށް ނުގުޑައިފި ނަމަ ދެން ބޮޑެތި ގެއްލުންތަކެއް ދާނެ އެވެ. އިނގިރޭސި ސަރުކާރުން ބޭނުން ވަނީ އެ ހާލަތަށް ތައްޔާރުވާށެވެ.

މީގެ ކުރިން އިނގިރޭސި ސަރުކާރުން ވަނީ 19.7 މިލިއަން ޕައުންޑް ޕޯޓަން ޑައުން ރިސާޗް ލެބޯޓަރީގެ ޓެސްޓު ކުރާ ފެސިލިޓީއަށް ފޯރުކޮށްދީފަ އެވެ. މިހާރު ނިންމާފައި ވަނީ އިތުރު 29.3 މިލިއަން ޕައުންޑް ދިނުމަށެވެ.

އޭގެ އިތުރުން ވެކްސން އުފެއްދުމުގެ މަރުހަލާއަށް ވެސް ފައިސާ ފޯރުކޮށްދޭނެ އެވެ. މި އެހީގެ ސަބަބުން ސައިންސްވެރިންގެ ދިރާސާތައް އަވަސް ކުރެވޭނެ ކަމަށް އިނގިރޭސި ސަރުކާރުން އުއްމީދު ކުރެ އެވެ.

އިނގިރޭސި ސަރުކާރުން މިހާރު ވެސް ވަނީ އާ ވޭރިއެންޓާ ދެކޮޅަށް އުފައްދާ ވެކްސިނުގެ 50 މިލިއަން ޑޯޒަށް ޕްރީއޯޑަރުކޮށް ކިޔޯވެކް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox